ތައިލެންޑަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އިމާރާތްތައް ވެއްޓިފައި.
28 މާޗް 2025 - 16:18
ބިންހެލުމުގެ ތަޖުރިބާ އަކީ، ތައިލެންޑުގައި ހުންނަވާ ދިވެހި ސަފީރު ފުއާދު ތައުފީގަށް އާ ކަމެއް ނޫނެވެ. އާންމުކޮށް ބިންހެލުން އަންނަ ޖަޕާނުގައި ދިރިއުޅުއްވި ދުވަސްވަރު ބިންހެލުމުގެ އިހުސާސް ނުކުރެއްވޭ ދުވަސްވަރެއް އޭނާ އަށް ވަރަށް މަދެވެ. އެކަމަކު، ތައިލެންޑުގެ ވެރިރަށް ބެންކޮކަށް މިއަދު މެންދުރު އައި ބާރުގަދަ ބިންހެލުމުގެ ބާރު، ޖަޕާނުގައި އެ ކުރެއްވުނު ތަޖުރިބާތަކަށް ބަލާއިރު މާ ވަރުގަދަ ކަމަށް ފުއާދު ވިދާޅުވި އެވެ.
"އަޅުގަނޑު ޖަޕާނުގައި އުޅުނުއިރު ބިންހެލުން ފުދޭވަރަކަށް ތަޖުރިބާ ކުރެވުނު. އެކަމަކު މި ވަރުގެ ކަމެއް ނުދެކެން،" ބެންކޮކަށް މިއަދުގެ މެންދުރު 12:30 ގައި އައި ބިންހެލުމުގެ ބާރުމިން ކިޔައި ދެއްވަމުން ފުއާދު ވިދާޅުވި އެވެ.
ބިންހެލުން އައީ ތައިލެންޑުގައި ހުންނަ އެމްބަސީގެ މަސައްކަތުގައި އޭނާ އުޅުއްވަނިކޮށެވެ. އެއީ ރާއްޖޭގެ ގަޑިން ހެނދުނު 10:30 އެވެ.
ފުއާދު ވިދާޅުވި ގޮތުން ނަމަ އިމާރާތުގެ 11 ވަނަ ބުރީގައި ހުރި އޮފީހުގައި އޭނާ ހުންނެވިއިރު ހީވީ "ދޯންޏަކުން އޮއިގަނޑެއްގައި" ޖެހިގެން އުޅޭ ހެންނެވެ.
"އަޅުގަނޑަށް ކޮއްޅަށް ވެސް ނުހުރެވުނު،" 7.7 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމާ ގުޅޭ ގޮތުން ފުއާދު ވިދާޅުވި އެވެ.
ތައިލެންޑުގައި ހުންނަވާ ރާއްޖޭގެ ސަފީރު ފުއާދު: މިއަދުގެ ބިންހެލުމަކީ ބިރުވެރި ތަޖުރިބާއެއް ކަމަށް ވިދާޅުވި. -- ފޮޓޯ: މިހާރު
ބިންހެލުން އައުމާ އެކު، ރާއްޖޭގެ އެމްބަސީން ވެސް ވަގުތުން މީހުން ހުސްކުރި އެވެ. ލިފްޓުތައް ބަންދުކުރުމާ އެކު އެންމެން ތިރިއަށް ފޭބީ ސިޑިންނެވެ. އެމްބަސީ ހުންނަ އިމާރާތުގައި ރެނދުލުން ފިޔަވައި މާ ބޮޑު ކަމެއް ނުވެ އެވެ.
"އެކަމަކު ޑެޕިއުޓީ އެމްބެސެޑަރު ހުންނަވާ ގެއަށް ވަރަށް ބޮޑަށް ގެއްލުން ލިބުނު ކަމަށް އެނގިފައިވޭ. އެ ގޭގައި ބަޔަކަށް ނޫޅެވޭ ވަރަށް ހަލާކުވި،" ފުއާދު ވިދާޅުވި އެވެ.
ފުއާދު ވިދާޅުވިގޮތުގައި، މި ބިންހެލުމާ ގުޅިގެން އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުލިބެ އެވެ. ހުރިހާ ދިވެހިންގެ ހާލު ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.
ބެންކޮކަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ބިންގަނޑު ކަނޑައިގެން ގޮސްފައި.
"އެމްބަސީ ކައިރި ހިސާބުގައި ވަރަށް ގިނަ ދިވެހިން އުޅޭނެ. ޖުމުލަކޮށް ބެންކޮކުގެ ހުރިހާ ހިސާބެއްގައި ވެސް ދިވެހިން އުޅޭ. ﷲ ގެ ރަހުމަތް ވަރަށް ބޮޑު. އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުވޭ. ފުރާނައަކަށް ގެއްލުމެއް ނުވޭ. އެކަމަކު، ވަރަށް ގިނަ އިމާރާތްތަކުގައި ރެނދުލާފައި ހުންނާނެ ކަމަށް މިހާރު މި ބެލެވެނީ،" ފުއާދު ވިދާޅުވި އެވެ.
އެމްބަސީގެ ރެކޯޑުތައް ދައްކާ ގޮތުން ތައިލެންޑުގައި ދިރިއުޅެނީ 150 އެއްހާ ދިވެހިންނެވެ. އެކަމަކު ބޭހަށާއި އެ ނޫން ކަންކަމަށް އޭގެ ދެގުނަ އަށް މީހުން އުޅޭނެ ކަމަށް ސަފީރު ލަފާކުރައްވަ އެވެ.
"އެމްބަސީގައި ރަޖިސްޓަރީ ކޮށްފައި މި ތިބެނީ މިތާނގައި ދިރިއުޅޭ މީހުން އެކަނި. އެ މީހުންނަށް ގުޅައިގެން ހާލަތު ބެލުމުގެ ކަންކަން މިހާރު ވެސް ކުރިއަށް އެބަދޭ،" ފުއާދު ވިދާޅުވި އެވެ.
ބެންކޮކަށް އައި ބާރުގަދަ ބިންހެލުމުގައި އިމާރާތެއްގައި ތާށިވި މީހަކު ނެރެނީ.
ތައިލެންޑުގެ އިތުރުން މިއަންމާ އަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން މިހާރު ވަނީ ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ. ތައިލެންޑުގެ ކަމާ ބެހޭ ފަރާތްތަކުން ބުނާގޮތުގައި، ބެންކޮކްގެ އުތުރުގައި ހަދަމުން ދިޔަ 30 ބުރީގެ އުސް އިމާރާތެއް ވެއްޓުނެވެ. އެ ތަނުގެ ދަށުގައި 43 މީހަކު ތާށިވެފައިވާ ކަމަށް ވަނީ ބެލެވިފައި ވާއިރު މިހާތަނަށް ތިން މީހަކު މަރުވިކަން ވަނީ އެނގިފަ އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ތައިލެންޑާއި މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، އެ ދެ ގައުމުގެ ހާލަތު މޮނިޓަކޮށް، ތައިލެންޑުގައި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމްބަސީ މެދުވެރިކޮށް އަންނަނީ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް ބެލިބެލުމުން އެ ގައުމުގައި ދިރިއުޅޭ ދިވެހިންގެ ހާލު ރަނގަޅުކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ބުންޏެވެ.
މިނިސްޓްރީން ބުނީ، ބިންހެލުމުގައި އެންމެ ގެއްލުން ބޮޑު މިޔަންމާގައި އެއްވެސް ދިވެއްސަކު މިވަގުތު ހުރިތޯބެލުމަށް ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮގުނަހަދާ
28 March 2025
ލިފްޓަށް އެރިއިރުގަ އަެތި ހީވަނީ އެލުވާފަ ހުރި ރަނގަބީލެއްހެން. ފާޑްފާޑްގެ އަޑުވެސް އެހާވަދަ. ﷲ އަކްބަރު ކިޔަނުން ގޮސް ބިމަށް ފޭބުނު އިރަށް ކުދިން އަތުގަ ހުފައިގެން ދުވެފަ ގޮސްމަގުގަ އިށީދެލައިގެނަތިބީ ހަވީރު 6 ޖަހަންދެން. މައްޗަށް ދާން ހުއްދަލިބިގެބް ގޮސް ކޮޓަރި ހުޅުވާފަ ބެލިއިރު ހުރިހާފާރެއްގަ ރެނދުލާފަ ހުރީ. ބިރުން އަވަހަށް ޕެކޮކޮށްލައިގެން އައިސް ބައެއްގެ ގޭގަ މިރޭމިތިބީ. kobaa ހާލު ބެލިފަ އެމްބަސިން؟
ސުހާނާ
28 March 2025
ސަފީރު ވިދާޅުވެފައި އެއޮތީ އެމްބަަސީގައި ރަޖިސްޓަރީކޮށްފައި ތިބި މީހުންގެ ހާލު ބެލުމުގެ ކަންތައް މިހާރުވެސް ކުރިޔަށް އެބަ ގެންދެޔޭ.
ދޮގުނަހަދާ
28 March 2025
ރެޖިސްޓްރީ ކޮށްފަވާނީ. ވައިބާ ގުރޫޕުންތަ ހާލުބަލަނީ؟ ސުހާނާމެން ގިނަވަގުތުތިބެނީގޭގަ. ޢެވެސް 3.59 ވާއިރުގޭގަ ނޫނީ 2.30 ގަ. ހަމްދޫނަށް ފޮނުވާނަަން މިރޭ
ދޮގުނަހަދާ
28 March 2025
މިފުރުސަތުގެ ބޭނުންކޮށްގެން ސަފީރު ޕްރޮމޯޓްކޮށްފަ މިއޮތީ. މިހާރު ދައްކަންވީ ސަފީރުފެ ތަޖުރިބާގެ ވާހަކައެއްނޫން. ކިތައްދިވެހިންގެ ހާލުބަލާ އެހީވެދިންތޯ ބަލާބަލަ. އަޅުގަނޑު އުޅެނީ 31 ވަނަ ބުރީގަ. ޙީވީ ވައިގަދަ ދުވަހެއްގަ ދިވެހި ރުކަކަށް އަރާއިންހެން. 3 ދަރިންގައިގަ ބައްދައިގެން ސަލާމަތްވާނެ ކަމުގެ އުންމީދު ކަނޑާލާފަ އިނދެފަ ހިތައްއެރީ އަދި މިހެން ކަމަކުނުދާނޭ. ޅިފްޓަށް އަރައިގެން 1 ވަނަ ފްލޯއަށްދާންވީއޭ
ވަނޫދު
28 March 2025
މިތާ ކޮމެންޓް ކޮށްފަ ތިބި މީހުންގެ ޖާހިލުކަމާއެވެ. މީހަކަށް ބިރެއް އިހުސާސުވީމާވެސް އެއޮތް ކިޔާހާ އެއްޗެހި. ފުވާދު ސަލާމަތުން ލެހެއްޓެވީތީވެ ހަމްދުކުރަން.
ބިއްލެ
28 March 2025
އެމްބަސީއެއްގައި ހުންނާނެ މަޤާމްތައް. 1.އެމްބެސެޑަރ 2.ޑެޕިއުޓީ(ޑީސީއެމް) 3.ޕޮލިޓިކަލް އޮފިސަރުން. 4.އިކޮނޮމިކް އޮފިސަރުން. 5.ކޮންޒިއުލަރ އޮފިސަރުން. 6.ޕަބްލިކް ޑިޕްލޮމެސީ އޮފިސަރުން. 7.މިލިޓަރީ އެޓަޗޭ. އަދި މީގެއިތުރުން އެޗްއާރް،ފައިނޭންސް،ޖެނެރަލްއޮފިސަރުން. މިއިން ކޮންމެމުވައްޒަފަކަށްވެސްމުސާރަދޭނީ ޑޮލަރުން. ލިވިން އެލަވަންސާއި،މެޑިކަލް،އަދިކޮއްތުދައުލަތުންހަމަޖައްސާދޭނެ.މިމަޤާމްތަކުގައިތިބިމީހުންގެއަދަދާއި ކޮލިފިކޭޝަންމައުލޫމާތުހޯދާލަންފެނޭ.
ކަލް ހޯ ހަ ނޯ
29 March 2025
ޔާރައްބީ... އެއައި ބިންހެލުމުގެ ބިރުވެރިކަމަށްވުރެ ވަކި ކުޑަޔެއް ނޫން ތިޔަ ވާހަކަޔެއްވެސް...
ބިއްލެ
28 March 2025
ބައެއް ޑެޕިއުޓީންނަށް ހަމައަށް އިނގިރޭސިވެސް ނޭނގޭކަމަށް އެގައުމުގެ ރައްޔިތުން ކިޔާ މަލާމާތްކުރޭ.
އ
28 March 2025
ތައިލެންޑުގައި ވަރައް އޮއިގަނޑުގަ ޖެހޭނެ... ސަލާމަތްތިވެވުނީ ސަފީރުގެ ތަޖުރިބާގެ އަލީގައޭވެސް ދެންނެވިދާނެ...
ޑަކްޓަރު
28 March 2025
ވާހަކަ ދައްކައި އަދި ލިޔެހަދާއިރު “ފުދޭވަރަކަށް” މި ލަފްޒު ނަހަމައިން ބޭނުންކުރުން ގިނަވެެއްޖެ. “ފުދޭވަރަކަށް” އަނިޔާއެއްނުވާނެ. ތަދެއް ނުވާނެ، ބޮނޑިއެއް ނުބޯނެ އަދި އެހެންމެ، ފުދޭވަރަކަށް ބިންހެލުމެއްވެސް ނާންނާނެ. ކީކޭބުނަނީ މިއާމެދު؟
ފަހި
28 March 2025
ނަސީބެއްނު ތި އޮއިގަނޑުން ސަލާމަތްވާން ދޮންކުއްޖެއްގެ އެހީ ނުހޯދިކަން
ވިސްނާށޭ
28 March 2025
ބިން ހެލުންފަދަ ނުރައްކާތެރި ގުދުރަސީ ކާރިސާ ތަކުން ރައްޔިތުން ސަލާމަތް ކުރަން ޖެހޭނެއޭ މިހާ ގިނަ އަދަދަށް ޓެކްސް ނަގާ ސަރުކާރެއް އޮންނަ ގައުމަކުން އެގޮތުން ބަލާއިރު ރާއްޖެތެރޭގެ އާބާދީގައި 35 ހާސް ހަމަނުވާ މީހުން ދިރިއުޅޭ ރަށްތަކުގެ އެންމެން ރަސްމާލެ އަށް ބަދަލު ކުރުމަށް ޓަކައި އެރަށްތަކަށް ސަރުކާރުގެ ބަޖެޓުން ކުރަން ނިންމާފައިވާ ޚަރަދުތައް މަޑުކޮށްލާ އެފައިސާއިން ރަސްމާލެ ހިއްކާށޭ ރަސްމާލެ ހިއްކަން ޖެހޭ ބައިގެ %5 ވެސް އަދި ނުނިމޭ މާބޮޑަށް ލަހޭ
ކާރގޯ
28 March 2025
ފުއާފުބޭ ވީ މިސްޑް ޔޫ