ޕީއެސްއެމްގެ ބައެއް އިސްވެރިންނާ އެކު ސައީދު (މ): އެ ކުންފުނީގެ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވީ ސިއްހީ ކަމަކާ ގުޅިގެން ގިނައިން ރާއްޖެ އިން ބޭރުގައި އުޅުއްވަން ޖެހޭތީ ކަމަށް ވިދާޅުވި.
18 ޑިސެމްބަރ 2024 - 09:50
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވީ ސިޔާސީ ޕްރެޝަރަކާ ހެދި ނޫން ކަމަށާއި އެފަދަ ޕްރެޝަރެއް މިހާތަނަށް ނެތް ކަމަށް އެ މަގާމު އެންމެ ފަހުން ފުރުއްވި މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މަގާމާ ހަވާލުވެވަޑައިގެންނެވިތާ ހަތަރު މަހެއްހާ ދުވަސް ތެރޭގައި އިއްޔެ އިސްތިއުފާ ދެއްވީ ސަރުކާރުގެ ފިއްތުންތަކާ ހެދި ކަމަށް ދެއްކެވޭ ވާހަކަތަކާ ގުޅޭ ގޮތުން ސައީދު "މިހާރު" އަށް ވިދާޅުވިގޮތުގައި އެއީ ކަނޑައެޅިގެން ދޮގެކެވެ.
މި އަހަރުގެ އޮގަސްޓް 25 ގައި ޕީއެސްއެމްގެ އެމްޑީކަމަށް އައްޔަން ކުރެއްވި ސައީދު ތަކުރާރުކޮށް ވިދާޅުވީ، އޭނާގެ އިސްތިއުފާގެ ފަހަތުގައި އޮތީ ސިއްހީ ސަބަބުތަކެއް ކަމަށެވެ.
"އަޅުގަނޑު ކުރިއަށް އޮތް ތަނުގައި ވަރަށް ގިނަގިނައިން ރާއްޖެއިން ބޭރުގައި އުޅެން ޖެހޭނެ. ބޭރަށް ދަތުރު ކުރަން ޖެހޭނެ. އެއީ މިވަގުތު ސިއްހީ ހާލަތު ހުރި ގޮތުން ކުރަން ޖެހޭ ކަމެއް. އެހެންވެ، މަގާމުގައި ފުރަމުން އެ ގޮތަށް އުޅެވޭކަށް ނެތީ،" ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ސައީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޕީއެސްއެމްގެ އެމްޑީގެ މަގާމުގައި ދެމިހުންނެވުމުގައި މިހާތަނަށް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެހީތެރިކަމާއި އެއްބާރުލުން ލިބިވަޑައިގެންނެވި ކަމަށެވެ.
"ސިޔާސީ ގޮތުން އެއްވެސް މައްސަލައެއް ނެތް،" ސައީދު ވިދާޅުވި އެވެ.
ޕީއެސްއެމްގެ އެމްޑީއަކަށް ސައީދު އައްޔަން ކުރެއްވީ ކުރިން އެ މަގާމު ފުރުއްވި ޒީނާ ޒާހިރު އިސްތިއުފާ ދެއްވުމުންނެވެ. އިސްތިއުފާ ދެއްވި ސަބަބެއް މިހާތަނަށް ވެސް ޒީނާ ވިދާޅެއް ނުވެ އެވެ.
ސައީދަކީ އޭޕްރީލް 2019 އާ ހަމައަށް އެޑިއުކޭޝަން މިނިސްޓްރީގައި ތިއްބެވި އެންމެ ދުވަސްވީ މުވައްޒަފުންގެ ތެރެއިން އެކެކެވެ. އޭނާ އެންމެ ފަހުން ހުންނެވީ އެ މިނިސްޓްރީގެ ސިވިލް ސާވިސްގެ އެންމެ އިސްވެރިޔާ ނުވަތަ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގަ އެވެ. ސައީދު އެ މަގާމަށް އައްޔަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނޮވެމްބަރު 9، 2017 އިގަ އެވެ. އެކަމަކު ޖެނުއަރީ 2019 އިން ފެށިގެން އެ އަހަރުގެ އޭޕްރީލް މަހާ ހަމައަށް ސައީދު ހުރީ އެ މަގާމުން ސަސްޕެންޑުކޮށްގަ އެވެ. އޭނާ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުން ވަކިކުރީ އޭޕްރީލް 2019 ގަ އެވެ.
ސިވިލް ސާވިސް ކޮމިޝަނުން ސައީދާ މެދު އޭރު ފިޔަވަޅު އެޅީ 2018 ގެ ރިޔާސީ އިންތިޚާބާ ދިމާކޮށް އެޑިއުކޭޝަން މިނިސްޓްރީގެ ސިވިލް ސާވިސް މުވައްޒަފުންނާ ދޭތެރޭ، ގާނޫނާއި ގަވައިދާ ހިލާފަށް އަމަލުކުރި ކަމަށް ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަހުލޫލް އެންޑް ބަހްލޫލް
19 December 2024
ސަޢީދު އަމިއްލަ ނަފްސަށްތޯ ތިޔަ އޮޅުވާލަނީ؟ ނޫނީ ޙަޤީޤަތް ހާމަ ކޮށްފިއްޔާ މި ޤައުމުގަ ނޫޅެވޭނެތީ އެކަމާ ޖެހިލުންވަނީ ތޯ؟
ރިޔާޒް
18 December 2024
ކަނޑައެޅިގެން ދޮގެއް. ސައިދު ހަލާކުކޮށްލި ޕީއެސްއެމް އެވްއޯޑީންގެ ތެރެއިން ސައީދާ އެންމެގާތްކޮށް އުޅުނު ވަރަށް މަޑުމައިތި އެޗްއޯޑީން. ދެން އެމްޑީއަކު ޕީއެސްއެމް ބޭރުން ލިޔަސް މިލަނޑުދޭނެ. ޕީއެސްތެރޭ އެބަތިބި އެމްޑީކަން ބޭނުންވާ މީހުން އެމީހުން މިހާރުވެސް ތިބީ އެކަމަށް ފައިނަގަ އެމީހުންގެ ްިއެމްްިއަށް ގެންނާނެ މީހުންވެސް ކަނޑައަޅައިގެން މިނިސްޓަރު ހީލު އަރިހުން ލޮބިކުރުމުގަ
އިކުރާމު
18 December 2024
އެއްގޮތަކަށްވެސް ސިޔާސީ ޕްރެޝަރ އެެއްނޫން. ރައީސަށް ސަނާ ކިޔާ ޕީއެންސީގެ މޮޅު ވާހަކަ ނޫން އެއްޗެއް ނުގެންނާންވެސް ހަމަ ނާންގާ. ސަރުކާރަށް އަހަރު ފުރިގެން ކޮންމެ ރެޔަކު ލައިވް ޝޯވ ހަދަންވެސް ނާންގާ. ސްކީލާން ނޮމިނޭޓްވި ތަންކޮޅު ދެއްކިގެން މުވައްޒަފަކު ކަނޑަންވެސް ނާންގާ. އިހަށްރޭ ރާއްޖެމިއަދުގަ ސަރުކާރަށް ފާޑުކީމަ ވަގުތުން ޕްރޮގްރާމް ހުއްޓާލަން އެންގުމާވެސް މިކަމާ އެއްވެސް ގުޅުމެއް ނެތް!
ބަގަތު
18 December 2024
ޕްރެޝަރު އައިވަރުން ބަލިވެ ބޭސް ކުރަން ޖެހުނީ ކަމަށްވެސް ވެދާނެ. ވަކިވަރަކަށްތާ ކެތްވާނީ. އަވަސް ޝިފާއަކަށް އެދެން ސައީދުބޭބެ
ދަންނަވަންނޭނގޭ
18 December 2024
އެނގެނީ ޓީވީއަކީ ޕަބްލިކް ބްރޯޑް ކާސްޓަރެއް ނޫންކަން. ފަށަމާ، ހެނދުނުހެނދުނާ، އިރާކޮޅު، މެންދުރު، މެންދުރުފަސް، ހަވީރު، ކުޑަކުދިންގެގަޑި، ހޭޔަންބޯ، މިހެންގޮސް ކިތަންމެ ނަމެއް ކިޔަސް ފެންނާނީ ކުޅިވަރާއި، މަޖާކުރުމާއި، ލަވައާއި، ފިލްމު. ތަފާތުވާނީ ކިޔާ ނަން. ޤައުމަށް އެންމެ ބޮޑު ނަފާ ލިބޭ ޓޫރިޒަމް، މަސްވެރިން، މަސައްކަތްތެރިކަން، އުފެއްދުންތެރިކަމުގެ ވާހަކައެއް، ގާނޫނާއި ގަވާއިދަށް އާންމު ހޭލުންތެރިކުރުން އަޚުލާޤު ކިޔައިދިނުމެއް ނޯންނާނެ.
އިހްސާސް
18 December 2024
ހާދަހީވެޔޭ ކައިރީގަ ތިއިން ވެލިދޫ ޔާމީނުގެ ދުއްޕާނާ ކުރިމަތިވީހެން.
ރަދީފްއޮފިޝަލް
18 December 2024
ސައީދު އެއީ ވަރަށް ރަނގަޅު ބޭފުޅެއް.
އަހްމަދުު
18 December 2024
ކޮންތާކު - ހަމަ ޕަޕެޓެއް
ވާނުވާ....
18 December 2024
ޔާﷲ ދެމީހެއްގެ މުސީބާތުން ޕީއެސްއެމްގެ މުއައްޒިފުން ސަލާމަތް ކުރައްވާށި މި ހިނގާ ކޮންމެކަމެއްގަ އެތަނުގެ މުއަށްޒިފުންނަށް އެތައްގެއްލުމެއް ލިބޭނެކަން ޔަގީން
ނިޔާޒ
18 December 2024
ސައީދަށް މަޖުބޫރުވަނީ އަން ޕްރޮފެޝަނަލް ސިޔާސީ މީޙުންގެ ޕަޕެޓަކަށް ވެގެން އުޅެން. ކައިރީގައި ކަނާތްފަރާތުގައި އެހެރީވެސް ވެރިކަން ބަދަލުވުމާ ހަމައަށް އެތަނުގައި ހަބަރު ހަދަން އުޅުނު ކުއްޖެއް. ކުއްލިއަކަށް ސަރުކާރު މީހުނާއި ގުޅައިގެން އެހެރީ އެޗްއޯޑީކަން ދީފަ. މިކަހަލަ މީހުން ބުނާގޮތަށް އުޅެންޖެހެނީ.
ކަލީލު އިކުރާމު
18 December 2024
ތި ވާނީ އެއުޅޭ ދެމީހުންނާހެދި ވީކަމެއް ކަމަށް.