ހިންމަފުށީ.-
03 ޖެނުއަރީ 2025 - 21:32
ކ. ހިންމަފުށީ ކައުންސިލް މެމްބަރަކު މިއަދު ހަވީރު ކަރަންޓުގައި ޖެހުމުގެ ސަބަބުން އިތުރު ފަރުވާ އަށް މިރޭ މާލެ ގެނެސްފި އެވެ.
އެ ރަށު ކައުންސިލް އިދާރާގެ ފަރާތުން ވާހަކަ ދެއްކެވި އިސްވެރިއަކު ވިދާޅުވީ، ކައުންސިލްގައި ހުންނަވާ ހަމައެކަނި އަންހެން މެމްބަރު ވަފިއްޔާ އިބްރާހިމް ކަރަންޓުގައި ޖެހުނީ ކަރަންޓު ބޯޑަށް ޖަހާފައި ހުރި ކޮމްޕިއުޓަގެ ވާގަނޑުގެ ޓޮޕް ނައްޓާލަން އުޅުމުގެ ތެރޭގައި ކަމަށެވެ.
"ވެހެމުން ދިޔަ ވާރޭގައި ތެމިގެން ވަފިއްޔާ އޭރު ހުންނެވީ. އަތުގައި ފެން ވެސް ހުރި. އެކަމަކު އެ ސުވިޗު އޭރު ހުރީ ނަސީބަކުން އޮފް ކޮށްފައި. އެހެންވެ ކަމަށް ބެލެވެނީ ވަފިއްޔާ އަށް އެހާ ބޮޑު ވަރު ނުވީ،" އޭނާ ވިދާޅުވި އެވެ.
ކަރަންޓުގައި ޖެހި ކުއްލި ޝޮކެއް ލިބުމާ ގުޅިގެން އިތުރު ފަރުވާ އަށް ވަފިއްޔާ މާލެ ފޮނުވާލީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އޭނާ އަށް ފަރުވާދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލްގަ އެވެ.
މުޅި ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހިންމަފުށީ ކައުންސިލް އިދާރާގެ ތެރެއަށް ވެސް ފެންގަނޑު ވަދެފައި ވެ އެވެ. އަދި މުޅި ރަށުގައި ކަހަލަ ގޮތަކަށް ވަނީ ފެންބޮޑުވެފަ އެވެ.
"ބައެއް ގޭގޭގައި ކަރަންޓެއް ވެސް ނެތް،" ކައުންސިލް އިދާރާގެ އޮފިޝަލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރާޓީ
04 January 2025
ކޮބާ ކަރަންޓު ވަޔަރިންނަށް ހެދި މީހުންގެ ޒިންމާ؟
ނުވައެއްޖެހީ
04 January 2025
ހިންމަފުށި ކައުންސިލްގައި ހުންނަވާ ހަމައެކަނި އަންހެން މެމްބަރު؛ ވަފިއްޔާ އިބްރާހިމް އަށް އަވަސް ޝިފާއަކަށް އެދެން.
ެމެނާސް
03 January 2025
ބޮޑުވަރު ނުވިކަން ނަސީބު. ދެންވެސް ތިކަހަލަ ކަންތައްތަކާ ވިސްނައިގެން އުޅުން ބުއްދިވެރި