ސަލްމާން ހާން، ޔޫލިއާ ވަންޓާގެ މައިންބަފައިންނާ އެކު.
10 ޑިސެމްބަރ 2024 - 07:07
ސަލްމާން ރޮމޭނިއާ އިން ލޯބިވެރިޔަކު ހޯދައިފި ކަމަށް ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.
ބައެއް ރިޕޯޓްތައް ބުނި ގޮތުގައި، ސަލްމާން މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ރޮމޭނިއާގެ އެކްޓަރެއް ކަމަށްވާ ޔޫލިއާ ވަންޓާއާ އެވެ. އޭނާ ވަނީ ސަލްމާންގެ ބައެއް ފިލްމުތައް ކަމަށްވާ "ސުލްތާން" އަދި "ރޭސް 3"ގައި ވެސް މަސައްކަތްކޮށްފަ އެވެ.
ސަލްމާން ވަނީ އޭނާ ޝޯއެއް ދިނުމަށް މިދިޔަ ހަފުތާގައި ދުބާއީ އަށް ކުރި ދަތުރުގައި ޔޫލިއާގެ އާއިލާއާ ވެސް ބައްދަލުކޮށްފަ އެވެ. އޭނާ ދިޔައީ ޔޫލިއާގެ ބައްޕަގެ އުފަންދުވަސް ފާހަގަކުރުމަށް ބޭއްވި ރޭގަނޑުގެ ކެއުމަކަށެވެ.
އެ ރޭ ޔޫލިއާގެ މައިންބަފައިންނާ އެކު ސަލްމާން ނަގާފައިވާ ބައެއް ފޮޓޯތައް ވެސް ޔޫލިއާ ވަނީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.
ސަލްމާން އާއި ޔޫލިއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނެ، އެ އަޑުތައް ފެތުރިފައިވާތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ. އެ ދެމީހުން އެކުގައި ވަރަށް ގިނަ އިވެންޓުތަކަށް ވެސް ދެ އެވެ. އެކަމަކު، އެ ދެމީހުންގެ މެދުގައި އޮންނަ ގުޅުމާ ބެހޭ ގޮތުން އަދި މިހާތަނަށް މީޑިއާއަށް އެއްވެސް ވާހަކައެއް ހިއްސާކޮށްފައި ނުވެ އެވެ.
ސަލްމާންގެ އާއިލާއިން ބާއްވާ ހަފުލާތަކަށް ވެސް ޔޫލިއާ ވަރަށް ގިނައިން ދެ އެވެ. އަދި ސަލްމާންގެ އާއިލާގެ މެމްބަރުންނާ ވެސް ވަރަށް ގާތް ގުޅުމެއް އޭނާ ބާއްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޅި އަލީ
12 December 2024
ސަލްމާނުވެސް މީހަކާ އިންނަނީ! އެކަމަކު އަހުން ގޯތި މޯދީ ހުރި ގޮތައް ހުރީ!
2024
12 December 2024
މަންޖޭ ތިއޮށްބޮޑު ރޫމޭނިޔާއިން އިންނާނެ ނުވީތަ ސައްލޫބާއިއެއްނީންނާނެ...... ބޮއިހަލަކި
ޑރ ވާންޗޯ
12 December 2024
ސަލްމާނު ލޯބިވެރިޔަކު ހޯދާނެތަނެއް އެނގޭނީ ސަލްމާނަށްދޯ؟. މަށަށްހެޔޮ ތަކަންދޫއިން ނޫނީ މާރަންދޫއިން ހޯދިޔަސް.
އާޝޯހު
10 December 2024
ތިޔަ ކުއްޖާޢާ ވެސް އިނދެފިއްޔާ ރަނގަޅު. އިންނަން ކެރޭނެހެން ވަރަށް ހީނުވޭ! އައިޝްވަރިޔާއަށް ނުވީމާ!
ބޮއްލަ
10 December 2024
ކެޓްރީނާ އާ ވައްތަރު ކުޖެއް ދޯ އަނެއްކާވެސް މީނަ މި ހޯދީ
ޗަކޮއި
10 December 2024
ކެޓެރީނާއާއި ވައްތަރު ދެތިން ތަނަކޮޅެއް ހުރެދާނެ ތޯއްޗެއް. އެއްވެސް ބޮޑަށް އެނގޭނީ ސަލްމާން އަށް.. އެހެންނުން..
ނުވައްތަރު
11 December 2024
އެއްވެސް ވައްތަރެއް ނޫން