ާމާލޭގެ މަގެއްމަތީ މީހަކު ފައިސާތަކެއް ގުނަނީ: ހެއްކެއް ހާޒިރުނުކޮށް އޮތުމުން މަސްތުވާތަކެތީގެ ބޮޑު ހުކުމެއް ހައި ކޯޓުން ވަނީ ބާތިލްކޮށްފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
17 ޑިސެމްބަރ 2024 - 11:29
ދަށު ކޯޓުގައި ޝަރީއަތް ހިންގިއިރު ކޮންމެހެން ހާޒިރު ކުރަންޖެހޭ ހެއްކެއް ހާޒިރު ނުކުރަން ނިންމާފައި ވަނީ ގޯސްކޮށް ކަމަށް ކަނޑައަޅައި، މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރު ދުވަހަށް ޖަލަށްލާން ކޮށްފައިވާ ހުކުމެއް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އަންގައިފި އެވެ.
މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ކަމުގެ ކުށް ސާބިތުވެ އުމުރު ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި އޮތީ ގއ. ވިލިނގިލީ، ތިންމާ، އަހުމަދު ޝާފިއުގެ މައްޗަށެވެ. ސްރީ ލަންކާ އިން ރާއްޖެ އައުމަށް ފަހު، އޭނާ މާލެ ފޭބި ވަގުތު ޝައްކު ކުރެވޭތީ ފުލުހުންގެ ބެލުމުގެ ދަށުގައި ޖަލުގައި ހުއްޓާ ދެ ދުވަހެއްގެ މަތިން ބޮޑުކަމުދިޔަ ތަކެތިން 76 ގްރާމްގެ ޑައިމޯފިން ވަނީ ފެނިފަ އެވެ.
ދައުވާ އަށް އިންކާރުކޮށް، ޝާފިއު ބުނެފައިވަނީ އެއީ އޭނާގެ ތަކެތި ނޫން ކަމަށާއި އެ ތަކެއްޗާ އޭނާ ހަވާލުވީ މަޖުބޫރީ ހާލަތެއްގައި ކަމަށެވެ. ފުލުހުން އެ ތަކެތި ހޯދީ އޭނާ އަށް ބިރު ދައްކައި ނުފޫޒު ފޯރުވައި، ބިރުދައްކައިގެން ކަމަށް ކޯޓުގައި އޭނާ ބުނެފައި ވެ އެވެ. ނަމަވެސް، ކްރިމިނަލް ކޯޓުން ވަނީ ހެކިތަކުގެ މައްޗަށް ބަލާއިރު، ޝާފިއުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އަދި 100،000ރ. އިން ޖޫރިމަނާ ވެސް ކުރި އެވެ.
ކްރިމިނަލް ކޯޓުގެ އެ ހުކުމް ޝާފިއުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އިއްޔެ އިއްވި ހުކުމްގައި ބުނީ، މި މައްސަލާގައި ހިމެނޭ މަސްތުވާތަކެތީގެ ރިޕޯޓް ތައްޔާރުކުރި ފަރާތުގެ އަތަށް މަސްތުވާތަކެތި ލިބުނު ގޮތް ކަށަވަރު ކުރެވޭނީ އެ ތަހުލީލު ކުރި ފަރާތް ޝަރީއަތަށް ހާޒިރު ކޮށްގެން ކަމަށެވެ. ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަނުގައި ވެސް ކަނޑައަޅާފައި ވަނީ އެ ގޮތަށެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައިވާ ގޮތުން މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓްގެ ސައް ހަކަމާ މެދު ޝާފިއުގެ ފަރާތުން ސުވާލު އުފައްދާފައި ނުވެ އެވެ. ނަމަވެސް، އެއީ ތަހުލީލު ކުރި ފުލުހުންގެ އޮފިސަރު ހެކިވެރިއެއްގެ ގޮތުގައި ހާޒިރު ނުކުރަން ޝަރީއަތުން ނިންމި ރަނގަޅު ނިންމުމެއް ނޫން ކަމަށާއި އެ ނިންމުން ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ރަނގަޅު އަސާސްތަކެއްގެ މައްޗަށް ނޫން ކަމަށް ހައި ކޯޓުން ބުންޏެވެ.
އެހެންކަމުން މަސްތުވާތަކެތި ތަހުލީލު ކުރި ފުލުސް މީހާ ހާޒިރުކޮށް، ރިޕޯޓް ކަށަވަރުކޮށް މައްސަލަ އަލުން ބެލުމަށްޓަކައި ދަށު ކޯޓަށް އަލުން ފޮނުވަން ޖެހޭ ކަމަށް ހައި ކޯޓުން ނިންމި އެވެ. މި ހުކުމް އިއްވާފައި ވަނީ މައްސަލަ ބެއްލެވި ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީބެ
18 December 2024
ރޯމާދުވާލު ހިންގާ ޖަރީމާ. މިވިޔަފާރި ކޯޓުތަކާ ފުލުހާ ހުރިހާ ވުޒާރާއަކަށް ވަދެނިމިއްޖެ. ރައީސް ބޮޑުމެޖޯރިޓީ އުނގައްލައިގެން އަމިއްލަ ދަތުރު ކުރައްވަނީ. ކެމްޕޭނުގަ ސިންގާއަކަށް ވިޔަސް ހުވާކުރުމުން މިފެންނަނީ ހިކަންޖެއް.
ކޯޓު
18 December 2024
ކްރިމިނަލް ކޯޓުގެ ހުކުމް ގޯސްވީމަ ބާތިލް ކުރީ. އެހެންވީމަ ގޯސްކޮން ހުކުމް ކުރި ގާޒީ އަށްވެސް ފިޔަވަޅު އަޅަންވާނެ ދޯ؟
ޏަނާ
17 December 2024
ދެން އެ ތަހްލީލުކުރި މީހާ ނެތް ދުނިޔެއެއްގައި ތިޔަ ތަހްލީލް ރިޕޯޓް ވާނީ ބާޠިލް އެއްޗަކަށްތޯ ތިޔަ ވިދާޅުވަނީ؟
ޙަސަންމަނިކު
17 December 2024
ސުވާލު ނުއުފައްދަންޏާ ނުޖެހޭ ހާޒިރުކުރާކަށް. ރިޕޯޓް ހަދާފަ އޮތީ އެކަން ކުރެވޭ ކޯޓުން ބަލައިގަންނަ ތަނަކުން. މީހަމަ ގަސްތުގަ އޭނާ ދޫކޮށްލުމަށް ކޮށްފައި އޮތް ކަމެއް.
ޢަސްކަނި
17 December 2024
ރުހުމުގެ ލޮލަކަށް އަބެއް ނުފެންނާނެ ނުރުހުމުގެ ލޮލަށް އަބަދުވެސް އާއިބުފެންނާނި، ތިއީ ފުލުހުންގެ މަސްސަލެއެއްނޫން !!! ވަރަށް ސަލާން
ކޮރަލް
17 December 2024
ތިލަ ފުށީގަ އެބަ އުޅޭ ބާ ދަގަނޑު ބޭރު ކުރާ ސަތިޝް ކިޔާ މީހަކު އޭނަ އެކުވެރީން ގޭންގް ޒުވާނުން އެއީ ދެން ލަކުޑި ބޯޓް އަންނަ އިރު ސާމާނު އަންނާނެ އެވެ. މިކަން ހިނގާތާ އެތައް އަހަރެއް ވެއްޖެ އެވެ. ކުރީގަ އެއީ ސިމެންތި ޖަހާ މޭސަނެކެވެ. މިހާރު ބޮޑު ވިޔަފާރި ވެރި އެކެވެ.
ދެއުޅި
17 December 2024
ބޮޑުކަމުދިޔަ ތަކެތިން ފެނުނީ ހަގީގަތުގައިވެސް (76 ގްރާމްގެ) ޑައިމޯފިންތޯ ޔަގީން ކުރަންޖެހެއެވެ. އެކަން ޔަގީން ކުރެވޭނީ ތަހުލީލު ކުރި ފުލުހުން ހާޟިރުކޮށްގެނެވެ. ސުވާލަކީ ރިޕޯޓްގެ ސައް ހަކަމާ މެދު ޝާފިއުގެ ފަރާތުން ސުވާލު އުފައްދާފައި ނުވާނަމަ އެއީ ސައްހަ ރިޕޯޓެއްކަމަށް ފަޑިޔާރަށް ކަނޑައެޅޭނެހޭ. އެއީ އޭނާގެ ތަކެތި ނޫން ކަމަށާއި އެ ތަކެއްޗާ އޭނާ ހަވާލުވީ މަޖުބޫރީ ހާލަތެއްގައި ކަން ސާބިތު ކޮށްދިނުމަކީ އޭނާގެ ކަމެކެވެ. ސުވާލަކީ އޭނާ އެކަން ކުރިހޭ.
ލާމަސީލު
17 December 2024
އޭނާ އުފެދުމުގައި ހަށިގަނޑުގެ އެތެރޭގަ ހުރި ތަކެތި އެއީ. މީގަ އެހެންވީމާ އެތަކެތި އަމިއްލަޔަށް އޭނާގެ ހަށިގަނޑުގައި އުފެދުނީތީވެ ކުއްވެރިވާން ޖެހޭނީ އެތަކެތި.
ްް555
17 December 2024
ކަރެކްޝަން: ކުށްވެރިވާނީ އެ ހޯދި ފުލުހުން
އެޑްމުންޑޯ
17 December 2024
މަސްތުވާތަކެތީގެ ބޮޑެއްވިއްޔާ ކޮންމެވެސް އެއްޗެއް މަދުވެ ސަލާމަތްވާނެ ، އެއީ އެއްވެސް ޝައްކެތްނެތްކަމެއް .
ޖޫރީ
17 December 2024
އަދި ނުވޭ ސަލާމަތެއް
މުލޭ
17 December 2024
އޭނާގެ ފޫކޮޅުން ބޭރުވިއެއްޗެއް އޭނާގެ މައްޗަަށް ސާބިތުނުވާ ވަރުގެ ކަމެއް ތިކަމުގައި ހިނގާފައިނުވޭ. ފަނޑިޔާރުންގެ މައްސަލަ ފާހަގަކުރެވޭ. ޖޭއެސްސީއިން މިމީހުންގެ މައްސަލަ ބަލަން އެބަޖެހޭ.