ސުނާމީގެ ހަނދާނުގައި ބޭއްވި ސުކޫތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް
26 ޑިސެމްބަރ 2024 - 10:37
ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ސުނާމީ ކާރިސާގައި ނިޔާވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި މިއަދު ހެނދުނު ސުކޫތެއް ގެނެސްފި އެވެ.
މި ސުކޫތު ގެނައީ ސުނާމީގެ ރާޅު 2004 ވަނަ އަހަރު ރާއްޖެއަށް އެރި ކަމަށް ރިކޯޑްކުރެވިފައިވާ ވަގުތުގަ އެވެ. އެއީ، ހެނދުނު 9:23ގަ އެވެ.
ހަމަހިމޭންކަމުގެ މި ވަގުތު ކޮޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގަތެވެ.
ރައީސްގެ އަރިހުގައި ސަރުކާރުގެ އިސްބޭފުޅުންނާއި ވަޒީރުންނާއި ރައީސް އޮފީހުގެ އޮފީހުގެ މުވައްޒަފުން މި ސުކޫތުގައި ބައިވެރިވި އެވެ. އަދި މާލެ ސަރަހައްދުގެ އޮފީސްތަކުގެ މުވައްޒަފުން ވެސް އޮފީސްތަކުން ބޭރަށް ނުކުމެ މި ސްކޫތުގައި ބައިވެރިވި އެވެ.
މިއީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ހަރަކާތެކެވެ.
ސުނާމީ އެރި ހާދިސާ އަށް 20 އަހަރު ފުރުމާ ގުޅިގެން ރައީސް އޮފީސް ކުރިމަތީ މިއަދު ބޭއްވި ސުކޫތުގެ ތެރެއިން--ފޮޓޯ: ރައީސް އޮފީސް
ސުނާމީ ކާރިސާއަށްފަހު ރާއްޖޭގައި ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 26 ވަނަ ދުވަސް ފާހަގަކުރަނީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގަ އެވެ.
އިންޑޮނޭޝިއާގެ ސްމަޓްރާގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް ކަނޑުގެ 10 ކިލޯ މީޓަރު އަޑިއަށް، ރެކްޓާ މިންގަނޑުން 9.3 ގެ ބާރުމިނުގައި އައި ބިންހެލުމުގެ ސަބަބުން އުފެދުނު ސުނާމީގެ ސަބަބުން ރާއްޖެއިން 82 މީހުން މަރުވެ، 26 މީހަކު ގެއްލުނެވެ.
ސުނާމީގައި ރާއްޖޭގައި ގިނަ ރަށްތަކަކަށް ގެއްލުންވިއިރު، ގާތްގަނޑަކަށް 22،000 މީހުންގެ ބޯހިޔާވަހިކަން ގެއްލުނެވެ. އެކި މިންވަރުގައި 191 ރަށަކަށް ސުނާމީގެ އަސަރުކުރިއިރު، ރ. ކަނދޮޅުދޫ، ތ. ވިލުފުށި އަދި މ. މަޑިފުށި ފަދަ ރަށްތަކަށް އެއްކޮށް ފުނޑިގެންދިޔަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮއްޔެ
26 December 2024
މަރުވި މީހުން މަރުވެ ޢާއިލާތަކަށް ފޫ ނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބިއްޖެ. އަދި ބިކަވެ މިއަދާ ހަމައަށްވެސް ވަންނާނެ އަމިއްލަ ގެދޮރުނެތި، އެކިފަހަރު އެކި ކޭމްޕްތަކުގައި ދިރިއުޅެމުންދާ ކިތައް ރެފިއުޖީން އަދިވެސް މިޤައުމުގައި އެބައުޅޭތޯ؟ މީ މިޤައުމުގައި އޭގެފަހުން ވެރިކަންކޮށްފައި ދިޔަ ކޮންމެ ރައީސަކާއި މިހާރު ހުރި ރައީސްވެސް ލަދުގަންނަންޖެހޭ ކަމެއް. ސުނާމީއަށްފަހު އަމިއްލަ ރަށުން ފައިބަންޖެހިފައި ތިބި ރެފިއުޖީންނާމެދު ފުންކޮށް ވިސްނެވުންއެދެން.
އަޅެފަހެ
26 December 2024
ކޮބާ ސުކޫތު ގެނެސް އަތު ގުޅާލުމުގެ ބޭނުމަކީ؟ އެ މީހުނަށް ހެޔޮ ދުވާ ކުރުން އޮންނަނީ. ދޮން މީހުން އުޅޭހެން މި އުޅެން ބޭނުންވަނީ.
މުހައްމަދު
26 December 2024
ސުކޫތަށް ހުއްޓިހުރެ ގަންނާނެ ހިތުނިޔަތެއް އޮވޭތޯ ބަލާލަދީބަލަ.
މަ ބުނީ
26 December 2024
މަ ބުނީ މި ސަރުކާރަށް ރައްޔިތުންނަށްޓަކައި ކޮއްދެވޭނެ އެއްމެބިޔަ ބޮޑު މަޝްރޫއް ތިހިންގުނީއެވެ! އެއީ ތިމާމެންގެ ހިޔަނީގެ ބޮލަށް ތިމާމެންގެ ބޯތައްތިރިކުރުމެވެ! އެއްއަހަރު ނިމުނީއެވެ ދެންއޮތީވތިންއަހަރާއި މަސްކޮޅެކެވެ ! ފެން ބޯލައިގެން ބަނޑުގަ ފިރުމައިލާށެވެ ! ތަހްޤީގު ކުރެވި ޝަރީއަތް ބޮމަތިވާނެއެވެ ! ރައީސް ޔާމިން 2028 އޮތީކުރިމަތީގައެވެ ! އަނދާހުލިވި އިމާރާތްތަކެވެ ! 2024 ގެ ބޮޑުބަޖެޓެވެ! ޤާނޫން އަސާސީ ބަދަލުކުރިގޮތެވެ! ޖަވާބު ވަރަށްސާފެވެ !
ބަރުބާދު ،
26 December 2024
ކޮއްޅަށް ތިބެ ފޮޓޯ ނެގުނީމާ ސުކޫތު ހަމަވޭ
އޮނަރަބްލް އަފީފު ދީދީ
26 December 2024
މީގެ 20 އަހަރު ކުރިން ދިމާވި Tsunami ގެ ހަދާނުގައި ތިރަށު އޮފީސް ތަކުގެ ކުރިމަތީގައި ސުކޫތް ބޭއްވުމުން ހުރިހާ ކަމެއް ފުރިހަމަވީތޯ!؟ މިއަދުވެސް ކަމެއް ދިމާވެއްޖެނަމަ ރާއްޖޭގެ އުތުރާއި ދެކުނުން އެންމެ ކުޑަމިނުން ސާފު ބޯފެންވެސް އުފެއްދޭނެ ގޮތެއްނެތް. ތުރާކުނުން އައްޑުއަށް ހިމެނޭ ހުރިހާ ރަށްރަށަށް ތިރަށުން ފެން އުފުލުމުގެ ބަދަލުގައި ކުޅުދުއްފުށި އަދި އައްޑޫސިޓީގައި ފެން ބަންދުކުރާ ޕްލާންޓް ގަނޑެއް ބަހައްޓައިގެން ފުޅީގައި ފެން ބަންދު ކޮށްބަލަ.
ވޯލް
26 December 2024
ތަރައްޤީކޮށް ޒަރޫރީ ޚިދުމަތްތައް ދެވޭވަރުގެ ސެންޓްރަލް ރަށެއް ހުރިހާ ހިސާބެއް އޮންނަން. އެކަމަކު މިކަން ކުރުމުގައި އުސޫލެއް ބޭނުންވޭ. މާލެ ސަރަހައްދުގައި ދިރިއުޅޭ އެކިރަށްރަށަށް ނިސްބަތްވާ އެންމެނަށް ބޯހިޔާވަހިކަމާ އެހެން ޚިދުމަތް ދައުލަތުގެ ޚަރަދުގައި ދީފަ، ދެން ރަށްތައް ތަރައްޤީ ކުރަން ފުރުސަތެއް ނީވޭ. މިސަރަހައްދުން ބޯހިޔާވަހިކަން ލިބޭ މީހުން އެހެން ރަށްރަށުގެ ދަފްތަރުން އުނިކޮށް އަސްލު އެހިސާބުތަކުގެ ޢާބާދީ ޔަޤީންކޮށްގެން ނޫނޫ ނެތްވާކަށް.
ކަމާލު.
26 December 2024
ވޯލް ތިބުނީ ރަނގަޅަށް. އަފީފު މެން މާލެ އައިސް މާލެއިން ގެދޮރު ހޯދައިގެން ތިބެ އައްޑޫ ތަރައްޤީ އެއް ނުކުރެވޭނެ. އަދި ހަމަ އެގޮތަށް މާލޭ ސަރުކާރުން ކ.މާލޭ މީހުންނަށް އެެހެން ރަށްރަށުން ދީފައިވާ ގޯތި އޮތް ރަށްރަށުގައި އެމީހުން ރަޖިސްޓްރީ ނުވާނަމަ އެމީހުންގެ ކިބައިން އެފަދަ ގޯތިތައް ވަކިކުރަންވެސް ޖެހޭނެ.
ހަލީމާ.
26 December 2024
ތިޔަ ވިދާޅުވާ އުސޫލު ތަކުގެ ސަބަބުންނޭ ކ.އަތޮޅު މާލެއަށް ހުރިހާ މުައްސަނދިކަމެއް ޖަމާކުރުނީ. ދެންވެސް އުސޫލު ހެދީމާ ވާނީ އެހެން.