ރާއްޖެއިން މި ޗުއްޓީގައި އުމްރާއަށް ފުރި ބަޔަކު، ސައުދީގައި.-- ފޮޓޯ: ހައްޖު ކޯޕަރޭޝަން
01 އޯގަސްޓް 2025 - 06:08
މިހާރު ހިނގަމުންދާ ސްކޫލްތަކުގެ ފުރަތަމަ ޓާމުގެ ޗުއްޓީ ދުވަސްވަރާ ދިމާކޮށް ހަތަރު ހާހެއްހާ މީހުން އުމްރާގެ އަޅުކަމަށް ފުރާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން އިއްޔެ ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ މިދިޔަ ޖުލައި މަހުގެ 19 އިން ފެށިގެން މިހާތަނަށް ހައްޖު ކޯޕަރޭޝަނާއި އަމިއްލަ އެކި ގްރޫޕުތަކުގެ ހަވާލުގައި 3،790 މީހުން އުމްރާގެ އަޅުކަމަށް ފުރާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން ދަތުރުކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ފަސް ފްލައިޓެއްގައި އެ ދުވަހު 784 މީހުން އުމްރާގެ އަޅުކަމަށް ދިޔަ އެވެ.
މިދިޔަ މަހުގެ 24 ގައި ފެށި ސްކޫލްތަކުގެ ފުރަތަމަ ޓާމުގެ ޗުއްޓީގައި އުމްރާއަށް ދާ އެންމެ ފަހު ގްރޫޕު ފުރާފައިވަނީ އިއްޔެ ހަވީރު އެވެ. އެ ދަތުރުގައި 202 މީހުން ވަނީ ސައުދިއާ އެއާލައިންގައި އެ ގައުމަށް ގޮސްފަ އެވެ.
ރާއްޖޭގެ ގައުމީ އެއާލައިން ހިމެނޭހެން ދިވެހި ހައްޖުވެރިން އުމްރާއަށް ގެންގޮސްފައިވަނީ 27 ފްލައިޓެއްގަ އެވެ.
ސްކޫލު ޗުއްޓީތަކާ ދިމާކޮށް އުމްރާގެ އަޅުކަމަށް ދާ މީހުން މި ފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވެސް 6،000 އެއްހާ ދިވެހިން އުމްރާއަށް ގޮސްފައިވެ އެވެ.
އުމްރާގެ ދަތުރުތަކުގެ އަގު މިހާރު ނިސްބަތުން ބޮޑެއް ނޫނެވެ. ގިނަ ކުންފުނިތަކުން ޑިސެމްބަރު މަހުގެ އުމްރާ ދަތުރަކަށް މީހަކަށް އެވްރެޖުކޮށް 25،000-29،000ރ. ނަގަ އެވެ. އެހެންވެ، ސްކޫލު ޗުއްޓީގައި ކުދިން ގޮވައިގެން އުމްރާއަށް ދާ މީހުން ގިނަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2025
02 August 2025
ޢެކަމަކު މީހުން އަތުގަ ލާރިއެއްނެތް..... ބޮއިހަލަކި
ސަކީނާއްތަ
01 August 2025
އުމްރާއަކީ ޗުއްޓީއަކާއިއެކު ސަވާބު ހޯދުމަށް ކުރާއަޅުކަމެއް އަދި ބޭހަށްވެސް ދަނީ ބޭސްކުރުމާއިއެކު ޗުއްޓީއަކަށް. ދެކަމަކީވެސް ރަގަޅުކަންތައްތައް.
އެމެރިކާ
01 August 2025
4000 މީހުންނަށް ޓިކެޓަކަށް 500 ޑޮލަރު ދިނަސް އެއީ 2 މިލިއަން ޑޮލަރު.
ސަސި
01 August 2025
ޗުއްޓީ އަށް އަވަށްޓެރި ގައުމުތަކާއި، ރިސޯޓުތަކަށް ދިއުމަށްވުރެ އުމުރާއަކަށް ދިއުން ހުރިގާ ގޮތަކުންވެސް ރަގަޅު ވާނެދޯ
އުސްމާނުބެ
01 August 2025
ރަގަޅު ކަމެއް އެކަމަކު ، މައްސަލަޔަކީ ، ރައްޔިތުން އަތުގަ ފައިސާއެއް ނެތޭ ކިޔާތީވެ އުމްރާއައް 4000 މީހުން ހަމަ ގައިމުވެސް ޗުއްޓީތަކައް ދާނެ 2000 ވަރު މަދުވެގެން ދެން ކޮބާ ރިސޯޓްތައް އަދި ރައްރަށައްވިޔަސް ޗުއްޓީއައްދާމީހުން އުމްރާއައްދާން 29000ރ ، މަދުވެގެން ކޮންމެމީހަކު 15420ރ ، ޖުމަލް 177,680,000 މިލިޔަން ރުފިޔާ .
ހަމްދާ
01 August 2025
އުމްރާ އަކީވެސް ހޮލިޑޭ އަކަށް ގިނަމީހުންނަށް ވެއްޖެ.
000001
02 August 2025
މިޒާތުގެ ކަންކަމީ އިންސާނުންގެ މެދުގައި ވަރަށް ގިނަ ބަހުސްތަކަށް ދޮރު ހުޅުވިގެންދާނެ ކަންކަން. ހަޤީޤަތް ދެނެވޮޑިގަންނަވާނީ މާތްﷲ.
އަހުމިއްޓޭ
01 August 2025
ބަލަމާ ރިޓާންޓިކެޓްތަކަށް ގްރޫޕްތަކުން ފައިސާ ދައްކާފައިވާނެ ކަމަށް.