ރައްޔިތުންގެ މަޖިލީހުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވާހަކަދައްކަވަނީ -- ފޮޓޯ: މަޖިލީސް
03 ޑިސެމްބަރ 2024 - 10:14
ރާއްޖެ ބަނގުރޫޓުވުމުގެ ބިރުވެރިކަން މިހާރު ނެތް ކަމަށާއި މާލީ އިދާރާތަކުން އެކަމާ ގުޅޭ ގޮތުން ވާހަކަތައް ދެއްކުން ވެސް ހުއްޓިއްޖެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޒަމީރު ވިދާޅުވީ، ވެރިކަމާ ހަވާލުވި އިރު 124 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށާއި އޭގެ ތެރެއިން ގާތްގަނޑަކަށް 50 ޕަސެންޓަކީ މިދިޔަ ފަސް އަހަރުގެ ދަރަނި ކަމަށެވެ. އޭނާ ވިދާޅުވީ ލިބޭ އާމްދަނީގެ 24 ޕަސެންޓު ދަރަންޏަށް ހޭދަކުރަން ޖެހޭ ކަމަށެވެ.
"އަޅުގަނޑު ވަރަށް އުފަލާ އެކު ދަންނަވާލަން ރައީސް މުއިއްޒު މިހާރު މަސައްކަތް ކުރައްވަނީ، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދެވޭނެ ގޮތަށް ފޯމިއުލޭޓް ކޮށްގެން. ޑިއުވާ ހުރިހާ ދަރަންޏެއް ދައްކަން އުޅެ، ރައްޔިތުންނަށް ބޭނުންވާ ހުރިހާ ހިދުމަތެއް ފޯރުކޮށްދީފި ކަމުގައިވާ ނަމަ އައިއެމްއެފް އިން ރިފޯޓު ކުރި ގޮތަށް އަޅުގަނޑުމެން ބަނގުރޫޓުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
"އެކަމަކު އެ ސިނާރިއޯ އިން މިހާރު މި ވަނީ ނެރެ ރެވެނިއު ސްޓީމްތައް ރަނގަޅު ކޮށްފައި."
ޒަމީރު ވިދާޅުވިގޮތުގައި، ބައެއް ގައުމުތަކަށް ދައްކަން ޖެހޭ ދަރަނި ދެއްކުން ވެސް ވަނީ ފަސްކޮށްފަ އެވެ. އޭނާ ވިދާޅުވީ، ދަރަނިން ސަލާމަތް ކުރުމަށް ރައީސްގެ މުހިއްމު ޕްލޭންތަކެއް އެބަހުރި ކަމަށާއި އެއިން އަރައިގަތުމަށް މިދިޔަ އެއް އަހަރުގެ ތެރޭގަިއ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
ޒަމީރު ވިދާޅުވީ، ރޭޓިން އޭޖެންސީތަކާއި އައިއެމްއެފުން ވެސް، މިނިސްޓްރީއާ ދެމެދު ހިންގާ މުއާމަލާތްތަކުގައި ވެސް އެ އިދާރާތަކުން ބާރު އަޅަނީ، ހަރަދު ކުޑަ ކުރުމަށް ކަމަށާއި ބަނގުރޫޓުވުމާ ގުޅޭ ގޮތުން ދެއްކި ވާހަކަތައް ހުއްޓާލައިފި ކަމަށެވެ. އެކަން އެގޮތަށްވީ، ސަރުކާރުން ހަރުދަނާ ސިޔާސަތުގެ ދަށުން ކަަމށް އޭނާ ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ބަޖެޓުގައިވާ ގޮތުން މި އަހަރު ނިމޭ އިރު ޖުމްލަ ދަރަނި 139 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ. ދައުލަތުގެ ދަރަނި އަންނަ އަހަރު 150 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައި ވެ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 124 ޕަސެންޓެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، 2026 ވަނަ އަހަރާއި 2027 ވަނަ އަހަރު ދައުލަތުގެ ސީދާ ދަރަނި، ޖީޑީޕީގެ ނިސްބަތުން 95 ޕަސެންޓަށް ވުރެ ދަށްވާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އެ މިންވަރަށް ދަރަނި ދަށްކުރަން އިސްލާހީ ފިޔަވަޅުތަކާއި ހަރަދު ކުޑަކުރަން އިތުރު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ބަޖެޓު ފޮތުގައި ފާހަގަކޮށްފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޭައަހަރެން
04 December 2024
ބަގުރޫޓޭ ކިޔައިގެން ރައްޔިތުން ފެލާފަ ބޮޑުންގެ ޖީބުތައް ފުރުނީމަ ދެން އެވާވަކަ ހުއްޓޭނެ އެއްނު . ޢަހަރެމެން މެންބަރުވެސް ހުޅުމާލެއިން ގެ ގަނެފިޔޭ ހޮވުނުތާ 6 މަސްނުވަނީސް އެއީ ކުރިން އަހަރެމެން ކޮފީ ދިނީމަ ބޮއިގެން އުޅުނު މީހުންނޭ ޒަމީރު މޮޔަނުގޮވާ
ޒަމީރޯ
03 December 2024
ޒަމީރުއެވެ. ފިނޭންސް މިނިސްޓަރަކީ ތިއީއެވެ. ވީމާ ކޮންމެ ވާހަކައެއް ދައްކާފަ މުޢިއްޒުގެ ޕްލޭނެކޭ ނުކިޔާށެވެ. ޢެ ޕްލޭންއެއް ހަދަންޖެހޭނީ ތިޔަ މިނިސްޓްރީންނެވެ. މުޢިއްޒެއް ނޫނެވެ. މުޢިއްޒަކީ އިންޖީނަރެކެވެ.
ޢަތޫ
03 December 2024
ބޭރުގެ ލޯނު ބާއްވާފައި، ރާއްޖޭގެ ކުންފުންޏެއް ވެސް ނެތޭ ސަރުކާރު 200 މިލިއަނުން ނުދަރާ، އެހެންވީމަ ހަމަ އަރަނީގައި ތިޔޮގެން ދުވަނީ. އިންސާނަކު ލަދުހަޔާތް ނެތުމަކީ ދެރަކަމެއް
ހުސެން އަލީ
03 December 2024
ނަސީބެއް އެމްޑީޕީ ވެރިކަމުން ބޭލުންކަން
އަލީ ނަޖީބު
03 December 2024
އިކޮނޮމިކް ރިފޯމް އަކީ މިހާރުން މިހާރަށް ކުރަންޖެހޭ ކަމެއް. އަހަރެމެންގެ ދަރީންގެ ހައްގުގަ އެކަން އެބަޖެހޭ ކުރަން
މަމޮޅޭ މެން
03 December 2024
ބަޔަކު މޮޔަވެދާނެ. އަމިއްލައަށް ހުރިހާ ހަޑިއެއް ހާވާފަ މިހާރު ދެން ކާކު ބޮލުގަ އެވާހަކަ އަޅުވަން ތިއުޅެނީ؟ އަޅެ ހެޔޮނުވާނެ އިސްތިއުފާ ދީފަ ގޭގަ ތިބެބަލަ. މަށަށް ވާނެއޭ ނުކިޔާ. ރީތިކޮށް އޮތް ގައުމު ފަނާ ކޮށްފިއޭ މާމަމޮޅު ބަޔަކަށް ވެގެން.
ވާފިގު
03 December 2024
އެމްޑިޕީއަށް އިގްތިސޯދު ކުރިއަރުވާކަށް ނޭނގުން. ފައިސާ ލިބޭނެ އިތުރުގޮތެއް ނުބަލާ ހަރަދުތަށް ދިޔައީ ބޮޑު ކުރަމުން
ކަލާމު
03 December 2024
އެމްޑީޕީން ވެރިކަމުގަ ހުރިނަމަ މިހާރު އަހަރެމެން ޖެހޭނީ މަގޫފަތް ކާން
ޒުއިމް
03 December 2024
ވާނެއެއްޗެއް ވީމަ ދެން އެވާހަކައެއް ނުދައްކާނެ. ބަނގުރޫޓް ވިޔަކަނުދޭނަން. ރައްޔިތުންގެ ފެންބިލާ ކަރަންޓްބިލުން ގައުމު ހިންގޭނެ. ބަނުގުރޫޓް ވާނީ ރައްޔިތުން. ⅔ މީހުން ގަބޫލްކުރޭ ކަރަންޓްބިލާ ފެންބިލް ބޮޑުވާކަން.
ހަސަން ކުރުސީ
03 December 2024
އެހެންވީމާ އާރިފު ބުނާހެން ދެންނުޖެހޭނެތާ ގަރުދިޔައާ ބަތަށް ތިރިވާކަށް. އެހެންނަމަވެސް ދޭތެރެދޭތެރެއިން ގަރުދިޔައަށް ތިރިނުވެލާ މަށަކަށް ނުހުރެވޭނެ. ގަރުދިޔައާ ބަތް، ލޮނުމިރުހާ ފިޔައާ ލައިގެން ކާން މަށަށް ހާދަހާ މީރޭ.