ހަޔާތު ތަހްރީރު އަލް ޝާމް (އެޗްޓީއެސް) ގެ ލީޑަރު އަބޫ މުހައްމަދު އަލް ޖަވްލާނީ. -- ފޮޓޯ: އޭއެފްޕީ
16 ޑިސެމްބަރ 2024 - 06:11
ސީރިއާގެ ވެރިކަމުން ބައްޝާރުލް އަސަދު ދުރުކުރުމަށް ދިން ހަމަލާތަކުގައި އިސްކޮށް ހަރަކާތްތެރިވި ހަޔާތު ތަހްރީރު އަލް ޝާމް (އެޗްޓީއެސް) ޖަމާއަތާ އިނގިރޭސި ވިލާތުން "ޑިޕްލޮމެޓިކް ކޮންޓެކްޓް" ފަށާފައިވާ ކަމަށް ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ އިއްޔެ ވިދާޅުވެއްޖެ އެވެ.
ލެމީ ވިދާޅުވީ އެ ޖަމާއަތްތަކަކީ މަނާ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށާއި ނަމަވެސް ޑިޕްލޮމެޓިކް ކޮންޓެކްޓް ކުރެވިދާނެ ކަމަށެވެ. އެހެންވެ ޑިޕްލޮމެޓިކް ކޮންޓެކްޓް މިހާރު ގާއިމުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެކެން ބޭނުންވަނީ އެންމެން ތަމްސީލުކުރާ ސަރުކާރެއް. ކެމިކަލް ހަތިޔާރުގެ ބޭނުން ނުކޮށް އޭގެ ސްޓޮކްތައް ރައްކާތެރިކޮށް ބަލަހައްޓާ މަންޒަރު. ހަމަނުޖެހުންތައް ދެން އަލުން ކުރިއަށް ނުދާ މަންޒަރު،" އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ، އެ ހުރިހާ ސަބަބުތަކަކަށްޓަކައި، އަޅުގަނޑުމެންނަށް ލިބެންހުރި ހުރިހާ ޗެނަލްތަކެއް ބޭނުންކޮށްގެން، ޑިޕްލޮމެޓިކް އަދި އިންޓެލިޖެންސުގެ ތެރެއިން ލިބެން ހުރި ޗެނަލްތަކެއް ބޭނުންކޮށްގެން ވެސް ބޭނުންވަނީ އެޗްޓީއެސްއާ ވާހަކަ ދައްކަން."
އެޗްޓީއެސްއާ ގުޅިފައިވާ ކަމަށާއި އެ މީހުންނާ މިހާރު ސީދާ ގޮތުގައި ވާހަކަ ދެކެވޭ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ވެސް ވަނީ ވިދާޅުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެހެންތަ
16 December 2024
ތިޔަ ފަތިވަރު ނުދަމާ، އަޅުގަނޑުމެން ދެކެން ބޭނުންވަނީ އެމެރިކާއާއި ޔޫރަޕްގެ ގޮނޑިކޮއްކޮ ސަރުކާރެކޭ ބުނިއްޔާ މާ ތާހިރުވާނެ. އިޒްރާއީލު ގައިގަ ފިރުމައިދޭ ސަރުކާރެކޭ ބުނިއްޔާ މާ ރީތިވާނެ
4
16 December 2024
ލަނޑަޔާ ވާނީ ލަނޑަޔާ.
މިއައު
16 December 2024
ހުޅަނގުވެފަ ތިބޭ ދިވެހިން ވިސްނާލަން ރަނގަޅު ކޭސް ސްޓަޑީއެއް މީ. އެމީހުން ރަނގަޅާ ނުބައި މިނާގޮތއ ދަސްކުރަން.
ހިމާރުލްގައުމު
16 December 2024
މޮސާޑުގެ އެޖެންޓު. ހަމަ ގަސްވެރިޔާ ލައްވާ ގަސްތައް ކަނޑާ ހުސް މިކުރަނީ ހުޅަނގުން. ކީއްކުރާނީ "މުސްލިމުން" ޢާފިލު ކަމުގެ ނިދީގަ ނިދާފަ.