31 ޑިސެމްބަރ 2024 - 05:56
މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ޖަރުމަނުގެ ކްރިސްމަސް މާކެޓެއްގެ ތެރެއަށް ކާރެއްގައި ވަދެގަނެ މީހުންގެ ގައިގައި ޖައްސައި ހަމަލާދިން މީހާ ސައޫދީ އަރަބިއްޔާގެ މީހާ އަކީ "ނަފްސާނީ ބަލި މީހެއް" ކަމަށް މިހާރު ބެލެވޭ ކަމަށް ޖަރުމަނުގެ އިންޓީރިއާ މިނިސްޓަރު ނޭންސީ ފައިސަރު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފައިސަރު ވިދާޅުވީ ހަމަލާދޭންޖެހޭ އެއްވެސް މަގްސަދެއް އަދި ހޯދިފައި ނުވާ ކަމަށާއި ނަމަވެސް ނަފްސާނީ މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ނަފްސާނީ ގޮތުން މައްސަލަތަކާ ދިމާވެ... ކޮންސްޕިރެސީ ތިއަރީތަކާ ގުޅުވައިގެން ކުށުގެ އަމަލުތައް ހިންގަފާނެ މީހުން ދެނަގަންނަންޖެހޭ ކަމުގެ ފިލާވަޅެއް މިކަމުން ލިބޭ ކަމަށެވެ.
"އެފަދަ ހަމަލާދޭ މީހުންނަކީ އެއްވެސް ތްރެޓް ޕްރޮފައިލަކަށް ނުފެތޭ ބައެއް،" ސަލާމަތީ ހިދުމަތްތަކަށް އެމީހުންނާ ކުރިމަތިލުމަށް "އެހެނިހެން އިންޑިކޭޓާތަކާއި އެކްޝަން ޕްލޭންތަކެއް" ބޭނުންވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ފަސް މީހަކު މަރުވެ އެތައް ބަޔަކު ޒަހަމްވި ހަމަލާ ދިން ތާލިބް ޖަވާދު އަލް އަބްދުލްމުހްސިން، 50، އަކީ ނަފްސާނީ ބަލީގެ ހާއްސަ ޑޮކްޓަރެކެވެ. އިސްލާމް ދީން ދޫކޮށް މުރުތައްދުވެ އޭނާ ސައޫދީގެ އެހެން މީހުން ވެސް އެ މަގަށް ގެންދަން މަސައްކަތްކުރަމުން ދަނިކޮށް ހައްޔަރުކުރަން އުޅުމުން 2006 ވަނަ އަހަރު ޖަރުމަނަށް ގޮސް ސިޔާސީ ހިމާޔަތް ހޯދީ އޭގެ 10 އަހަރު ފަހުންނެވެ. އޭނާ އަކީ ނުރައްކަލަކަށް ވެދާނެ ކަމަށް ސައޫދީން ކުރިން ވެސް އޮތީ ޖަރުމަނަށް އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުނިޔެ ހަލާކުވަނީ ތެލުގެ ބޭނުމުގަ!
01 January 2025
ސައޫދީގެ މީހުން އެގައުމުގެ ހާންދާނީ ވެރިކަމާހެދި އަންނަ ރުޅިގަޑު އެހެންމީހުންނައް ބާލާލީމަ، މުޅިދުނިޔެ މަސްލަހަތު ގޯސްވަނީ! 911 ގަވެސް ސައޫދީ މީހުން ކުރީމަ، އިރާގް އާއި އަފްގާން ހަފުސް ކޮއްލީ! މިފަހަރު އެހެން ކޮން ގައުމެއްގެ ނަންމަތިބާ ވާނީ؟
ތުނިޔަ
31 December 2024
ހީވޭ ކަމެއްހެން.. އިސްލާމްދީން ދޫކޮށް މުރުތައްދުވީ ޖާހިލެއްވީމަ ހުޅަނގުން އޭނަ މައުސޫމަކަށް ހަދާނެކަން ޔަގީން. ޢެހެންނޫންނަމަ އޭނަ ވީހީ ޓެރަރިސްޓަކަށް.
ޒިމީ
31 December 2024
ތިމީހާ މުސްލިމަކަށްވީނަމަ ޓެރަރިސްޓަކަށްވީސް.. މިހާރު ކާފަރަކަށްވީމާ މޮޔައަކަށްވީ..
ޕްރޮކްސީޒް
31 December 2024
މިއޮށްހާ ދުވަހު އިސްލާމްދީނަށް އޭނަ ނަފްރަތު އުފައްދާ ފުރައްސާރަ ކުރިއިރު އޭނަވީ ހީރޯއަކަށް ތި ހުޅަނގަށް. އެހެންވީމަ އޭނަ ޓެރަރިޒަމްގެ އަމަލެއް ކުރިއަސް އޭނަ ހިމާޔަތް ކުރެވޭނެ މަގު އެ ދެފުއްދެގޮތް ހުޅަނގުން ހޯދާނެ.
ޖަލީލީ
31 December 2024
މުރުތައްދުވާ މީހުންނާއި، އިސްލާމްދީނާއި ދެކޮޅު މީހުންދެކެ ހުޅަނގުގެ ގައުމުތަކުން ވަނީ އަމަށަކު ލޯތްބެއްނޫން. ވަރަށް ފަސޭހައިން އެގައުމުތަކުން އެސައިލަމްއާއި ސިޓިޒަންޝިޕް މިވެރިން ހޯދާ. ޖަރުމަނަކީ މުޅި ޔޫރަޕުންވެސް އިސްލާމްދީނާއި ދެކޮޅުވެރިކަމުގަ އަރާތިބި ބައެއް. ލައްކަ މޮޅުތަކެއް ވެއްޖެއެންނުން.
މާލު
31 December 2024
ޔޫރަޕުގެ ވެރީންގެ ދެފުއްކެހެރިކަން މިހާމަވަީ، މީނަޔަކީ ސުންނަތަށް ތަބާވާ މުސްލިމެއްނަމަ އެވާނީ ޓެރަރިސްޓަކަށް، އެކަމު މީނަޔަކީ ހަރުބީ ކާފަރަކަށްވެ ކާފަރުދީންތައް ފަތުރާ މީހަކަށް ވީމަ ޔޫރަޕުން މީނަގެ ދިފާއުގަ
ކިރުސައި
31 December 2024
ސުންނަތައްތޯ ތަބާވާންތޯ ﷲ އަމުރުފުޅު ކުރެއްވީ؟ ނޫނީ އެކަލާނގެ އެންގެވުމަށް ތަބާވުމަށްތޯ؟ ކަލޭމެން އަމިއްލައަށް ދީނުގެ އަސާސްތަކެއް އުފައްދާ ބަދަލުކޮށް ހެދުންމުން އެނުވާނެ އިސްލާމްދީނުގެ ކަމަކަށް. ނަބިއްޔުންނާއި ރަސޫލުނުނަށް އަޅުކަންކުރުމަކީ ދީނުގެ ބަޔަކަށް ހަދާ ދީންއޮޅުވާލަނީ