ބީއެމްއެލް އިން އެމްއެންޔޫ މެރެތަންގެ ޕްލެޓިނަމް ޕާޓްނަރުކަމުގެ ލިޔުމުގައި މިއަދު ސޮއިކޮށް އެއްބަސްވުން ބަދަލުކުރަނީ.---ފޮޓޯ: ބީއެމްއެލް
11 ޑިސެމްބަރ 2024 - 22:27
ގައުމީ ޔުނިވަސިޓީގެ (އެމްއެންޔޫ) އިން އަންނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވާ މެރަތަންގެ ޕްލެޓިނަމް ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައި ކަމާ ގުޅޭ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ފެބްރުއަރީ 21،20 ގައި ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ބާއްވާ މެރަތަން އަށް ބީއެމްއެލްގެ އެހީތެރިކަން ދިނީ، ހަރަކާތްތެރި ދިރިއުޅުމެއް އުޅުމަށް ހިތްވަރު ދިނުމަށާއި މުޖުތަމައުގެ ރޫހު އާލާކުރުމަށް ބޭންކުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލް އިން ބުނިގޮތުގައި، އެފަދަ ކަމެއްގައި ގައުމީ ޔުނިވާސިޓީއާ ގުޅުނީ، އެ ޔުނިވާސިޓީން އިސްނަގައިގެން ކުރާ މުހިއްމު މަސައްކަތްތަކަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.
އެމްއެންޔޫ މެރަތަންގައި ކިޑްސް ޑޭޝް (ފަސް ކިލޯ މީޓަރު) އާއި ހާފް މެރަތަން (10 ކިލޯމީޓަރު) އަދި މެރަތަން ހިމެނޭނެ އެވެ. އެ އިވެންޓުގެ ބޭނުމަކީ ޝައުގުވެރިކަން ހުރި ރޭސްތަކެއްގެ ތެރެއިން ހުރިހާ އުމުރު ފުރައެއްގެ މީހުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ހިތްވަރު ދިނުން ކަމަށް ބީއެމްއެލް އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޞަސްމާ
12 December 2024
ވަރަށް ވަރަށް ވަރަށް މުހުއްމު ކަމެއް ގައުމީ ޔުނިވާސިޓީއިން ކުރަން. ކުދިންގެ ކިޔެވުމަށް ވުރެ ލީލާމެން އިސްކަން ދެނީ މިކަހަލަ ދެއްކުންތެރިކަން ކަމަށް.