އިމިގްރޭޝަން އޮފިސަރުންތަކެއް، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގި އޮޕަރޭޝަނެއްގައި.-- ފޮޓޯ: އިމިގްރޭޝަން
02 ޑިސެމްބަރ 2024 - 15:43
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތާއި އިމިގްރޭޝަނާ ގުޅުން ހުރި އެހެން މައްސަލަތައް ރިޕޯޓްކުރެވޭ ގޮތަށް ތައާރަފުކުރި އޮންލައިން ޕޯޓަލް "އިމިގްރޭޝަން ވޮޗް" އަށް މިދިޔަ ހަތަރު މަސް ތެރޭގައި 1،000 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅައިފި އެވެ.
"އިމިގްރޭޝަން ވޮޗް" ތައާރަފް ކުރީ މި އަހަރުގެ ޖުލައި 17ގަ އެވެ.
އިމިގްރޭޝަނުން ބުނީ އެ ދުވަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް 1،017 މައްސަލަ ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި 17 ބާވަތެއްގެ މައްސަލަ ހިމެނޭއިރު، އެންމެ ގިނައީ ބިދޭސީން ގަވާއިދާ ހިލާފަށް ކުރާ ވިޔަފާރިތަކެވެ.
1. ގަވާއިދާ ހިލާފު ވިޔަފާރި: 239 މައްސަލަ
2. ވިސާއާ ހިލާފު މީހުން: 239 މައްސަލަ
3. ހަށި ވިއްކުން: 65 މައްސަލަ
4. ގެއްލިގެން ހޯދާ މީހުން: 37 މައްސަލަ
5. ޓޫރިސްޓް ވިސާއާ ހިލާފުވެގެން: 14 މައްސަލަ
As of the end of November, more than 1000 cases have been reported on the Immigration Watch platform. We appreciate the public's support in addressing issues related to immigration.#MaldivesImmigration #Immigrationwatchmv pic.twitter.com/h8JFmRmpxX
— Maldives Immigration (@ImmigrationMV) December 2, 2024
އިމިގްރޭޝަންގެ އިމުގާ ވެބްސައިޓުގައިވާ މި ޕޯޓަލް މެދުވެރިކޮށް، ކާކުކަން ނޭނގޭ ގޮތަށް މައްސަލަތައް ހުށަހެޅެ އެވެ.
މި ސަރުކާރު ވެރިކަމަށް އައިސް އެންމެ އިސްކަންދީފައިވާ އެއް ކަމަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަނެ ޑީޕޯޓް ކުރުމެވެ. މިދިޔަ އެއް އަހަރު ތެރޭގައި 5،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓް ކޮށްފައިވާއިރު، ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާ ބިދޭސީން ހޯދުމުގެ ރެއިޑް އޮޕަރޭޝަންތައް ވެސް އަންނަނީ ހިންގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބަބްސް
03 December 2024
ރަށްޔިތުންނަށް ދަޅަދައްކަން ކުރާކަންކަން. މީހަމަ މަތިކަހާލުން ކަހަލަ ކަމެއް. މިހާލަތަށް ވެއްޓުމުގައި އިމިގްރޭޝަން އެކިފަންތީގެ އެތަށް މުއަޒިފުންނެއް ވަނީ ބައިވެރިވެ އެތަށް މިލިޔަނެއް ދޮވެލާފަ. މިހާތަނަށް އެއްވެސް މީހަކު ކުއްވެރިވެގެން އަދަބެއް ލިބިއްޖެތޯ ... އަދިވެސް އެމީހުން އެތިބީ ...
ކޮރަލް
02 December 2024
ވަގު ވިޔަފާޜި ކުރާ ބިދޭސީން ޑިޕޯޓް ކުރުމުން ސަލާމަތް ވުމަށް ދަނީ އާގޮތް ތަކެއް ހޯދަމުންނެވެ. އެގޮތުން ސިޔާސީ މީހުންނާ އިމިގްރޭޝަން މީހުންނާ ދަނީ ގުޅުން ބަދަހި ކުރަމުންނެވެ. އެމީހުން އަތުގަ ފައިސާ އެބަހުއްޓެވެ.