ސްރީ ލަންކާގައި ގެޔަކުން ވައްކަންކުރަން ވަން މީހަކު އަނބެއް ނަގައިގެން ދަނީ
08 ޖެނުއަރީ 2025 - 06:37
ސްރީ ލަންކާގެ ނަވަލާގައި ވަގަކު ގެޔަކަށް ވަދެ ބައި ގަޑިއިރު ވަންދެން އެކި ތަންތަން ހޯދައި ހޭވުމަށް ފަހު އެންމެ އަނބެއް ވަގަށް ނެގި ހާދިސާއަކަށް ސަމާލުކަން ލިބިއްޖެ އެވެ.
ގޭގައި ކަމެއް ހިނގާފައިވާކަން ވެސް އެ ގޭގެ މީހުންނަށް އެނގުނީ ގޭގެ ކަބަޑުތައް ހުޅުވައި ތަންތަން ހާވާފައި ހުރުމުންނެވެ. އަގު ބޮޑު އެއްވެސް އެއްވެސް މަދެއް ނޫނެވެ.
އެހެންވެ އެ ގޭގެ މީހުން، ގޭތެރޭގެ ސީސީޓީވީ ފުޓޭޖް ބެލި އިރު ފެންނަނީ ފަތިސް ވަގުތު މީހަކު ގެޔަށް ވަދެގެން އުޅެނިކޮށެވެ. ވަރަށް ހަމަޖެހިލައިގެން ހުރެ އެ މީހާ އެކި ކޮޓަރިތަކާއި އެކި ތަންތަން ހޯދައި ބަލަމުން ގޮސް ނަގާތީ ފެންނަނީ އަނބެކެވެ.
Strange Theft in Nawala: Intruder Spends 30 Minutes Searching, Steals Only a Mango pic.twitter.com/mSL7eIA68s
— NewsWire 🇱🇰 (@NewsWireLK) January 7, 2025
ގޭތެރޭގައި ބައިގަޑިއިރު އުޅުމަށް ފަހު އެ މީހާ ދެން ނުކުމެގެން ދަނީ އަނބު ކަމުންނެވެ. \
އެ މީހާ އަނބު ކަމުން ނުކުމެގެން ދަނީ ވެސް ވަރަށް ހަމަޖެހިލައިގެން ހުރެ މަޑުމަޑުން ހިނގައިފަ އެވެ.
މި ހާދިސާގެ ވީޑިއޯ ފުލުހުންނާ ހިއްސާކޮށްފައި ވާއިރު ހާދިސާ ތަހުގީގުކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ. އަދި ހާދިސާ ހިނގި ސަރަހައްދުން ޝައްކުވާ އެއްވެސް ކަމެއް ފާހަގަވެއްޖެ ނަމަ ފުލުހުންނަށް އަންގަން ވަނީ އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ މާލެ
08 January 2025
މިލިއަނަކައް ވުރެ ކުޑަވީމަ ވަރައް ދެރަ! ޖަލު ޙުކުމް 10 އަހަރައް. ބޮޑު ނަމަ އެއްވެސް ކަމެއް ނުވާނެ!
ޙަބީބު.
08 January 2025
ދިވެހި ޒަވަާނުންވެސް މިގޮތައް އުޅެބަލަ
ލޮލޮްލޮލްޮލް
08 January 2025
އަނބެއް ނަގާ މީހާ ރާއްޖޭގައި ހުކުމް ކުރާނީ 10 އަހަރަށް. މިލިއަނުން ނަގައިގެން ތިބެންވީ. އޭރުން ވަޒީ އެކަނި ބަދަލުވާނީ. ލާރި ނުގެއްލޭނެ.