ދޫންޏާ ގުޅޭ ދިރާސާއެއް ކުރުމަށް ނިއުޒިލެންޑުގެ ޔުނިވާސިޓީ އޮފް އޮކްލެންޑާ އެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ
04 ޑިސެމްބަރ 2024 - 14:09
ރާއްޖޭގައި އުޅޭ ދޫނިތަކާއި ރާއްޖެ އަށް ހިޖުރަކުރާ ދޫނިތަކާ ގުޅޭ ދިރާސާއެއް ކުރުމަށް ނިއުޒިލެންޑުގެ ޔުނިވާސިޓީ އޮފް އޮކްލެންޑާ އެކު ސަރުކާރުން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުން ހެދީ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި ޔުނިވާސިޓީ އޮފް އޯކްލެންޑްއާ ދެމެދުގަ އެވެ. އެ އެއްބަސްވުމުގައި ސޮއިކުރުމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީގައި މިއަދު މެންދުރު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.
އީޕީއީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހީމެވެ.
ދޫންޏާ ގުޅޭ ދިރާސާއެއް ކުރުމަށް ނިއުޒިލެންޑުގެ ޔުނިވާސިޓީ އޮފް އޮކްލެންޑާ އެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ
އީޕީއޭ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި އެއްބަސްވުމުގެ މަގުސަދަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އުޅޭ ދޫނިތަކާއި ރާއްޖެ އަށް ހިޖުރަކުރާ ދޫނިތަކާ ބެހޭ ދިރާސާތައް ކުރުމުގައި އެ އެޖެންސީގެ ގާބިލުކަން އިތުރުކުރުން ކަމަށެވެ.
މި ދޫނިތައް އުޅޭ މާހައުލާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުން ހުރި މުހިންމު ކަންކަން ދެނެގަތުމަކީ ވެސް މި އެއްބަސްވުމުގެ މުހިންމު ބޭނުމެއް ކަމަށް އީޕީއޭ އިން ބުންޏެވެ.
އެ އިދާރާ އިން ބުނި ގޮތުގައި، މި އެއްބަސްވުމަކީ ރާއްޖޭގެ ވެށި ހިމާޔަތްކުރުމަށާއި ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމަށް ކުރާ މަސައްކަތަށް ލިބޭނެ ވަރަށް ބޮޑު އެހީއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަތްދައްތަ
05 December 2024
ދޫނި ރާއްޖޭގަ ހިންގޭނެ އެންމެ ހުޠޫރަތްތެރި ޕްރޮޖެކްޓަކަށް ތިޔަ ޕްރޮޖެކްޓް ވާނެ. ކަބިއްޔަކާއި ކުރަކާއި ހިފާފަ މިދެދޫނިގެ ގުޅުން އޮތް ގޮތް ބަލާފައި، ދެތިން ފިދަނަ އަތުޖައްސާފަ އޭތި ބުޑުތަޅުވާ ގޮތް ދިރާސާ ކުރަން ތިރީހަކަށް މިލިޔަން ޖަހާލީމާ ރައްޔިތުން ހެޕީ އިގޭތޯ؟
ހޮރުއްޕާކށނތ
05 December 2024
މި އަޅެ އަހަރެމެންނަށް ދޭނެ ލާރިއެއް ނެތް. މުވައްޒަފެއްގެ ރިޕްލޭސްމެންޓެއްހާ ހަމައަށްވެސް ނުލިބެ. ދައުލަތުން ހަދާފައިވާ ކުންފުނިތަކުގަ ނެތޯ މުސާރަ ދޭނެ ވަރުވެސް، ޕެންޝަނާ ކުޅެން އުޅެފި އާސަންދައާ ކުޅެން އުޅެފި. އަދިވެސް ދޫނިދިރާސާ ކުރާ. ދޫނިރާއްޖެ ކިޔަންވީ މިމީހުންނަށް.
ގައުމު ދަވާ
05 December 2024
މި ސަރުކާރުގެ ކަމަކީ އިންސާނުން އަތުން ނެގުނު ގޮތަކަށް ޓެކްސް ނަގައިގެން އެހެނިހެން ދިރޭ ތަކެތީގެ އިމްތިޔާޒްތަކާއި އިނާޔަތްތައް ބޮޑުކުރުން.
ކައްޓަލަބުރި
05 December 2024
މިޔަރު އަރައި މިޔަރު ގިނަވެ އިންސާނުން ކާން ފަށައިފި. މިއިން ސަލާމަތް ވުމަށްނއިންސާނަކަށް ޙިމާޔަތެއް ނެތް. ނުވިތާކަށް މިއިން އެއްޗެއް މަދުކުރުމަށްވެސް ވިސާނެ ކަމެއްނެތް. މިސަރުކާރަށްވެސް މިވީ އަހަރެއްހާ ދުވަހުގެ ތެރަެގައި 4 މީހުންނަށް ހަމަލާދީފި. ހިމާޔަތުގެ ސަބަބުން އިންސާނަކަށް ލިބޭ ގެއްލުމުގެ ބަދަލުވެސް ނުލިބޭ. މިވެސް މިޔަރު ހިމާޔަތްކުރާ ފަރާތުން އަނިޔާ ލިބޭ މީހާއަށް ބަދަލު ލިބިދެވެން ޖެހޭނެ އަނިޔާއެއް. ދޫނިހިފީމާ ޖޫރިމާނާ. މިޔަރުންވެސް ޖޫރމނ.
ކަލޯ ކައްޓަލަބުރި
05 December 2024
ބަލަގަ މިޔަރު ހަމާލާދޭ އެންމެންގެ ވާހަކަތަކެއް ޙަބަރުތަކަކަށް ނާރަޔޭ، ހަމަ ގައިމުވެސް މި ރަށުން މީގެ މަހެއް ކުރިން މިޔަރު ހަމަލާގައި ޒަހަމްވި ކުއްޖާގެ ވާހަކަ އެއްވެޒް މީޑިޔާއަކުނެތް! މިހެން ކިތައް ކޭސް ހުންނާނެ.
ނކޖިމ
05 December 2024
މަށަށް ދިން ނަމަ..
އޮނަރަބްލް އަފީފު ދީދީ
04 December 2024
ޢައްޑޫގައި އެއްވެސް އިރެއްގައި ނޫޅޭ ކާޅުތަކެއް އައްޑުއަށް ހިޖުރަކޮށް ދޮންދީނި މަރާ ހުސްކުރުމުގެ އިތުރުން ދޮންދީނި ހާލި ހަދާ ބިސް އަޅާނެ ވެއްޓެއްވެސް މިހާރު އައްޑޫގައި ނެތް. މިކަމަށް ހައްލު ހޯދުމަށްޓަކާ ރައީސް މުއިއްޒުގެ މިލިޔަން ގަސް ޕްރޮޤްރާމްގެތެރެއިން ކީއްވެގެންތޯ މިސިޓީގައި ބަނބުކެޔޮ އަދި އަބުގަހާއި ސައްކެޔޮ ގަސްފަދަ ބިޔަކޮށް ހެދޭ އަދި އެގަހުގެ މަންފާ އައްޑޫ ރައްޔިތުންނަށްވެސް ލިބޭފަދަ ގަސްތައް އިންދައި ދޫންޏަށް ވެއްޓެއް ހޯދާނުދީގެން އުޅެނީ؟!
އޮނަރަބްލް އަފީފު ދީދީ
04 December 2024
މިދެންނެވިފަދަ ގަސްތައް އިންދާނެ ސަރުކާރު ބެލުމުގެ ދަށުގައިހުރި ހުސްބިންތަކާއި އެހެނިހެން ތަންތަންވެސް އައްޑޫގައި އެބަހުރި. މިސާލަކަށް އައްޑޫގެ ހުރިހާ ރިސޯޓް ތަކާއި، ގޭން އެއަރޕޯޓް، National College of Policing and Law Enforcement އާއި އެހެނިހެން ސްކޫލްތައް، މިސްކިތް ތަކާއި، ޕާކް ތަކާއި، ބައެއްކަހަލަ މައިޒާން ތަކުގެ އިތުރުން Addu Nature Park ގައި މިކަމަށް ފުދި އިތުރުވާވަރަށްވެސް ގަސް އިންދާނެ ބިން އެބައޮތް އިގޭތޯ. ބޭނުން ނުވާތީ މިކަން ނުކުރަނީ.
ޖޫލޭ
04 December 2024
މެގަ ޕްރޮޖެކްޓެއް
ހައްޖަ.
04 December 2024
ދޫންޏާ ބަކަރި އާ ހިމާރާ ހުރިހާ އެއްޗެއް ހިމަާޔައް ކުރޭ ރައްޔިތުން ނަަށް އެއްވެސް ހިމާޔަތެއް ނެއް.ރައްޔިތުން މިއުޅެނީ ޕެނަޑޯލް ގުޅަ އެއް ވެސް ނުލިބިގެން.
އައްޑޫ މޮޅު އަފީފު
04 December 2024
މުޅިންވެސް މިހިމާޔަތް ކުރަނީ ބުޅަލާ ދޫނި . އިންސާނަކު ހިމާޔަތްކުރަން އެބަވިސްނާބާ؟