ހިޔާ ފްލެޓެއްގައި މީހަކު ރަހީނުކުރި މައްސަލާގައި ހައްޔަރުކުރި 12 މީހުން: ކޯޓުން ވަނީ އެ މީހުން ދޫކޮށްލާފައި --- ފޮޓޯ/ޕޮލިސް
24 ޑިސެމްބަރ 2024 - 16:12
ހިޔާ ފްލެޓުގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނު ކުރުމަށްފަހު އެ މީހާގެ އިނގިލި ބުރިކޮށްލަން އުޅުނު މައްސަލާގައި ހައްޔަރުކުރި 12 މީހުން ބަންދުން ދޫކޮށްލައި، އެ މީހުންނަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް ޕީޖީ އޮފީހުގައި މިދިޔަ ހޮނިހިރު ދުވަހު އެދިފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލާގައި ހައްޔަރުކުރި އެންމެން ވެސް ތިބީ ކޯޓުން ދޫކޮށްލާފައި ކަމަށް ފުލުހުން ބުންޏެވެ.
1. އަލްމަން އަލީ ހާލިދު، 22 (ގދ. ވާދޫ، ވެހި)
2. މުހައްމަދު އިޒްކާން، 18 (މ. ހަތިކަނޑު)
3. އިޒާން އަހުމަދު، 18 (ޒުނައިޓް ވިލާ، ކ. ގުރައިދޫ)
4. އަހުމަދު ޒާހިދު، 36 (ދަންމަރު، ށ. ފޯކައިދޫ)
5. އާދަމް ހުސެއިން، 48 (ޖަމީލާ މަންޒިލް، ލ. މާވަށް)
6. އިބްރާހިމް ނަޝީދު، 34 (ހިޔާލީގުލްޝަން، ލ. އިސްދޫ)
7. އަހުމަދު ސަމީހު، 22 (ނައިޓްސްޓާ، ބ. ގޮއިދޫ)
8. އިސްމާއިލް ވިޝާމް މުހައްމަދު، 22 (ވ. ގާމާ)
9. ވިޝާމް މުހައްމަދު، 23 (ޗިޗަންޑާގެ، ގދ. ވާދޫ)
10. ވިސާން މުހައްމަދު، 30 (ހުޅުމާލެ، ހިޔާ 14-17-03)
11. މުސްތާގް ޝާކިރު، 37 (ޖަނަވަރީގޭ، ގދ. ވާދޫ)
12. ހަސަން ގާލިބް، 38 (އާރެސް، މ. ކޮޅުފުށި)
ހިޔާ ފްލެޓުގެ H9-20-11 އެޕާޓްމަންޓުގައި މީހަކު ރަހީނުކޮށް، އަނިޔާކުރި މައްސަލާގައި އެ މީހުން ހައްޔަރުކުރީ މިދިޔަ މަހު އެވެ. ފުލުހުން އެ މީހާ ސަލާމަތްކުރީ އޭނާގެ ބޯ ބޭލުމަށްފަހު، އިނގިލި ބުރިކުރަން އުޅެނިކޮށެވެ. އެ މީހާ ސަލާމަތްކުރީ ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގަ އެވެ.
އޭގެފަހުން އެ އެޕާޓްމަންޓްގައި މަސްތުވާތަކެތި ބޭނުންކޮށް، އޭގެ ވިޔަފާރިކުރާ މައްސަލާގައި އިއްޔެ ވެސް ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ.
ފުލުހުން މިއަދު ބުނީ ޑްރަގް އެންފޯސްމަންޓަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެ އެޕާޓްމަންޓް އިއްޔެ ބަލައި ފާސްކޮށް، މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއެކު ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އިއްޔެ ހައްޔަރު ކޮށްފައިވަނީ ގ. ސެމިޓޯން، އިބްރާހީމް ޝަރީފާއި ގއ. ކޮލަމާފުށި، އޯޝަންބްލޫ، އަބްދުﷲ ހަސަނާއި ހދ. ނޭކުރެންދޫ، އިރުދޭމާގެ، ހުސައިން ރިޔާޒުގެ އަދި ގއ. ދާންދޫ، ވަލުތެރޭގެ، އަބްދުﷲ ޖަމީލެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންދަލޫސިޔާ
29 December 2024
އެމީހުންނަށް ޝަރަފުގެ އިނާމުދޭން ރައީސް ނިންމެވިޔަސް ދިވެހިންގެ ގިނަބަޔަކު ޝޮކެއް ނުޖެހޭނެ.
ރައްކާތެރިކަން
25 December 2024
ސަރުކާރުން ޑްރަގް މައްސަލަ ޙައްލުކުރުމުގެ އިޚްލާސްތެރި ނިޔަތެއް އޮތްނަމަ ޑްރަގް ވިއްކައި ޖައްސައިމީހުންގެ މަޢުލޫމާތު ރިޕޯޓްކުރެވޭނެ އެނޮނީމަސް ޕްލެޓްފޯމެއް ޤާއިމް ކުރަންޖެހޭ. ޖައްސާމީހުންނާ ވިއްކާމީހުން އެއެއްޗެހި ބޭނުންކޮށް ވިއްކަނީ އެންމެންގެ ލޯ ކުރިމަތީ ފާލުގައި. އަހަރުމެންނަށް ރައްކާތެރިކަމެއް އޮތްކަން ކަށަވަރު ނުވާތީ ޕޮލިހަށް ގުޅާފައި ރިޕޯޓުކުރަންވެސް ޖެހިލުންވޭ! ގުޅީމާ ގުޅާފަރާތުގެ މައުލޫމާތު ގްރޫޕަށްދެނީ!
ސިލްމާ ޒާހިރު
25 December 2024
މީހުންގެ ގުނަވަންތައް ބުރިކުރަން އުޅޭ މީހުން މުޖުތަމަޢުއަށް ނުރައްކާ ނުވާ ސަބަބެއް ކޯޓުން އަޅެ ބުނެދީބަލަ. ތަޙްޤީޤް ނިމެންދެން ބަންދުކޮށްގެން ސަލާމަތެއް ނެތް. ބަންދުގައި ހުއްޓާ ދަޢުވާކޮށް، މައްސަލަ ވެސް ފަށަންޖެހޭ.
ބަބްސް
25 December 2024
މިހަދަނީ ވަރަށްބޮޑު ގޯހެއް. ރީހީނުކޮށް މީސްމީހުންގެ ގުނަވަންތަށްބުރިކުރަން އުޅުނު ބަޔަކު މުޖްތަމައުގެ ތެރެއަށް ދޫކޮއްލައިގެން ނުވާނެ.
ތެފައާސާ.
25 December 2024
މަ ބުނީ އިނގިލި ބުރި ކޮބާ، އިނގިލި؟
ތަކުރުފާނުު
25 December 2024
ސަދޫމް ސިޓީ
ކަތްދައްތަ
25 December 2024
ތިޔައިން އެކެއްގެ މައްޗަށްވެސް ކުށެއް ސާބިތެއް ނުވާނެ. ކޯޓުން ނިންމާނީ ބުރިކުރަން އުޅުނު އިގިއްޔަކީ ކޮބާކަން ހުށަހެޅު ހެކިތަކުން ސާބިތު ނުވާކަމަށް.
ބަޑިތަކުރު
25 December 2024
މިވަރުގެ މީހުންގެ ފުށުން މުޖްތަމައަށް ހަމަ އެއްވެސް ނުރައްކަލެއް ނެތީބާވައެވެ. ހުކުމަކާ ހަމައަށް ބަންދުގައި ނުބޭތިއްބެނީ ގާނޫނުތައް ހުރިގޮތުންނަމަ އެކަންކަން ބަދަލުވެސް ކުރަންވީއެވެ.
ކީކެ
25 December 2024
ދޫކޮއްލީއޭ؟ މާލެ އަކީ މިހާރު ހަމަ ގޭންގު ތަކުންނާއި ކްރިމިނަލްސްއިން ގެ ދަށުގަ އޮތްތަނެއް.
އުދުހޭ
25 December 2024
އިގިލި ބުރިކުރަން އުޅުން މީހުންނަށް ވުރެ ބޮޑު އަދަބެއް ލިބިއްޖެ ވޭޕް ބޭނުންކުރި މީހާއަށް. އެއީ 10،000ރ އިން ޖޫރިމަނާކުރުން. މިއީ އިންސާފު؟