ރައީސް ޑރ. މުޖައްމަދު މުއިއްޒު ތޮއްޑޫއަށް ވަޑައިގެން، އެ ރަށު ރައްޔިތަކާ ސަލާމް ކުރައްވަނީ.--- ފޮޓޯ: ރައީސް އޮފީސް
08 ޑިސެމްބަރ 2024 - 15:40
އަންނަ އަހަރު އއ. ތޮއްޑޫގައި ޑޮލަރު އޭޓީއެމް އެއް ބަހައްޓާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އއ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ތޮއްޑުއަށް ވަޑައިގެން ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން، އެ ރަށަކީ ލޯކަލް ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވެ ކުރިއަރަަމުން އަންނަ ރަށެއްކަން ފާހަގަކުރެއްވި އެވެ. އެހެންވެ އެ ރަށުގައި ޑޮލަރު އޭޓީއެމް އެއް ބެހެއްޓުން މުހިއްމު ކަމަށް ވިދާޅުވި އެވެ. އެހެންވެ އަންނަ އަހަރުގެ ތެރޭގައި އެކަން ކޮށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ޑޮލަރުގެ ވިޔަފާރި ތޮއްޑޫގައި ވަރަށް ބޮޑަށް އެބަ ހިނގާ. އެހެންވީމާ އަޅުގަނޑު ގަސްތުކުރަނީ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ހިދުމަތް ކުރުމުގެ ސިޔާސަތުގެ ތެރެއިން މި ރަށުގައި ތިބެގެން ޑޮލަރު އިތުރުކުރެވޭނެ ގޮތެއް ހަދައިދިނުން. އިރާދަކުރެއްވިއްޔާ ޑޮލަރުގެ އޭޓީއެމްއެއް ގާއިމުކޮށް ދޭނަން،" ރައީސް ވިދާޅުވި އެވެ.
މާލެ ފިޔަވައި އަތޮޅުތެރޭގައި ބެހެއްޓި ފުރަތަމަ ޑޮލަރު އޭޓީއެމް ރައީސްގެ ވައުދުފުޅާ އެއްގޮތަށް ބީއެމްއެލް އިން މިހާރު ވަނީ ކ. މާފުށީގައި ބަހައްޓައި މިދިޔަ ޖޫން މަހު ހިދުމަތް ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހުދު.
09 December 2024
ދެން ނުޖެހޭނެ ޑޮލަރ ނަގަން މާލެ އަންނަން.
ވެނީ
09 December 2024
ތޮއްޑޫގަ ކަރާ ލިބޭނެ ވެންޑިން މެޝިނެއްވެސް ބަހައްޓަ ދެއްޗޭ ރައީސް. ވަރަށް ދުވަސްވީ އުންމީދެއް ވީމަ ބުނެލީ.
އަހްނަފް ރަޝީދު
08 December 2024
އިންޝާﷲ މި ރަށުން ރައީސް މުއިއްޒްއަށް ބޮޑު އަގުލަބިއްޔަތެއް ލިބޭނެ
ސޮލާހް.
08 December 2024
އަހަރުމެންގެ ވަރަށް ދުވަސްވީ އުއްމީދެއް މިއީ
އަމަދު.
08 December 2024
ހަގީގީ ހެޔޮވެރިކަމަކީ މިއީ
ދީމާ އަލީ
08 December 2024
ސާބަހޭ ރައީސް. އެތައް ދުވަސްވީ އުއްމީދެއް
ހަމްދާ
08 December 2024
އެއްވެސް ސިޔާސަތެއްނެތް މަޑުކަށި ހިންގުމެއް
ޑޮލަރ
08 December 2024
ރާއްޖޭގައި ކީއްވެހޭ އެހެން ޤައުމުތަކުގެ ފައިސާގެ އޭޓީއެމް ބަހައްޓަންވީ؟ އެމެރިކާ ފިޔަވާ ކިތަށް ޤައުމުގައި ޑޮލަރު އޭޓީއެމް ހުރޭތޯ؟
ނަދީމު ސ÷ރ
08 December 2024
އައްޑޫސިތީގައި އަދިވެސް ބުދުޖެހި ފައިސާނެގޭނެ މެޝިނެއް ނުބަހައްޓާ. ނޫރައްދީނު 45 އަހަރު ތިތާގައި ކުރީ ކޮންކަމެއް ؟
އޮނަރަބްލް ބަކުރުބެ
08 December 2024
ރަށު އޭޓީއެމް ތަކަކީ މާކުރިންވެސް ރަށްތަކެއް ކަޑައަޅާ ކުރިޔަށް ގެންދާ މަސައްކަތެއް .