ކައިވެނި ޕާޓީއެއްގެ ތެރެއިން: މިއަދު ޖުމްލަ 52 ކައިވެނި ކުރާ ގޮތަށް ހަމަޖެހިފައި
24 ޑިސެމްބަރ 2024 - 11:07
މިއަދު ފާހަގަކުރާ ރީތި ތާރީހާ ގުޅިގެން މާލޭގައި މިއަދު 52 ކައިވެނި ކުރަން ހަމަޖެހިފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.
އެ ކޯޓުން ބުނިގޮތުގައި މިއަދުގެ ރަސްމީ ގަޑީގައި 16 ކައިވެނި އަދި ނުރަސްމީ ގަޑީގައި 36 ކައިވެނި ކުރަން ހަމަޖެހިފައިވާ ކަމަށެވެ.
މިއަދު އެހާ ގިނަ ކައިވެނި ކުރާ ގޮތަށް ހަމަޖެހިފައިވަނީ މިއަދުގެ ތާރީހު ކަމަށްވާ 24-12-2024 އަކީ ރީތީ ތާރީހަކަށް ވުމުންނެވެ.
އެއް ދުވަހެއްގައި 52 ކައިވެނި ކުރުމަކީ ނިސްބަތުން ވަރަށް ބޮޑު އަދަދެކެވެ. އެނގިފައިވާ ގޮތުގައި މާދަމާ އާއި އޭގެ އަނެއް ދުވަހު ވެސް މާލޭގައި ގިނަ އަދަދެއްގެ ކައިވެނި ކުރާ ގޮތަށް ހަމަޖެހިފަ އެވެ.
ފެމިލީ ކޯޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ނޮވެމްބަރު މަހު ވެސް 192 ކައިވެނި ކޮށްފައިވެ އެވެ. އޮކްޓޯބަރު މަހު 205 ކައިވެނި ކުރި އެވެ.
މި އަހަރުގެ އޮކްޓޯބަރު މަހު 148 ވަރި ކޯޓުގައި ރަޖިސްޓަރީ ކޮށްފައިވާއިރު ނޮވެމްބަރުގައި 95 ވަރި ފެމެލީ ކޯޓު މެދުވެރިކޮށް ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބެލެނިވެރިން
26 December 2024
24/12/24 ކިތައް ވަރި ބާ ؟ ތިޔަ ތާރީހުގަ ކައިވެނި ކުރަން ލޮލް
ޔޯ މޮމް
24 December 2024
އަޅުގަނޑުގެ އިސްލާމް މުދައްރިސް ބުނުއްވީ އެންމެ ރީތި ތާރީޚުތަކުގައި ކައިވެނި ކުރާ ދެމެފިރިންނަކީ އެންމެ އަވަހަށް ވަރި ވާ މީހުން
އަަސސަަފަ
24 December 2024
ރީތި ތާރިހަކާ ދިމާ ކޮށް ވަކި ކަމެއް ކުރުމަކީ ނުވަތަ ހުއްޓާ ލުމަކީ އެއްވެސް ބޭނުން ހުރި ކަމެއް ނޫން
ޒަވާޖީ ހަޔާތް
24 December 2024
ތާރީޚު ރީތިކަމަށްވާނީ ރީތި ތާހިރު ދިރިއުޅުމެއްގައި ޒަވާޖީ ހަޔާތް ވޭތުކުރީމަ.
ޛޮގު
24 December 2024
މިތަނުން ސަލާމަތްވާނީ 2 ކައިވެނި 50 ކައިވެނި ވަރިކޮއްފިއޭ މާދަމާ ނޫހުގަ އޮންނާނެ
ޕްރެޒެންޓް ދަޓުދެން
24 December 2024
25.12.25 ގައި ޗެކްކޮށްލުން ރަނގަޅުވާނެ މިތަނުން ކިތައް ކައިވެނި ދެމިއޮތްތޯ؟
އަބްޑޫޅް +
25 December 2024
އެއީ ދެން އަންނަ، ކިރިޝްމަސް ދުވަސް ދޯ؟
އިއްސެ ކޭ
24 December 2024
މަރުޙަބާ. ހުސް ކުދިން އިނުމަށް އިލްތިމާސް ކުރަން
ތެފައާސާ.
24 December 2024
ރީތި ތާރީޚުތަކާއި ދިމާކޮށް ވަރިކުރާ އަދަދުތައްވެސް ހާމަކުރާނަމަ ދޯ؟
ބުރުދާ
24 December 2024
ހެހެހެހެ.. މަގާތަށް އަންނަނީ ހިނި..
މުޖހިދު
24 December 2024
ރީތިތާރީހުގައި ވަރިވަނީ ކިތައް މީހުންބާ؟ހަމަގައިމުވެސް އެދުވަހު ކައިވެނިކުރާ އަދަދަށްވުރެ ގިނަވާނެ.
ވައިގުގޫ
24 December 2024
އަހަރެން ވަރިވީ ހައްޖު ދުވަހެއްގަ..މިއީ މުޅި އަހަރުގަވެސް އަންނަ އެންމެ މާތް ދުވަސް..އެދުވަހު އެނިންމި މުހިންމު ނިންމުމަކީ ދުވަހަކުވެސް އަހަރެން ހިތާމަ ކުރާނޭ ނިންމުމެއް ނޫން.