އަލް ހިޖްރާ ގްރޫޕްގެ ހަވާލުގައި މީގެ ކުރިން އުމްރާއަށް ދިޔަ ބައެއް: އެ ގްރޫޕުގެ ހަވާލުގައި ގޮސް ހާލުގައި ޖެހުނު މީހުން ހޮނިހިރު ދުވަހުގެ ހެނދުނު ރާއްޖެ ގެނެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި.
09 ޖެނުއަރީ 2025 - 19:49
އަލް-ހިޖްރަ ޓްރެވެލްސް އެންޑް ޓުއާސް އިން އުމްރާއަށް ގެންގޮސް އަނބުރާ ރާއްޖެ ނާދެވި ހާލުގައި ޖެހުނު މީހުން އަންނަ ހޮނިހިރު ދުވަހު ގެންނާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.
އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ އެ ކުންފުނިން އުމްރާއަށް ދިޔަ 23 މީހަކަށް އަނބުރާ ރާއްޖެ ނާދެވިގެން އުޅޭ މައްސަލައެއް ފެންމަތިވީ އިއްޔެ ރެ އެވެ. އެކަން އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް އައުމާ އެކު ވަނީ އެމީހުން އަނބުރާ ރާއްޖެ ގެނެވެންދެން އުމްރާވެރިންގެ ކަންކަން ބެލެހެއްޓުމަށް ހައްޖު ކޯޕަރޭޝަންއާ ހަވާލުކޮށްފަ އެވެ.
މިނިސްޓަރު ވިދާޅުވީ ހާލުގައި ޖެހުނު އުމްރާވެރިން ހައްޖު ކޯޕަރޭޝަންގެ އުމްރާވެރިން ތިބި ހޮޓަލަށް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ގަތަރު އެއާވޭސްގައި އެ މީހުން އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8:10 ގައި ރާއްޖެ ގެނެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސްކޫލު ބަންދާ ދިމާކޮށް އެ މީހުން އުމްރާއަށް ދިޔައީ އެ ކުންފުންޏަށް 28،500ރ. ދައްކައިގެން ދެކޮޅު ޓިކެޓާއި ވިސާގެ ހުރިހާ ކަމެއް ވެސް ކުންފުނިން ހަމަޖައްސާ ގޮތަށެވެ. އެކަމަކު އުމްރާވެ ނިމިގެން މިދިޔަ އާދިއްތަ ދުވަހު ރާއްޖެ އަންނަ ގޮތަށް ކުރިން އޮތަސް ޓިކެޓުގެ އިންތިޒާމުތައް ހަމަނުޖައްސާ ހުރުމުން ނާދެވުނީ އެވެ.
އެ މައްސަލަ ސޯޝަލް މީޑިއާގައި ފެންމަތިވުމުން އިއްޔެ ކުންފުނިން ބުނެފައި ވަނީ ދިމާވި މާލީ ދަތިތަކުގެ ސަބަބުން އެމީހުން އަނބުރާ ނުގެނެވުނީ ކަމަށެވެ.
އެކަމަކު އެ ކުންފުންޏާ ދެކޮޅަށް މިހާރު އިސްލާމިކް މިނިސްޓްރީން ވަނީ ފިޔަވަޅު އަޅައިފަ އެވެ. އެއް ލައްކަ ރުފިޔާ އިން ޖޫރިމަނާކުރުމާ އެކު އެ ގްރޫޕަށް ދޫކޮށްފައިވާ ހުއްދަ ވެސް ވަނީ ހިފަހައްޓައިފަ އެވެ. އަދި އެ ކުންފުންޏާއި ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ ނުދިނުމާއި އުސޫލާ ހިލާފުވި މައްސަލަ ފުލުހަށް ހުށަހެޅުމަށް ވެސް ވަނީ ނިންމައިފަ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި ހާލުގައި ޖެހުނު މީހުން ރާއްޖެ ގެނައުމަށް މިނިސްޓްރީން ކުރި ހަރަދު އެ ކުންފުނިން ހޯދާނެ އެވެ.
އެ ކުންފުންޏަކީ ޅ. ނައިފަރުގެ ދެ މީހުން ކަމަށްވާ ފިރާގު މުހައްމަދަފުޅާއި މުސްތަފާ މުހައްމަދުފުޅުގެ ކުންފުންޏެކެވެ. އެ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުންގެ ތެރޭގައި ވެސް ގިނައީ ނައިފަރު މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިކި
10 January 2025
އަލުން އުމްރާ އެއް ދޭން ވާނެ!
ނުރަބޯ
10 January 2025
ސަރުކާރުން އެކަމުގެ ޒިއްމާ ނަގާ އެޚަރަދު ހިންގާ ނަމަ، އެ ޖަރީމާ ހިންގި ޙައްޖު ގުރޫޕުގެ ކިބައިން އެ ޚަރަދު އަނބުރާ އަތުލަން ޖެހޭނެ. އަދި ޙައްޖައް މީހުން ފޮނުވަން އެ ގްރޫޕަށް ދީފައިވާ ލައިސަންސް އަތުލަން ޖެހޭނެ. އަދި މިހާރު ރެޖިސްޓަރ ވެފައިވާ ހުރިހާ ގުރޫޕަކުން ވެސް ޙައްޖަށް މީހުން ފޮނުވާއިރު، މިފަދަކަމެއް ދިމާވެއްޖެ ޙާލަތެއްގައި އެކަމަށް ފުދޭވަރުގެ ފައިސާ ދައުލަތުގެ ކަމާބެހޭ ފަރާތުގައި ބެހެއްޓުން ލާޒިމު ކުރުން ރަގަޅު.
ސަރުކާރުގ
10 January 2025
ސަރުކާރުން ގެންނާކަށް ނުޖެހޭނެ. ތިޔަ މީހުންގެ އާއިލާ މީހުން ތިބޭނެ. ނޫނީ އަމިއްލައަށް ހަރަދުކޮށްގެން އާދޭ.
ނަންނަނަ
10 January 2025
މިޢީ ގޮތެއް ނޫން، ރުފިޔާ ދައްކައިފި އެމީހުން މިހާރު އެއްފަހަރު، އަނެއްކާ ލާރި ދައްކައިގެނ ޓިކެޓުނެގުމަކީ އެމީހުންނަށް އިތުރު ގެއްލުމެއް
އޮނަރަބްޅް އަފީފު ދީދީ
10 January 2025
އައްޑޫ އަށް ނިސްބައްވާ ގުރޫޕަކުން މިކަހަލަ ކަމެއް ނުކުރާނެޔޭ ޔަގީން ކަމާ އެކު ދަންނަވަން ކެރޭނެ
ވަޒަން
10 January 2025
ތީ އާޢްމު ކަމަކަށް ވެއްޖެ މިހާރު. ސަހީމު އިސްތިއުފާ ދޭން ވެއްޖެ.ކަންކަން ނުބެލެހެޢްޓޭ. އަވަސް އަވަސް
ނޫނު. ޖަވިޔަނި
10 January 2025
މިއީ ގަސްތުގައި ކުރާ ކަމެއް ކަމަށް ބެލެވެނީ.. އުމުރާއަށް ދާ ބަޔަކު ހާލުގައި ޖެހޭ އިރަށް ސަރުކާރުން ޙަވާލުވާނެކަން އިނގޭ.. އެހެންވީމަ، ރުފިޔާ ނަގާފަ، އެކޮޅަށް ގެންދިޔައިމަ އެވީ.. ޖޫރިމަނާ ކުރިޔަސް، އެ ޖޫރިމަނާ ދައްކާފަ ވެސް ބޮޑުތަނުން ފައިދާވާނެ ގޮތެއް މިއީ..
އަލިފުތު
10 January 2025
މީގަ ގުރޫޕްގެ މައްސަލައެއް އޮތްތޯ ޔަގީންކުރަން ވާނެ ދޯ؟ އެމީހުން ހީކޮށްފާނެ ދޯ ހިޖުރަ ކުރަން ދިޔަ ބައެއް ކަމަށް ވެސް. އެހެން ވެއްޖިއްޔާ އަނބުރާ އެމީހުން މާލެ އަންނަން ބޭނުންވާ ޓިކެޓް ނުނަގާނެދޯ؟ ކުންފުނީގެ ނަމުން ބޮޑަށް ހީވަނީ ހިޖުރަ ކުރަން ބޭނުންވާ މީހުންގެ ދަތުރު ހަމަޖައްސާދޭ ބަޔަކާ.
ގަރުދިޔަ
10 January 2025
ޢުމުރާއަށް ގެންދާ ކުންފުނިތަކުންް ޢަމަލުކުރަން ޖެހޭ ޓައިމްލައިނެއް އޮންނަންޖެހޭ. އިސްލާމިކް މިނިސްޓްރީން އެބަޖެހޭ ޓައިމްލައިނާ އެއްގޮތަށް މަސްކަތް ނިންމިތޯ ޔަޤީންކުރަން. މިސާލަކަށް ދެކޮޅު ޓިކެޓް ނަގާފަ ޢުމުރާވެރިންގެ ދޮކޮޅު ޓިކެޓްގެ ކޮޕީ މިނިސްޓްރީއަށް ހުށައަޅަން ޖެހޭ އެންމެ ފަހުގެ ތާރީޚް ވިސާގެ ކޮޕީ، ހޮޓެލް ބުކިންގެ ތަފްޞީލް.... މިކަންކަން ކަނޑަ އަޅާ ތާރީހަށް ދުރިހަމަނުކުރާނަަމަ ވަގުތުން ފިޔަވަޅު އަޅުއްވާ. މިކަމުގަ މިނިސްޓަރުގެ ޒިނަމާ ވަރަށްބޮޑު
ޖާގަ
09 January 2025
ތާށިވި އުމްރާވެރިން ރިސީވްކޮށް އެމީހުންގެ ހާލުބަލާން ރައީސް ދާނެބާ؟
އޮނަރަބްލް އަފީފު ދީދީ
09 January 2025
މިއީ އަމިއްލަ ޤައުމުންބޭރުގައި ދިވެހި އެތައްބަޔަކަށް ބިރުވެރިކަން އިޙްސާސްކޮށް އިންސާނިއްޔަތާއި ޙިލާފަށް ހިންގި ލޫޓޭރުމުގެ އަމަލަކަށްވާތީއާއި، އެންމެ ފަރުދެއްގެބަދަލުގައި އެތައްބައިވަރު ދިވެހި ރައްޔިތުންގެ މައްޗަށް ހިންގި ޖަރީމާގެ އަމަލަކަށްވާތީ، މައްސަލައިގެތެރެއަށް ހިދުން ހިދަށް "ދައުލަތުގެ ޕްރޮސިކިއުޓަރ އޮފީހުން ވަންނާން ޖެހޭނެ" ކަމަށް ދެކެން. މައްސަލަ ބަލާ ހޫރިމަނާ އަކުން ނިންމާލުމަކީ ވަޒީރަށް ކުރެވޭނެ ކަމެއްނޫން. މިއީ ސީރިއަށް މައްސަލައެއް.
ޑިސްއޮނަރަބްލީ ބަޔަސްޑް
09 January 2025
އޭ އަފީފޫ. ވަރަށް ހިތްދަތިވެއްޖެތޯ ބޭޅާ އަޅައިގަނެގެންއުޅޭ ރަށުބަޔަކު ނޫންވީމަ?