މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް370 ގެއްލުނު ހާދިސާއާ ބެހޭ ރިޕޯޓް: ބޯޓު ހޯދުމުގެ މަސައްކަތް އަލުން ކުރަން ސަރުކާރުން ވަނީ އެއްބަސްވެފައި. -- ފޮޓޯ: އޭއެފްޕީ
22 ޑިސެމްބަރ 2024 - 06:06
މީގެ 10 އަހަރު ކުރިން ގެއްލުނު، މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް370 ހޯދުމުގެ މަސައްކަތް އަލުން ފަށަން މެލޭޝިއާއިން އެއްބަސްވެއްޖެ އެވެ.
މެލޭޝިއާގެ ކުއާލަލަމްޕޫރުން ޗައިނާގެ ބެއިޖިންއަށް 239 މީހުންނާ އެކު ދަތުރުކުރި ބޮއިން 777 މަރުކާގެ މަތިންދާބޯޓު ރާޑަރުތަކަށް ގެއްލުނީ މާޗް 8، 2014 ގަ އެވެ. އޭވިއޭޝަން ތާރީހުގައި ވެސް އެންމެ ބޮޑު ސާޗް އޮޕަރޭޝަން މި ބޯޓު ހޯދަން ހިންގި ނަމަވެސް އެކަން ކާމިޔާބެއް ނުވެ އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު އެންތަނީ ލޯކޭ ވިދާޅުވީ މެރިޓައިމް އެކްސްޕްލޮރޭޝަން ފާމް އޯޝަން އިންފިނިޓީ އިން އާ ސާޗް އޮޕަރޭޝަނެއް ހިންގުމަށް މެލޭޝިއާއިން އެއްބަސްވެފައިވާ ކަމަށެވެ. އެ ކުންފުނިން 2018 ވަނަ އަހަރު ވެސް އެ ބޯޓު ހޯދަން މަސައްކަތްތަކެއްކޮށް އެކަން ވަނީ ނާކާމިޔާބުވެފަ އެވެ.
އޯޝަން އިންފިނިޓީ އިން ބޯޓު ހޯދަން އެންމެ ފުރަތަމަ މަސައްކަތްކުރީ އެ ބޯޓު ހޯދަން އޮސްޓްރޭލިއާ އިސްވެ އޮވެ ތިން އަހަރު ވަންދެން ކުރި މަސައްކަތް 2017 ވަނަ އަހަރުގެ ޖެނުއަރީ މަހު މެދުކަނޑާލި ފަހުން 2018 ވަނަ އަހަރު އެވެ.
ލޯކޭ ވިދާޅުވީ އިންޑިއާ ކަނޑުގެ ދެކުނުގެ 15،000 އަކަ ކިލޯމީޓަރު (5،800 އަކަ މޭލު) ގެ އާ ސަރަހައްދެއް އިނގިރޭސިވިލާތާއި އެމެރިކާގައި އޮފީސް ހުންނަ އޯޝަން އިންފިނިޓީ އިން ބަލާނެ ކަމަށެވެ.
"އޯޝަން އިންފިނިޓީން ހުށަހަޅާފައިވާ އާ ސާޗް އޭރިއާ ބިނާވެފައި ވަނީ ތަޖުރިބާކާރުންނާއި ރިސާޗަރުން ހެދި އެންމެ ފަހުގެ މައުލޫމާތާއި ޑޭޓާ އެނަލިސިސްގެ މައްޗަށް،" ލޯކޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުށަހެޅި ޕްރޮޕޯސަލަކީ ގަބޫލުކުރެވޭ ކަންތައްތަކެއް މައްޗަށް އޮތް އަދި އަލުން ބަލަންޖެހޭ ސަބަބުތައް ހުރި ކަމަށް ގަބޫލުކުރެވޭ ހުށަހެޅުމެއް ކަމަށެވެ.
މި ހުށަހެޅުމުގެ ދަށުން ހަދާ އެއްބަސްވުމުގައި ސޮއިކުރެވުނުހާ އަވަހަރަށް، ބޯޓު ހޯދުމުގެ މަސައްކަތް ފަށާނެ ކަމަށް ވަނީ ބުނެފަ އެވެ.
އެ ކުންފުންޏާ މަސައްކަތް ހަވާލުކުރަނީ 18 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އަދި 70 މިލިއަން ޑޮލަރުގެ ފީއަކަށެވެ. އެކަމަކު ކުރިން ވެސް އެ ކުންފުނިން މަސައްކަތްކުރި ގޮތަށް، މިފަހަރު ވެސް ފައިސާ ދޭނީ ބޯޓު ފެނިއްޖެ ނަމަ އެވެ.
ބޯޓު ހޯދަން އޮސްޓްރޭލިއާ އިން އިސްނަގައިގެން ހިންގި އޮޕަރޭޝަނުގައި އިންޑިއާ ކަނޑުގެ 120،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ބެލި ނަމަވެސް ބޯޓުގެ އެއްވެސް ނިޝާނެއް ނުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ެއެހެންޏާ
24 December 2024
ތިޔަ ބޯޓެއް ނުފެންނާނެ. އެމެރިކާ އެއްނުން ތި ހޯދަން އުޅެނީވެސް. ވ
ޢެމްއެޗް
23 December 2024
ކުޑަ ހުވަދޫ މީހުނަށް ވަރަށް ކައިރިން ތި ބޯޓް ފެނުނު، ދިޔައީ ފޯޅަވައްސާ ދިމާލަށް. ބެލެވެނީ އެމެރިކާ ސިފައިންގެ ބެލުމުގެ ދަޑުގަ އޮންނާނެކަމަށް. ޢެމީހުންގެ ބޭނުމަކީ ބާރަށް ކުރިއަރަމުންދިޔަ އެމްއެޗްގެ އިތުބާރު ގެއްލުވާލުން
ބޯޓު
23 December 2024
ކުޑަހުވަދޫ މީހުން ކައިރީ އަހާބަލަ. ދިޔަތަނެއް އެނގޭތޯ
މިހާލި
22 December 2024
ތިބޯޓެއްނުފެއްނާނެ ދީ
އަލިބެ..
23 December 2024
އެބޯޓު ނުފެނުނަސް 4000 ލައިޓުއިއަރ ދުރުގަ ހުރި ޕްލެނެޓް އުފެދުނުގޮތާއި ވަގުތާއި، 300 މިލިއަން އަހަރު ކުރިން ދުނިޔޭގައި އުޅުނު މީހުން ދެއްކި ވާހަކަވެސް އެގޭ ސައިންޓިސްޓުން ދުނިޔޭގައި އެބަތިބި.