ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ފޮތް: ކޮމިޓީން ފާސްކުރި ރިކޮމެންޑޭޝަންތައް ވަނީ އުނިކޮށްފައި -- ފޮޓޯ: ނިޝާން އަލީ / މިހާރު
27 ނޮވެމްބަރ 2024 - 13:31
އަންނަ އަހަރު ހިންގަން ނިންމާފައިވާ މަޝްރޫއުތަކުގެ ތަފްސީލު ރައްޔިތުންގެ މަޖިލީހަށް ދޭންޖެހޭ ގޮތަށް ހިމަނާފައިވާ ރިކޮމެންޑޭޝަންތައް އުނި ކުރުމަށްފަހު އަދި 56.6 ބިލިއަންގެ ބަޖެޓަށް އިތުރު ބަދަލެއް ނުގެނެސް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގެ ބަޖެޓް ކޮމިޓީން ބަޖެޓް ފާސްކޮށްފައިވަނީ މަޝްރޫއުތަކާ ގުޅޭ ތަފްސީލްތައް ދިނުމަށް ޝަރުތުކޮށެވެ.
ނަމަވެސް މަޖިލީހުގެ ތަޅުމުގައި ބަޖެޓަށް ވޯޓަށް އެހިއިރު، ޕީއެންސީއަށް ނިސްބަތްވެ ވަޑައިގަންނަވާ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ވަނީ ކޮމިޓީން ކަނޑައެޅި ރިކޮމެންޑޭޝަންތައް އުނިކުރަން ހުށަހަޅުއްވައިފަ އެވެ. އަދި ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް އެ ހުށަހެޅުމަށް ތާއީދު ކުރެއްވުމުން މި އިސްލާހު ފާސްކޮށްފައިވަނީ 68 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް 11 މެންބަރުން ވޯޓު ދެއްވި އެވެ.
މި އިސްލާހާއެކު، އަންނަ އަހަރުގެ 56.6 ބިލިއަންގެ ބަޖެޓް ފާސްކޮށްފައިވަނީ 70 މެންބަރުންގެ ވޯޓުންނެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީގެ 11 މެންބަރުން ވޯޓު ދެއްވީ ބަޖެޓް ފާސްކުރުމާ ދެކޮޅަށެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ މި އަހަރުގެ ބަޖެޓަށް ވުރެ 1.6 ބިލިއަން އިތުރު އަދަދެކެވެ. މި އަހަރު ސަޕްލިމެންޓްރީ ބަޖެޓާ އެކު ބަޖެޓުގެ ޖުމްލަ އަދަދު 55 ބިލިއަން ރުފިޔާ އިތުރުވާއިރު، އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އަންނަ އަހަރުގެ އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އޭގެ ތެރެއިން 2.6 ބިލިއަން ރުފިޔާއަކީ ހިލޭ އެހީ އެވެ.
• ޖުމްލަ ބަޖެޓް: 56.6 ބިލިއަން ރުފިޔާ
• އާމްދަނީ: 39.8 ބިލިއަން ރުފިޔާ
• ޕީއެސްއައިޕީ: 12.4 ބިލިއަން ރުފިޔާ
• ރިކަރަންޓް ހަރަދު: 36 ބިލިއަން ރުފިޔާ
• ޑެފިސިޓް: 9.4 ބިލިއަން ރުފިޔާ
• ޖީޑީޕީ ކުރިއަރާ މިންވަރު: 6.4 ފަސެންޓް
- ޕީއެސްއައިޕީއަށް ހުށަހަޅާ ޕްރޮގްރާމްތައް ކްރައިޓީރިއާތަކަށް ރިއާޔަތްކޮށްގެން ތަރުތީބު ކުރުން
- އަމަލީ މަސައްކަތް ނިންމާނެ ކަން އެނގޭނެ ލިސްޓެއް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރިން މަޖިލީހަށް ފޮނުވުން
- ސަރުކާރުން މިހާތަނަށް ހިންގުމަށް ސޮއިކުރި ޕްރޮޖެކްޓްތަކުގެ ތެރެއިން ކުރިއަށް ދާނެ މަޝްރޫއުތަކާއި ކުރިއަށް ނުގެންދެވޭނެ މަޝްރޫއުތައް އެނގޭނެ ގޮތަށް އަންނަ އަހަރުގެ މާޗް މަހުގެ ކުރިން ހުށަހެޅުން.
- ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ޕްރޮގްރެސް ރިޕޯޓެއް އަންނަ އަހަރުގެ ކޮންމެ ކުއާޓާއެއްގައި މަޖިލީހަށް ހުށަހެޅުން
ބަޖެޓް ކޮމެޓީން ދީފައިވާ އަނެއް ލަފައަކީ ޓެކްސް ގާނޫނުގެ ދަށުން ފައިސާ ނުދައްކާ ފަރާތްތަކާ މެދު މީރާ އިން އަޅާ ފިޔަވަޅުތައް މުރާޖައާކޮށް، ދިމާވާ ދަތިތައް ކުޑަ ކުރުމަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ހުށަހެޅުމެވެ. އަދި ސަބްސިޑީ ޓާގެޓް ކުރުމަށްޓަކައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަން ތަންފީޒު ކުރާނެ ތާވަލެއް އެކުލަވާލުމަށްފަހު އެކަން މަޖިލީހަށް ފޮނުވަން ވެސް އެ ކޮމެޓީން ވަނީ ލަފާ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިއްދޫމީހާ
27 November 2024
އެހެންވީމާ އަންއަހަރު ބަޖެޓް މަޖިލިސްއަ ފޮނުވާއިރު ޖަހާލާ ބަޖެޓްގެ ޖުމްލަ އަދަދަކީ ހަތްދިހަ ބިލިޔަންއޭ ދައުލަތުގެ އާމްދަނީ ގޮތުގައި ފަންސާސް ބިލިޔަން އަދި ހިލޭ އެހީގެ ގޮތުގައި ވިހި ބިލިޔަން ރުފިޔާ އެއިރުން ވަގުތު ސަލާމަތްވެފަ މަޖިލިހުގެ ކަރަންޓް ބިލްވެސް ކުޑަވާނެ މިއީ އަޅުގަނޑުގެ ބައްޕާފުޅު ފޮތުގައި އޮތްވާހަކައެ..
އިސްމާލު2.0
27 November 2024
މަޖިލިސް މެންބަރުން މި ގައިޑްލައިން ކިޔާލިތަ https://www.imf.org/external/pubs/ft/expend/index.htm މީ އައި.އެމް.އެފް ގެ ޕަބްލިކް އެކްސްޕެންޑިޗަރ ގައިޑްލައިން. ނޫނީ ޕީ.އެފް.އާރު ބަލާލިތަ؟ އާއެކެވެ. މި ދައްކަނީ ގައިޑްލައިނަކާއި ގަވާއިދެއްގެ ވާހަކަ، މިއީ ގާނޫނެއް ނޫން. އެކަމަކު، ސަރުކާރުތަކުން ބަޖެޓު ހަދާ އުޅެނީ ހަރުދަނާ ސްޓޭންޑަޑުތަކެއްގެ ތެރެއިން. ތިޔަ ބަޖެޓުން އަހަރުމެންނަށް ފައިނޭންސިންގ، ރީފައިނޭންސިން އަދި ރީސްޓްރަކްޗަރ ވެސް ނުވެފަ އޮންނާނީ.
އައްބެ
27 November 2024
ރަނގަޅު ނިންމުމެއް. ކުރީ ޒަމާނުގައި ސީމަނުން ޗުއްްޓީއަށް އައިސް ގޭގައި ބިންގާއަޅާފައި. އަނެއް އަހަރު ރާނާފައި. އަނެއް އަހަރު ހިޔާކޮށްފައި. އަނެއް އަހަރު ތަޅުން އަޅާފައި. މިގޮތަށް މީގެ ކުރިން ރަށްރަށުގައި ޕްރޮޖެކްޓްސް ހިންގާފައިހުރީ. ދައުރު ނިމޭއިރު ބިންގާއެޅި އިމާރާތްތައް ނުނިމޭ. ދެންޖެހޭނީ އެއަހަރެއްގައި ފަށާ މަސްރޫއުތައް ނިމިގެން އައު މަސްރޫއުފަށަން.
ކާސީނު
27 November 2024
މަޖިލިސް މެންބަރަކު ވިދާޅުވީ ޤއ ގައި ބުނާ މިންވަރަށޭ ބަޖެޓުގައި މައުލޫމާތު މިއޮތީ. އެ މެންބަރު ކައިރިން ނިކަން ނޫސްވެރިން އައްސަވާ ދެއްވަބަލަ، އެއީތޯ ބަޖެޓު ހަދާ ބޭނުމަކީ؟ ޤއ ގައި އެހެން ބުނާތީތޯ ނޫނީ، ސަރުކާރުގެ ހަރަދުތައް ޕްލޭންކޮށް މުޅި ގައުމުގެ ޕާފޯމަންސް މެނެޖްކުރަންތޯ ހަގީގަތުގައި ބަޖެޓް މި ހަދަނީ؟ ކަންމަތީ ފިހާރަތަކުން ވެސް ނަހަދާނެ މިހާ ފެންވަރުދަށް ބަޖެޓެެއް. އަދު ހިސާބާ ކިތާބާ ބަލަން ނޭނގުމުން، މިދެގޮތުން ގެއްލިދާ ތަކެތި އެނގުމެއް ނެތޭ.
ރާވެރިބެ
27 November 2024
ސުވާލަކީ ޑިފިސިޓް 9.4 ބިލިއަން ރުފިޔާ ހޯދާނީ ކޮންތާކުން ކިހިނެތްތޯ؟ ބޭރު ގައުމުތަކުން އެހީ ހޯދަން ވެސް މާ ބޮޑު އަދަދެއް. އަޅުގަނޑު ގަބޫލް ކުރާ ގޮތުގަ ގައުމުގެ ދަރަނި މިހާ ބޮޑުވެފަ ދަރަނި ނުދެއްކިގެން ދަރަނި ދެއްކުން ފަސްކުރަން އެދެމުންދާ އިރު އަހަރުން އަހަރަށް ކުރަން ޖެހޭ ޙަރަދު ބަޖެޓު ކުރަންވާނީ ލިބޭ އާންމު ދަނީއަށް ވުރެ ބޮޑު ނުވާވަރަށް. އެހެންނޫނީ ޙަރަދު ކުރަން މިނިންމަނީ އެފައިސާ ލިބޭނެ ގޮތެއްނެތި.
މެމްބަރުހާން
27 November 2024
ދެން މެމްބަރު ކައިރީގައި ރަށުގައި މިވެނި ޕްރޮޖެކްޓެއް ބަޖެޓުގައި އޮވެ ކުރިޔަށް ނުދާވާހަކަ ނެދެއްކޭނެ. ކުރަނީ ކޮންކަމެއްހޭވެސް ނޭހޭނެ. ކުރަން އުޅެނީ ކޮންކަމެއްހޭވެސް ނޭހޭނެ. ކުރިޔަށް މިއޮތް ދުވަސް ތަކުގައި އެއްވެސް މިނިސްޓަރެއް އަދި ރައީސްވެސް އެއްވެސް ރަށަކަށް ދާނެ ކަމަށް ނުފެނޭ. ވޯޓު އެޅި ހުރިހާ ދިވެހި ރައްޔިތުންނަށް ވަރަށް ސަލާމް
ރަބީޢު
27 November 2024
ރަނގަޅުވާހަކައެއް..މެޖޯރިޓީ ދިނީމަ ރައްޔިތުން އަނގައިގަ ޓޭޕް އެޅީ..އެކަމު މުއިއްޒު ހުންނެވީ ރައްޔިތުން ފަޅީގަޔޯ؟
އައްބެ
27 November 2024
މެންބަރުންނަކީ މަސްރޫއު ހިންގަން ހޮވަންޖެހޭ ބައެއްނޫން އެއީ ޤާނޫނު ހަދަން ހޮވާބައެއް.