ބަންގްލާދޭޝްގެ ވެރިކަމުން ޝައިހް ހަސީނާ އިސްތިއުފާ ދިން ދުވަހު މުޒާހަރާގެ ބައިވެރިން ބޮޑުވަޒީރުގެ ގެކޮޅު ކައިރީ ގައުމީ ދިދަ ހިފައިގެން. -- ފޮޓޯ: އޭއެފްޕީ
05 ޑިސެމްބަރ 2024 - 05:32
ބަންގްލާދޭޝްގެ ސިޔާސީ ބޭފުޅުން ހިޔާލު ތަފާތުވުންތައް އެއްފަރާތްކުރުމަށް ފަހު "އިންޑިއާގެ އުނދަގުލާ ދެކޮޅަށް" ތެދުވާން އެ ގައުމުގެ ވަގުތީ ވެރިޔާ މުހައްމަދު ޔޫނުސް އިއްޔެ ގޮވާލައްވައިފި އެވެ.
މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ބަންގްލާދޭޝްގައި މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ދަރިވަރުން އިސްނަގައިގެން ކުރި މުޒާހަރާތަކުގައި ޝައިހް ހަސީނާގެ 15 އަހަރުވީ ވެރިކަން ވަނީ ވައްޓާލައިފަ އެވެ.
ހަސީނާގެ، ބައިނަލްއަގުވާމީ އެންމެ ބޮޑު އެކުވެރިޔާ އަދި ހަސީނާ ފިއްލަވައިގެން ވަޑައިގެން ހުންނެވި އިންޑިއާއިން ވަނީ ހަސީނާގެ ވެރިކަމަށް ފަހު ބަންގްލާދޭޝްގައި ހިންދޫންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް އިތުރު ވެފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެކަމާ ހެދި އިންޑިއާ އާއި ބަންގްލާދޭޝްގެ ގުޅުން ވަނީ ގޯސްވެފަ އެވެ.
"ބަންގްލާދޭޝް އަލުން ބިނާކުރުމުގެ މަސައްކަތަށް އިންޑިއާއިން ދަނީ ހުރަސްއަޅަމުން. އަދި ބަންގްލާދޭޝްއާ ބެހޭ ގޮތުން ގެންދަނީ ހިޔާލީ ވާހަކަތައް ހަދައިގެން ދައްކަމުން،" ބަންގްލާދޭޝްގެ އިދިކޮޅު ޕާޓީތަކާ އެކު ބޭއްވި ބައްދަލުވުމެއްގައި ޔޫނުސް ވިދާޅުވި އެވެ.
"އެ މީހުން ގެންދަނީ މި ހަގީގަތެއް ނެތް ވާހަކަތައް ވަކި ހާއްސަ ގައުމުތަކެއްގަ އާއި ނުފޫޒު ހުރި އެކި ފަރާތްތަކާ ހިއްސާކުރަމުން."
ބަންގްލާދޭޝްގެ ވަގުތީ ވެރިޔާ މުހައްމަދު ޔޫނުސް ސިފައިންނާ ސަލާންކުރައްވަނީ: އޭނާ ވިދާޅުވަނީ އިންޑިއާގެ "އުނދަގޫ" ބޮޑުވެއްޖެ ކަމަށް. -- ފޮޓޯ: އޭއެފްޕީ
ޔޫނުސް އެ ބައްދަލުވުމުގައި ސިފަކުރެއްވި ގޮތުގައި ބަންގްލާދޭޝްއާ ދެކޮޅަށް ކުރިއަށް ގެންދަނީ ދޮގު މައުލޫމާތުގެ ކެމްޕެއިނެކެވެ. މިކަމާ ދެކޮޅަށް މަސައްކަތްކުރުމުގައި އެއްބައިވާން ޖެހެނީ މިއީ ބަންގްލާދޭޝްގެ ދެމިއޮތުމާ ގުޅުން ހުރި މައްސަލައަކަށް ވާތީ ކަމަށް ވެސް ވިދާޅުވި އެވެ.
ސުލްހައިގެ ނޮބެލް އިނާމު ހާސިލްކުރައްވާފައިވާ ޔޫނުސް ވަގުތީ ލީޑަރުކަން ހަވާލުކޮށްފައި ވަނީ އޭނާގެ ދަށުން ހިންގާ ވަގުތީ ސަރުކާރަކުން އާ އިންތިހާބެއް ބޭއްވުމުގެ ކުރިން ޑިމޮކްރެޓިކް އިސްލާހުތައް ގެނައުމަށެވެ.
ހަސީނާ ވެރިކަމުން ދުރުކުރުމާ އެކު އުފެދުނު ނުތަނަވަސްކަމުގެ ތެރޭގައި ހިންދޫންނާއި ބައި މަދު އެހެން ދީންތަކުގެ މީހުންގެ ކިބައިން ބަދަލު ހިފުމުގެ ހަމަލާތައް ދިނެވެ. އެކަމަކު އެ ހަމަލާތަކުގެ މައިގަނޑު ސަބަބެއް ކަމަށް ފެންނަން އޮތީ އެއީ ހަސީނާގެ ސަރުކާރަށް ކުރާ ތާއީދެވެ.
ޔޫނުސްގެ ސަރުކާރުން ވަނީ މިފަދަ އެތައް ހާދިސާއަކާ ހެދި މާފަށް އެދިފަ އެވެ. އެކަމަކު މިއީ ދީނީ ކުރިމަތިލުމަކަށް ވުރެ ބޮޑަށް ސިޔާސީ ހިޔާލު ތަފާތުވުމުގެ ކުރިމަތިލުންތަކެއް ކަމަށް ބަންގްލާދޭޝް އިން ބުނެ އެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސީނަގެ އައްޕަ އެމްޑީ
05 December 2024
އިންޑިޔާގެ ޕްލޭނަކީ ބަގްލަދޭޝް ހިފުން އެމީހުން އެކަމަށް އެބަމަސައްކަތްކުރެ ވަރަށްބާރަށް!
ދޮހޮއްތުބެ
05 December 2024
ޔޫނުސައްވެސް ހަމަ އެއް ދުއްތުރާއެއް …
ަައަބްލޯ ޝާޑް ބުރޯ
05 December 2024
އެބުނާހެން
ތުނޑުހަސަނު
05 December 2024
އިންޑިއާގެ އުނދަގޫ ހުރިހާ އަވަށްޓެރިންނަށް ވެސް ޖެހޭނެ. އެމީހުންގެ ގޮނޑިކޮށްކޮއަކު ނެތިއްޔާ ތެމިފަ އޮންނަ ސްޕޮންޖުކޮޅަކުން ފެން ފެލާލާ އުސޫލުން ފެލާލާނެ. ދިވެހިރާއްޖެއަށް ވެސް އެ މުސީބާތް ޖެހިގެން މިއުޅެނީ. އެމީހުން ހިތްހަމަނުޖެހޭ ގޮތަކަށް ބަލަަލިއަަސް ނިމުނީ. އެމީހުންގެ އެޖެންޑާއަކީ ސިޔާސީގޮތުން އަޅުވެތިކުރުން. އެކަމަށް މަގުފަހިކުރަން މާލީ އަޅުވެތިކަމަކަަށް ގެންދަނީ. އަޑިނުބައި ބައެއް އެއީ.