ހދ. އަތޮޅު ކައުންސިލްގެ އިދާރާ.-- ފޮޓޯ: މުހައްމަދު އަލީ | ސޯޝަލް މީޑިއާ
05 ޑިސެމްބަރ 2024 - 20:28
ހދ. އަތޮޅު ކައުންސިލްގެ މެމްބަރުންނާއި ގިނަ އަދަދެއްގެ މުވައްޒަފުން ނުވަ ލައްކަ އަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ތައިލެންޑުގެ ބެންކޮކަށް ދިޔަ ދަތުރާ ގުޅިގެން އޮޑިޓު ރިޕޯޓު ނެރުނީ އޮޑިޓާ ޖެނެރަލްގެ ޒިންމާ އާއި މަސްއޫލިއްޔަތުތަކުން ބޭރު، ހަގީގަތެއް ނެތް ރިޕޯޓެއް ކަމަށް ހދ. އަތޮޅު ކައުންސިލުން ބުނެފި އެވެ.
އޮޑިޓް އޮފީހުން މި ހަފުތާގައި އާންމުކުރި އޮޑިޓް ރިޕޯޓެއްގައި ބުނީ ހދ. އަތޮޅުން ކައުންސިލުގެ ބަޖެޓުން 952،885ރ. ހަރަދުކޮށްގެން މިދިޔަ އަހަރު އޮކްޓޯބަރު މަހު ބެންކޮކަށް ތަޖުރިބާ އާއި ތަމްރީނު ހޯދުމަށް 10 ދުވަހުގެ ދަތުރެއްގައި އެ ކައުންސިލްގެ ބައެއް މެމްބަރުންނާއި މުވައްޒަފުން ދިޔަ ކަމަށެވެ. އެ ދަތުރުގައި ބައިވެރިވީ 13 ކައުންސިލަރުންނާއި ސެކްރެޓަރީ ޖެނެރަލް އަދި ސީނިއާ މެނޭޖުމަންޓްގެ ހަ ބޭފުޅުން ހިމެނޭ ގޮތަށް ޖުމްލަ 20 މީހުން ކަމަށް އެ ރިޕޯޓުގައި ވެ އެވެ.
އެ ދަތުރުގެ މަގުސަދަކީ ތައިލެންޑުގެ އެކިއެކި ކަންކަމާ ގުޅޭގޮތުން ތަޖުރިބާ ހޯދުމާއި އަތޮޅުގެ ކުރިއެރުމަށް ކުރެވޭނެ ކަންކަމުގައި ތައިލެންޑުގެ އިންވެސްޓަރުން ހޯދުމަށް މަގުފަހިކުރުމެވެ. އޭގެ އިތުރުން، ގުޑް ގަވަނަންސާއި ޕަބްލިކް ޕޮލިސީ އަދި ރޫރަލް ޑިވެލޮޕްމަންޓްގެ ދާއިރާތަކުން ތަޖުރިބާ އާއި މައުލޫމާތު ހޯދުން ކަމަށް ކައުންސިލުގެ ދަތުރު ރިޕޯޓުގައި ވީ ނަމަވެސް އެކަމުން އެއްވެސް ފައިދާއެއް ވެފައިވާ ނުވާ ކަމަށް އޮޑިޓުގައިވެ އެވެ.
މިކަމާ ގުޅިގެން އަތޮޅު ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ނުހޯދައި އެ ދަތުރުކޮށްފައިވާތީ ފިޔަވަޅު އަޅަން ޖެހޭ ކަމަށް އޮޑިޓް ރިޕޯޓުގައިވީ ނަމަވެސް، ފިނޭންސުން އެގޮތަށް އަމަލުކުރަން ޖެހޭ ކަމަށް ނެރުނު ސާކިއުލާގައި ކައުންސިލްތައް ނުހިމެނޭ ކަމަށެވެ.
ސާކިއުލާގެ ދަށުން، ކައުންސިލްތަކުން ހުއްދަ ހޯދަން ނުޖެހޭކަން އޮޑިޓް އޮފީހަށް އެނގިފައި ނެތުމަކީ އޮޑިޓާ ޖެނެރަލްގެ ޒިންމާދާރުކަމާއި ގާބިލްކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.
ކައުންސިލުން ބުނީ ބެންކޮކް ދަތުރުން އެއްވެސް މަންފާއެއް ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ އެއްވެސް އަސާސެއް ނެތި، އަތޮޅު ކައުންސިލްތަކަށް ގާނޫނުން ދީފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކަށް ވެސް ރިއާޔަތް ކުރުމެއް ނެތި ކަމަށެވެ.
އެ ދަތުރުން އެއްވެސް ފައިދާއެއް ނުވާ ކަމަށް ބުނެފައިވަނީ ދަތުރުގައި ބައިވެރިވި 12 ރަށުގެ ކައުންސިލް ރައީސުންގެ ބަހެއް ނެތި ކަމަށް ވެސް ބުނެފައިވެ އެވެ.
"ތަމްރީނާއި ތަޖުރިބާ ހޯދަން ބަޖެޓުން ކުރެވުނު ހަރަދުތަކުން ނުކުންނަ ނަތީޖާ އާއި ލިބޭ މަންފާ އިގްތިސޯދީ ނަޒަރަކުން އެކަނި ވަޒަން ކުރާއިރު، އިންސާނީ ތަރައްގީއަކީ ވެސް ތަހުޒީބުވަމުން އަންނަ ދުނިޔޭގައި ވަޒަން ކުރަން ޖެހޭ ކަންކަމުގެ ތެރޭގައި އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ނެތުމަކީ ވަރަށް ޒިންމާދާތުކަން ކުޑަ އަމަލެއްގެ ގޮތުގައި ކައުންސިލުން ދެކެމެވެ." ހދ. އަތޮޅު ކައުންސިލުގައި ބުނެފައިވެ އެވެ.
އެ ކައުންސިލުން ބުނީ އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމުން ހިންގުމުގެ ފުރުސަތު އޮތްއިރު، މާލީ ނިޒާމު ހަރުދަނާކުރުމުގެ ނަމުގައި ނެރޭ ރިޕޯޓުތަކަކީ ޒިންމާދާރުކަމާ އެކު ނެރޭ ޖަވާބުދާރީވެވޭނެ ރިޕޯޓުތަކަކަށް ވާން ޖެހޭ ކަމަށެވެ.
އަދި އޮޑިޓް ރިޕޯޓުގައި ހުރީ ހަގީގަތާ ހިލާފު މައުލޫމާތު ކަމަށް ބުނެ، އެކަން އެ ކައުންސިލުން ކުށްވެރި ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަންޑިތު
08 December 2024
ޙދ. ޢަތޮޅު ކައުންސިލުން ދެން ކުރާ ތަޖްރިބާ ދަތުރު އެމެރިކާގެ ލާސްވޭގަސް އަށް.
އޭ ބަލަ ސަކީނާ
07 December 2024
މާ އަނގަގަދަ ކުރާނެ ކަމެއް ނެތް، ތޮޔޯތީ ރައްޔިތުންގެ ފައިސާގައި ޖެހެވިފައި. ތައުބާވެ ޖަވާބުދާރީ ވާންވީ ޒުވާބުކުރުމުގެ ބަދަލުގައި. ތިޔަ ކުރި ހަރަދެއްގެ ބިލުތައް ދައްކާ ކޮންމެ މީހަކު.
ޕިނޯކިޔޯ
07 December 2024
އިންސާނީ ތަރައްޤީވެފައި ތިޔަ ތިބީ ކަލޭނޭ. ތިޔަ ކުރި ތަޖުރިބާއިން ވީ އިސްލާހެއް ނުފެނުނު ތިޔަ ނެރުނު އެއްޗަކުންވެސް. ރިވެތި އަޚުލާޤެއްގެ ކަންފުޅުވެސް ނެތެއްނު...
ކައުންސިލު
07 December 2024
ދެބް ކޮބަޔޯ ތި ދަތުރަކުން ރައްޔިތަކަށް ވީ ފައިދާއެއް ތި ހަމަ ބަޖެޓް ދޮވެގެން އަމިއްލަ މަންފާ އަށް ކުރި ދަތުރެއް
އަބްޑޫޅް +
06 December 2024
ކަލޭމެން ބީރަށްޓެހީންގެ ކަތީބުން މުދިމުންނާއި ނައިބުކަލޭގެއިންގެ ބަހެއް ހޯދާކަށް ނުޖެހޭނެ.
ސިއްކަ
06 December 2024
ދެން މިމީހުންގެ ބުލޮކް ގްރާންޓް ކަނޑާލީމަ ބުނަނީ އެ ގޯހޭ. އެ ލާރިން ކުރަނީ މިކަހަލަ ކަންކަން. ހަމަ ކަނޑާލަންވީ
ބެންކޮކްބޯއި
06 December 2024
"އިންސާނީ ތަރައްގީއަކީ ވެސް ތަހުޒީބުވަމުން އަންނަ ދުނިޔޭގައި ވަޒަން ކުރަން ޖެހޭ ކަންކަމުގެ ތެރޭގައި" ރީތި ބަހަނާއެއް. އަޅެ މިހިސާބުން ދާއިރުވެސް ފިޔަވަޅެއް ނޭޅެ!!!!!
ޗިއަންގމާއި
06 December 2024
ބަލަ ބެންކޮކަކީ ނުލާހިކު އިންސާނުން ތަރައްގީ ކޮށްދޭ ތަނެކޯ. ޚިދުމަތް ވެސް ދޭނީ ނުލާހިކު އޯގާތެރި ކޮންނޯ. ބަޔާނުގައި ދައްކާފައި ހުރި ވާހަކަތަކަށް ބަލާއިރު އެފަދަކަންކަން އުނގެނި ތަޖުރިބާ ހޯދަން ސްރިލަންކާ އާއި ސައުތް އިންޑިޔާ މާ އަގުހެޔޮވަފައި ރަނގަޅުވާނެ.
ޟާލީ
06 December 2024
މާލީ ޤަވައިދުގައި ވާގޮތުން ސިވިލް ސާވިސް މުވައްޒަފަކަށް ރަށުން ބޭރަށް ދާއިރު ކެއުމަށް ދުވާލަކަށް ހަރަދު ވަނީ 200 ރ. އިތުރަށް އެންމެ ރުފިޔާއެއްވެސް ނުދޭ
ބެންގްކޮކް
06 December 2024
47644 ރ . ބޮލަކަށް. 3000 ޑޮލަރު މީހަކަށް. 10 ދުވަސް ، ދެކޮޅު ޓިކެޓް ނަގާފަ ވެސް 2700 ޑޮލަރު ގިނަ 10 ދުވަހަށް ، މީކީ ޝޮޕިންގް ދަތުރެއްނޫން ވިއްޔާ