ރެޑް ސީ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލުގައި ބޮލީވުޑްގެ ތަރި ޝްރައްދާ ކަޕޫރާއި ހޮލީވުޑްގެ ތަރި އެންޑްރޫ ގާފީލްޑް.
10 ޑިސެމްބަރ 2024 - 11:56
ސައުދީ އަރަބިއްޔާގައި މިހާރު ކުރިއަށް ގެންދާ ރެޑް ސީ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލުން ބޮލީވުޑްގެ ތަރި ޝްރައްދާ ކަޕޫރާއި ހޮލީވުޑްގެ ތަރި އެންޑްރޫ ގާފީލްޑް ބައްދަލުވުމުން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ލިބިއްޖެ އެވެ.
seeing andrew garfield and shraddha kapoor together wasn't on my 2024 bingo list 😭😭 pic.twitter.com/pq5i5eyZkv
— ًu (@ixumakantx) December 9, 2024
އެންޑްރޫ އާއި ޝްރައްދާ އެކުގައި، އެ ފެސްޓިވަލުގެ ރެޑްކާޕެޓުގައި ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި މިހާރު ވަނީ ވައިރަލްވެފަ އެވެ. ގިނަ ބަޔަކަށް މިކަން ވީ ވަރަށް "ލޯބި" ވަގުތުކޮޅަކަށެވެ. އަދި އެ ފޮޓޯތައް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.
އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ދެ ތަރިން ވަނީ ރެޑްކާޕެޓުން ބައްދަލުވުމުން ސަލާންކޮށްފަ އެވެ. އަދި އެކުގައި ފޮޓޯ ނަގަން އިރުކޮޅަކު މަޑުކޮށްގެން ތިއްބެވެ.
ޝްރައްދާ ހުރީ އިންޑިއާގެ ބްރޭންޑެއް ކަމަށްވާ ފަލުންގީ ޝޭން ޕީކޮކް އިން ޑިޒައިންކޮށްފައިވާ ގައުންއެއްގަ އެވެ. އަދި އެންޑްރޫ ހުރީ މުށި ކުލައިގެ ސޫޓެއްގަ އެވެ.
އެމެރިކާގެ އެކްޓަރު އެންޑްރޫ އަކީ ސްޕައިޑަމޭންގެ ރޯލު ކުޅެގެން މަޝްހޫރުވި ތަރިއެކެވެ.
#Stree and #SpiderMan?✨#ShraddhaKapoor caught up with #AndrewGarfield at the #RedSeaInternationalFilmFestival. #Trending pic.twitter.com/rROpEs4E30
— Filmfare (@filmfare) December 9, 2024
ރެޑް ސީ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލަށް އެންޑްރޫ ދިޔައީ އޭނާގެ ކުރިއަށް އޮތް ފިލްމު "ވީ ލިވް އިން ޓައިމް" އެ ފެސްޓިވަލުގައި ޕްރިމިއާކުރާތީ އެވެ. އަދި ޝްރައްދާ އެ އިވެންޓަށް ދިޔައީ ހާއްސަ މެހުމާނެއްގެ ގޮތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2024
11 December 2024
ސުރަދާ ތި އެންޑުރޫއާ ގާތްނުވާތި މަންޖެގެ ޒަމާންދާނެ.... ބޮއިހަލަކި