ހައުސިން މިނިސްޓްރީ އިމާރާތުގައި ރޯވެ އަލިފާން ނިއްވާލާފައި--- ފޮޓޯ: މިހާރު
28 ޑިސެމްބަރ 2024 - 12:26
ތިން މިނިސްޓްރީއަކާއި މާލެ ސިޓީ ކައުންސިލުގެ ބައެއް ހިންގަމުން އައި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭނުންވާ ކަންކަން ދިރާސާ ކުރުމަށް ފަހު އިންޑިއާގެ ފުލުހުންގެ ޓީމް ފުރައިފި އެވެ.
ހައުސިން އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގެ ތަހުގީގަށް ރާއްޖެ އައި އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމް ފުރާފައި ވަނީ، ފުލުހުން ބުނި ގޮތުގައި، މި މަހު 22 ވަނަ ދުވަހު އެވެ.
ފުލުހުން ބުނީ އެ ޓީމުން އަލިފާނުގެ ހާދިސާ ހިނގި ތަންތަން ބަލައި ތަހުގީގު ފުރިހަމަ ކުރުމަށް ބޭނުންވާ އެންމެހާ ކަންކަން ދިރާސާ ކޮށްފައިވާ ކަމަށެވެ. އަދި އެ ހާދިސާ އާ ގުޅޭ ފޮޓޯ އާއި ވީޑިއޯ އަދި ސީސީޓީވީ ފުޓޭޖްގެ އިތުރުން ހާދިސާ އާ ގުޅުންހުރި މުހިންމު މައުލޫމާތުތައް އެ ޓީމާ ހިއްސާ ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ތަކެތި ދިރާސާކުރުމަށް ފަހު އެ ޓީމުގެ ހޯދުންތައް ދިވެހި ފުލުހުންގެ ހިދުމަތާ ހިއްސާކުރަން ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 6:30 ހާއިރު ހިނގި އަލިފާނުގެ ހާދިސާގައި ދެ މިނިސްޓްރީ ހިންގަމުން އައި ޓިނު އިމާރާތާއި އެންވަޔަރަމަންޓް މިނިސްޓްރީ އާއި އީޕީއޭ ހިންގަމުން އައި ގްރީން ބިލްޑިން އަދި މާލެ ސިޓީ ކައުންސިލް ހިންގަމުން އައި ތަން ވެސް ވަނީ އަނދައި ހުލިވެފަ އެވެ.
އެ އިދާރާތައް މިހާރު ހިންގަމުން އަންނަނީ ވަގުތީ ގޮތުން ދަރުބާރު ގޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޑުވާ
29 December 2024
އެމީހުން ފުރައިގެން އެ ދިޔައީ އަލިފާން ނިއްވުމުގައި މި ޤައުމުން ގެންގުޅުނު އުކުޅުގެ މޮޅުކަމުން އަންތަރީސް ވެގެން.
އޮނަރަބަލް ކުދުބެއްޔާ މުދިންބެގެ އަފީފު ދީދީ
28 December 2024
ދެބޯ ގެރިއެއް. ލޮޅުގައި އެޅުވި އަދުނެއް . އިންޑިޔާ ކުރައިމް ޕެޓްރޯލް ފިލްމެއްގެ އެޕިސޯޑެއް . އަނެއްކާ މި ފިލްމް ސްކްރިޕްޓުން ވެސް ކަޓެއް ނެގިބާ؟ ދެރައީ މި އިންޑިޔާ ޓީމް ގެންނަން ބަޖެޓުން ހޭދަވި ވަރު ހާމަ ކޮށްފައި ނެތީމައި.
އަލީބޯ
28 December 2024
އެއީކޮންބައެއްކަން އެމީހުންގެ މޫނުތައް އަހަރުމެންނަށް އެޓްލީސްޓް އެގެންވާނެ ދައްކާލެވެންޖެހޭނެ ނޫސްވެރިންގެ ބައްދަލުވުމަކުންނަމަވެސް ވަރަށްދެރަ ނުފެނިތިފުރުވާލީ މިހާދިސާގެ ތަހުގީގީރިޕޯޓެއް އަހަރެން އަމިއްލަ ހައިސިއްޔަތުން އަހަރެން އާންމުކުރާނަން
އިލްޔާސް ވަހީދު
28 December 2024
އެމީހުންބުނީ ވަރައްރަގަޅުކަމެކޭ ތިކުރީ އަވަހައް ދަގަޑުކޮޅުކިރާލާށޭ އަހަރުމެންރަށުގަގަންނާނެ މީހުން ތިބޭނެޔޯ
ފޮނިފޮނިޓައްޕު ކުމާރު
28 December 2024
ތިއަށް ދެން އެމީހުން ފިލްމެއްކަންނޭނގެ ހަދާނީ.
ދޮގުވެރިން
28 December 2024
ތީގަ ދެން މާ މޮޅުކަމެއް އެބަ އޮތް؟ ނަޒާހަތްތެރިކަން ދައްކަން ކުރި ކަމެއް، ނަތީޖާ ނިކުންނާނީ އެއިރަކު އޮތް ސަރުކާރެއް ބޭނުންވާ ކޮޅަށް، ކޯނީ ރިޕޯރޓެއްވެސް ހަމަ ތިގޮތަށް ނުނެރޭތަ؟
ކުދުބެއްޔާ
28 December 2024
ކޯނީ ރިޕޯޓްގައި ކުރަން ބުނެފައޮތް އެއްވެސްކަމެއް ކޮށްފިބާ!!!!
މަޖަން
28 December 2024
ނުކެރޭނެ ފަޒުލްގެ ފޯންޗެކްކުރާކަށް ފިޟާތިޥާހަކަ އޭގަހުންނާނެ ނަސީރު މިނިސްޓަރު ފޮނުވި މެސެޖުތައް
ޟާނު
28 December 2024
ނަސީރު މިނިސްޓަރު ކޮންހާ މެސެޖެއް ފޮނުވައިގެން އުޅެނީ. ނަސީރު ސޯ ބެދިއްޖެއްޔާ ގައުމިއްޔަތު ކަނޑު އަޑިޔަށްދާނެ
ހަޖާމްބެ
29 December 2024
މެމްބަރުންނަށްދޭން ލާރިކޮޅެއް ހޯދަދޭށޭކިޔާފަ މީހަކުކުރި މެސެޖް ހުންނާނެ.
ޑރ ވާންޗޯ
28 December 2024
ދެބަނޑަށް ކާންދީފަ ފޮނުވާލީ ތޯއްޗެ!!!!.
މަ ބުނީ
28 December 2024
އެބަޔަކަށް އެކަމެއްކުރަށް ނޭނގުނުކަމެއް އެހެންބަޔަކު އެކުމެއްކުރުމަށް ބޭނުއްވާ މަޢުލޫމާތާއި ހެއްކާއި ޤަރީނާއާއި ބޭނުއްވާ ނަތީޖާއަށް ވާސިލުވުމަށް މަސްކޭސްފަދަ މުހިތަމުކަންކަށް ފޯރުކޮށްދިނުމުން މިހާރުވެސް ރިޕޯރޓުލޮލަށް ފެންނަފަދައެވެ ! ކޮމިޝަނާއަށާއި ސަރުކާރަށާއި ރައީސްއަށާއި އިންޑިއާގެ ތަޖުރިބާ ކާރު ގެ ފުރޫޅަށާއި ިުންގާނަށްވެސް ޝުކުރިއްޔާއރވެ !
ގެދާނޯމޮސް
28 December 2024
ޓީމް އަންނަން ވާއިރަށް ހެކިނެތްވަރައް ސާފުކޮށްލާފަ ހުރީމާ ޓީމުން ނިންމީ އަލިފާނުގެ ހަދިސާއެއް ހިނގާފަވާ ކަމަށެވެ. އެރިދުމާއި ތަނުން މިހާރު ދުވާވަހުގެ ތަފްސީލް ދެވޭނީ ރިސޯޓްގައި މަސްދުވަހު ކައިގެން ތިބެވޭނެ ގޮތް ހަމަޖެހުނީމާ ކަމުގަ ނޫނީ ނުވާނެއެވެ. ދިވެހިން ދަނީ އިންޑިޔާ އައުޓްކިޔަސް އެމީހުން ގެ ނާޗަރަންގީ ބޭކާރު ޚަރަދުކޮށް އިންކުރަމުން ނެވެ!