ތައިލޭންޑުގައި ހުންނަވާ ދިވެހި ސަފީރުކަމަށް ފުއާދު ތައުފީގް އައްޔަން ކުރައްވައި، ފަތްކޮޅު ހަވާލުކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް
16 ޑިސެމްބަރ 2024 - 13:00
ތައިލެންޑުގައި ހުންނަވާ ދިވެހި ސަފީރަކަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގް މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި، ފުއާދަށް މަގާމުގެ ފަތްކޮޅު ހަވާލުކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ތައިލެންޑުގައި ހުންނަވާ ދިވެހި ސަފީރަކަށް، ފުއާދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ.
މިދިޔަ މަހުގެ 23 ގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުގެ ދައުރު ހަމަވި ފުއާދު، ސަފީރު ކަމަށް އައްޔަން ކުރަން މަޖިލީހަށް ފޮނުވާފައިވަނީ އެ މަހުގެ 25 ވަނަ ދުވަހު އެވެ.
ފުއާދު އިލެކްޝަންސް ކޮމިޝަނުން ވަކިވެވަޑައިގަތީ ކޮމިޝަންގައި ދެ ދައުރު ފުރިހަމަވުމުންނެވެ. ގާނޫނުގައި ވާ ގޮތުން މެންބަރަކަށް އަދާކުރެވޭނީ އެންމެ ގިނަވެގެން ދެ ދައުރެވެ. ފުއާދު، ދެ ވަނަ ދައުރަކަށް އެ މަގާމަށް އައްޔަން ކުރެއްވީ ނޮވެމްބަރު 2019 ގަ އެވެ.
ތައިލޭންޑުގައި ހުންނަވާ ދިވެހި ސަފީރުކަމަށް ފުއާދު ތައުފީގް އައްޔަން ކުރައްވައި، ފަތްކޮޅު ހަވާލުކުރައްވަނީ --- ފޮޓޯ:ރައީސް އޮފީސް
އިންތިހާބުތަކާ ގުޅޭ ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ފުއާދު ވަނީ 1978 ވަނަ އަހަރުން ފެށިގެން އެކި އިންތިހާބުތަކުގައި މަސައްކަތް ކުރައްވައިފަ އެވެ.
އާ ގާނޫނުއަސާސީއާ އެކު، އީސީ އުފެދި އޭނާ އެންމެ ފުރަތަމަ އަދާކުރެއްވީ އިންތިގާލީ ކޮމިޝަންގެ މެންބަރު ކަމެވެ. އޭގެ ފަހުން އެ ކޮމިޝަންގެ ރައީސްކަން ކުރެއްވި އެވެ. ކޮމިޝަަނަކަށް ބަދަލުވުމަށް ފަހު، ނޮވެމްބަރު 2009 އިން މާޗު 2014 އާ ހަމައަށް ފުއާދު އެ ކޮމިޝަންގެ ރައީސްކަން ކުރެއްވި އެވެ.
އޭގެ ފަހުން ދެ ވަނަ ދައުރަކަށް އަލުން އީސީގެ މެންބަރުކަމަށް ވަޑައިގެން ކޮމިޝަންގެ ރައީސްކަމާ ހަވާލުވެވަޑައިގަތީ ސެޕްޓެމްބަރު 2021 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަދަ
17 December 2024
ފުއާދަކީ ގައުމުން ވަރަށް މަދު ވައްތަރެއްގެ ބޭފުޅެއް. ވަރަށް އިހްލާސްތެރި ހީވާގި އަމާނާތްތެރި ތެދުވެރި ހިދުމަތްތެރި ބޭފުޅެއް.އަޅުގަނޑަކަށް ނުފެނޭ މިހުރިހާ ސިފަތަކެއް އެއްކޮށް ލިބިފަހުރި ބޭފުޅެއް މިނޫނިއްޏާ.
ޑރ ވާންޗޯ
17 December 2024
ބައެއްމީހުން ބޮޑުމުސާރައިގަތިބެ ރިޓަޔަރ ކުރުމަށްފަހު އެޑްމިޓްވެސް މިކުރަނީ ކުރިޔަށްވުރެ ބޮޑުމުސާރައިގަވިއްޔަ!!!!.
ފުޢާދު
16 December 2024
ފުއާދު ދެމިގަތީ ދޯ....؟
ޙސނ
16 December 2024
ޢަބަދުވެސް އެކަހަލަ މަގާމެއްގަ ބަހައްޓަން ޖެހޭ. ޢާ ކުއްޖަކަށް ތިފުރުޞަތުތައް ދިނުން މަނާތަ؟ 10 ބުރިއަށް ގެ ކުެްޔަށްދީގެން އަދިވެސް ސަރުކާރަށް އުމުރު އެްކޮށް ބަލަދު އަރާފަ. ޙަމަ ތިމަގާމުތައް ފުރަން ފުއާދު އާ ހަބީބު ނޫން މީހަކަށް މަނާ ތަ؟
ވަހީދުބެ
16 December 2024
ފުއާދު ތައުފީޤަކީ ގައުމަށް ވަފާތެރި ރައްޔިތުންނަށް އިޚްލާސްތެރި އަމާނާތްތެރި ދިވެހި ދަރިއެއް... އިލެކްޝަން ކޮމިޝަނުގެ ރައީސަކަށް ހުރި އިރުވެސް ފެނިގެން ދިޔައީ ހަމަހަމަ ކަން އިސްކުރިތަން.
ހަސަންދީީ
16 December 2024
މިވެސް ބަލަދުއަރާ މީހެއްތަ؟
ރާޒިން
16 December 2024
މިކަމަށް ހަމަ ގާބިލް
ނަނަސް
16 December 2024
އިނާމު