ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްޑީޕީގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ: ޖިނާއީ ތަހުގީގެއް ހިންގަން އުޅެނީ ސިޔާސީ ގޮތުން ބިރުދައްކަން ކަމަށް އެމްޑީޕީން ބުނި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
12 ޑިސެމްބަރ 2024 - 21:46
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ސަރުކާރުން މަސައްކަތް ކުރަނީ ސިޔާސީ ގޮތުން ބިރު ދެއްކުމުގެ ނިޔަތުގައި ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.
ކުރީގެ ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމިޓީން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ގިނަ އަދަދެއްގެ ފައިސާ ދިން މައްސަލާގައި ކުރީގެ ރައީސް އިބޫގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ޕްރޮސިކިއުޓާ ޖެނެރަލަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ (ގަޕޯ) ވިދާޅުވީ ހުރިހާ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ގާނޫނުއަސާސީގެ ދަށުން ލާޒިމް ކަމެއް ކަމަށާއި ހަމަ އެއާ އެކު، އެކަންކަން ތަންފީޒު ކުރުމަށް ކޮމިޓީތައް އުފެއްދުމުގެ ބާރުގެ ރައީސަށް ގާނޫނުއަސާސީން ލިބިދޭ ކަމަށެވެ.
ސެޓްލްމަންޓް ކޮމިޓީ ވެސް އޭރުގެ ރައީސްގެ ހައިސިއްޔަތުން އިބޫ އުފެއްދެވީ އެ އުސޫލުން ކަމަށާއި އެ ކޮމިޓީގައި ބަންޑާރަ ނައިބު ވެސް ހިމެނިވަޑައިގެންނެވި ކަމަށް ޣަފޫރު ވިދާޅުވި އެވެ. އެ ކޮމިޓީގެ ކޮންމެ ނިންމުމެއް ވެސް ނިންމީ ކެބިނެޓްގެ ރުހުން ލިބިގެން، ބަންޑާރަ ނައިބުގެ ލަފައާ ވެސް އެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ސިޔާސީ ބޭނުމުގައި ބިރު ދެއްކުމުގެ ގޮތުން ކުރީގެ ރައީސް ސޯލިހާއި ކެބިނެޓްގައި ހިމެނޭ ބައެއް ބޭފުޅުންގެ މައްޗަށް ތަހުގީގު ހިންގަން ފާސްކޮށްފައި މިވަނީ. ގޮތް ހުސްވެގެން ސަރުކާރުން މިހާރު އެ ކުރާ ކަމަކީ ބިރު ދެއްކުމުގެ އަމަލުތައް ހިންގަން އެ ފެށީ،" ޣަފޫރު ވިދާޅުވި އެވެ.
އިބޫގެ އިތުރުން އޭރުގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލާއި ރައީސް އޮފީހުގެ އޭރުގެ މިނިސްޓަރު އަލީ ޝިޔާމްގެ މައްޗަށް ވެސް ޖިނާއީ ތަހުގީގެއް ހިންގައި، ދައުވާ ކޮށްދިނުމަށް ޕީޖީގައި އެދެން ވެސް މާލިއްޔަތު ކޮމިޓީން ފާސްކުރި ރިޕޯޓުގައިވެ އެވެ.
ދެ ޅިޔަނުން ވެސް ކަމަށްވާ އިބޫ އާއި އަލީ ޝިޔާމްގެ މައްސަލަތަކެއް އުޅޭތޯ ބަލަން ޖިނާއީ ތަހުގީގެއް ހިންގަން އަންގަން މާލިއްޔަތު ކޮމިޓީން ނިންމީ އަލީ ޝިޔާމަކީ ކުރީގެ ސަރުކާރުގައި އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ ކަމަށް ވާތީ އެވެ. އޭރު ސެޓްލްމަންޓް އެއްބަސްވުންތައް ހެދީ ކެބިނެޓްގެ އިކޮނޮމިކް ކައުންސިލުން ނިންމައިގެންނެވެ.
ސަރުކާރު ހިމެނޭ އެކި މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލާއި ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުން، 2019 އިން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ސޮއިކޮށްފައިވާ ސެޓްލްމަންޓް އެއްބަސްވުންތަކަކީ އުފެދުމުގައި ވެސް ބާތިލް އެއްބަސްވުންތަކެއް ކަމަށް މާލިއްޔަތު ކޮމިޓީން ވަނީ ނިންމައިފަ އެވެ.
އެހެންވެ، އެ ހުރިހާ އެއްބަސްވުންތައް ބާތިލުކުރުމަށް ގާނޫނީ ގޮތުން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށާއި ބަދަލުގެ ގޮތުގައި ދީފައިވާ މުދަލާއި ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށް އެޓާނީ ޖެނެރަލާއި ކަމާބެހޭ އެހެން އިދާރާތަކަށް އަންގަން ވެސް ނިންމާފައިވެ އެވެ.
ސެޓްލްމަންޓް ކޮމިޓީ މެދުވެރިކޮށް ކުރީގެ ސަރުކާރުގައި 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދުގައި ވަނީ 36 ރަށަކާއި ހަ ފަޅެއް އަދި ދެ ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް އެކި ފަރާތްތަކަށް ވަނީ ދީފަ އެވެ. އެ މުއްދަތުގެ ތެރޭގައި ލެ ޓްރިވެނި ޖޭވީ އާއި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޑެޓަށް އިތުރު 61.2 މިލިއަން ރުފިޔާ ދިނުމަށް ފިނޭންސް މިނިސްޓްރީގެ ސިސްޓަމަށް އަޅާފައި ވަނިކޮށް، މި އަހަރުގެ ފެބްރުއަރީ މަހު އެ ފައިސާ ދޫކުރުން އޭޖީ އޮފީހުގެ އެންގުމަކަށް ވަނީ މަޑުޖައްސާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮލިރަވަ
14 December 2024
ވެރިކަމުގަތިބެ އެމީހުންވެސް ކުޅުނު ޑްރާމާއެއްވީމަ ވަރަށް ފަސޭހައިން އެނގޭނެތާ ތިކަހަލަ ކަންކަން
ކޮން
14 December 2024
ސިޔާސީ ގޮތުން އިބޫއަށް ބިރުދައްކަން ޖެހޭ އެއްވެސް ސަބަބެއް ނެތް
ދުންމާރި
14 December 2024
އަހަރެން ބުނާނީ އަދަބު ނުދެވެންޏާ ޝަރީޢަތް ނo ހިންގޭނަމަ ތަޙުޤީޤު ކުރުން ހުއްޓާލާށޭ. ވައްކަންކުރުމާ ޤާނޫނާ ޚިލާފުވުމާ މީ ވަކި ބަޔަކަށް އަދަބު ނުދީ ދޫކުރާ ކަމަކަށް ވެގެނެއް ނުވާނެ. އެކިޔަނީ ޗޯރު ހިމަނައިގެން.
އައްބެ
14 December 2024
ސިޔާސީ މީހުން ކޮންމެ ކަމެއްކުރިޔަސް އެކަމެއް ބެލުމަކީ ސިޔާސީ ކަމެކޯ? މިއީ މިރާއްޖޭގެ ހުރިހާ ސިޔާސީ މީހުން ދެކޭ ގޮތަކީ. އެހެންވީމާ ސިޔާސީ މީހުންނާޢި ވެރިކަން ހަވާލުކުރަން ވޯޓު މިދެނީ ހާދަހާވާ މޮޔަ ރައްޔިތުންތަކެކޭ. ސިޔާސީ މީހުންވަރުގެ ދޮގުވެރި މަކަރުވެރި ބަޔަކު މިޤައުމަކު ނުތިބޭނެ. އެކަމަކު ދޮގު އަޑުއަހައި އަތްޖަހަން ޖަލްސާތަކަށް ގޮސް ވަގުތު ބޭކާރުކުރާ މޮޔައިންތަކެއްވެސް އުޅޭތީ ދެރައީ
ޜޔތމހ
13 December 2024
ކީއްވެތަ މިސަރުކާރަށް ނުކެރެނީ އާރިޔަން ދަރިކޮޅު މީހުންނަށް ބަހާލި ބިންތައް ހޯދަން. މިއީ ހަމަ އިންސާފުން ކުރި ކަމެއްތަ؟ ނޫނީ 15000 ވޯޓް ހެއްލިދާނެތީ ބިރުންތަ؟ މިސަރުކާރަކީވެސް ހަމަ އިންސާފެއް ނެތް ބައެއް. އަދީބުވެސް އެއުޅެނީ ބިލިޔަނިން ކާލައިގެން ބަލާނެ މީހަކު ނެތް
ފޑބ އމނ
13 December 2024
އިބޫއަކީ ރައްޔިތުންގެ ފައިސާއިން އޭނަ ބޭނުންމީހުނަށް ފައިސާ ބެހި އަދި ބަހަމުންދާ މީހެއްކަން މި އެނގެނީ.
ފޫޑޭ
13 December 2024
ތިޔަ އިބޫ އެބަހުރި މީހުންނަށް ލައްކަ ފައިސާ ބަހާފަ. މިހާރުވެސް ބެންގަލޫރުގަ ހުރި މީހަކަށް ރައްޔިތުންގެ ފައިސާއިން ޚަރަދު ބަރަދު ބަލަހަައްޓާކަމަށްވަނީ. ފަހަރުގައި ވެދާނެ އޭރު ބައްކުރި ފައިސާއިން ބައި އަޅަން ވީ ވައުދަކަށް. އެވައުދު އެދަނީ ފުއްދަމުން
އަދި ކިރިޔާ މިސްރާބު ހަމަ މަގަށް
13 December 2024
އިބޫއަކީ ބޮޑު ގމރއ. ކުރެވޭ ކަމެއް، ކިޔޭ އެއްޗެއް ނުކިޔޭ އެއްޗެއް ނޭނގޭ. އެމްޑީޕީ މީހުން މީނަ މަޅިއެއްގައި ބެއްދިޔަސް އެ ބެދެނީ މަޅިއެއްގައި ކަމެއް ނޭނގޭވަރު ބޮޑު ކޮހެއް އެއީ. ދޮގުހެދީ މުއިއްޒުއޭ ބުނާއިރު އެމްޑީޕީ ވެރިކަމުގައި ވީ ވައުދުތަކުން ފުއްދުނީ މަދު ވައުދެއް. ދެން ނުފުއްދި ވައުދުތަކާއި ޕޯޑިއަމްތަކުގައި ދެއްކި ވާހަކަތަކަކީ ހުސް ތެެދު. އިބޫއަކީ ހުދު ކާފޫރުތަ؟ ނޫން އެއީ އަސްލު ބޮޑު ގމރއ.
ސިއްޕެކޫ
13 December 2024
އިބޫ ވެރިކަމުގަ ކުރީގެ ރައީސް ޔާމީން ދައުރު ނިމެންދެން ޖަލައްލާ އަނިޔާކުރި
ކޮން
14 December 2024
ހެޔޮކޮށް ތިބުނީ
ޣަނިއަ
13 December 2024
ސިޔާސީމީހުން ކިތައްމެވަރަކަށް ނުހައްގުން ކަމެއްކޮއްފަ އޮތސް އެކަން ބަލާނަމަ ބުނާނެ ސިޔާސީ ގޮތުންބިރު ދައްކަނީއެ އަދި މޮޅުތަންކޮޅަކީ މި ހުރިހާމީހުންވެސް ހަދާނި ސިޔާސީ ދޮގު އަޅެ އެ ނުވަނީތަ ދޮގަކައް