އިމަރާތްކުރަމުންދާ ތަނާއި ގަނބައިގަތް ގޭގެ އެތެރެ.-- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
11 ޖެނުއަރީ 2025 - 19:38
މާލޭގައި ގެއެއް އިމާރާތްކުރަނިކޮށް، އެ ގެއާ ޖެހިގެން ހުރި ގެއެއްގެ ބައެއް މިއަދު ގަނބައިގެންފި އެވެ.
މާލޭ ސިޓީ ކައުންސިލް ދެންމެ ބުނީ މ. ނެވިގޭޓާ އިމާރާތްކުރަމުން ދަނިކޮށް، އެ ގެއާ ޖެހިގެން ހުރި މ. ލަކީ ހެވެންގެ ބައެއް ގަނބައިގަނެ އަޑިއަށް ދާތީ އެ ގެއިން މީހުން ހުސްކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
އެ ގެ ހުންނަނީ އިއްޒުއްދީން މަގު، ހާމަ ފިހާރަ ކައިރީގަ އެވެ.
މިކަން ފާހަގަވީ މިއަދު މެންދުރު ފަހު އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
މ.ނެވިގޭޓަރ އިމާރާތްކުރަމުންދަނިކޮށް އެ ގެ ޖެހިގެން ހުރި ގެ މ.ލަކީހެވެންގެ ގަނބައިގަނެ އަޑިއަށްދާތީ އެގެއިން މީހުން ހުސްކުރުމުގެ މަސައްކަތުގައި އެ ދާއިރާގެ ކައުންސިލަރ އިބްރާހިމް އަބޫބަކުރު، pic.twitter.com/zHlhFBvMQ1
— Malé City Council (@MaleCitymv) January 11, 2025
ސިޓީ ކައުންސިލުން ބުނީ މިކަން ހިނގަން މެދުވެރިވީ ނެވިގޭޓާގެ އިމާރާތްކުރަމުން ދިޔައިރު، ޝީޓް ޕައިލް ނުކޮށް ހުރުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ. އެހެންވުމުގެ ސަބަބުން ލަކީ ހެވަންގޭގެ ފާރުތަކުގައި ރެނދުލައި އަޑިއަށް ދާކަން ފާހަގަކުރެވިފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ލަކީ ހެވަންގޭގެ ހަތަރު ކޮޓަރިއެއްގައި ދިރިއުޅޭ ހަތަރު އާއިލާ އެތަނުން ބަދަލުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ.
"މި ގޭގައި ޖުމްލަ ހަތަރު ކޮޓަރިން ހަތަރު އާއިލާ، 18 އަހަރުން ދަށުގެ ތިން ކުދިންނާއި ހަ މީހުން [ބަދަލުކުރަނީ]. ދެ ބައިގައި ބޭރު މީހުން ކުއްޔަށް އުޅޭ،" ސިޓީ ކައުންސިލުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޖުވަދު ސ
13 January 2025
ސިޓީ ކައުންސިލުން ބުނީ މިކަން ހިނގަން މެދުވެރިވީ ނެވިގޭޓާގެ އިމާރާތްކުރަމުން ދިޔައިރު، ޝީޓް ޕައިލް ނުކޮށް ހުރުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ... ވަރަށް ދެރަވަރު، އަދިވެސް ބެލެވޭ ކަމަށެވެ ބުނީމަ. އަޅެ ސިޓީ ކައުންސިލުން ނުބަލާ ޗެކް ނުކޮށްތަ ތިޔަ ވާހަކަ ދައްކަވަނީ. މިހާ ހިސާބަށް ދާއިރު ކަން ހިނގައި ދިޔަގޮތް ބެލިފަ އޮންނަަންވާނީ. މޭޔަރ އާދަމް ދެފަރާތަށް މީހުން ލައިގެން ފޮޓޯ ނެގޭތޯ ބެލުމުގެ ބަދަލުގައި އަމަލީ ގޮތުން މަސައްކައް ކުރަންވީ ނޫންތޯ.
ހަމްދާ
12 January 2025
މިރާއްޖޭގައި އެންމެ ނުބައި ފާހިޝް އަމަލުހިންގާ ރަށްށްވީމަ ތިޔަފަދަ ކަންތައްވާނެ
ކޮރަލް
12 January 2025
ހޭލުންތެރި ވާން ވީ އެވެ. ބަދަލު ހޯދަން ކޯޓް އަށް ދާން ވީ އެވެ. ނޫނީ މޮޅު ވާހަކަ އެއް ދައްކާފަ ހިނގައިދާނެ އެވެ.
ހަސަންދ
12 January 2025
ތިކަން މެދުވެރިވީ ސިޓީ ކައުންސިލުން މަސައްކަތްކުރާ ފަރާތުން ކުރަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވޭތޯ ޔަގީން ނުކުރުމުގެ ސަބަބުން. ސިޓީ ކައުންސިލުގެ އިހުމާލު
ހުސެން ސައީދު
12 January 2025
ނޫން އެއީ އެކަން ކުރިމީހުންގެ ފަރުވާ ކުޑަކަމުން، ސިޓީ ކައުންސިލަކަށް ކޮންމެ ތަނެއް މީހެއް ފަހަތުން ނުދެވޭނެ، ގަވާއިދާ ހިލާފް ވީމަ ޖުރިމާނާ ކޮއް ފައިސާ ހޯދަން ފެށީމަ ނިކަން އަވަހަށް ތިކަންކަން ހައްލުވާން ފަށާނެ. ވިސްނުން ރަނގަޅު ކޮއްލާ
ހަސަދު
12 January 2025
އެއްވެސް ޕުލޭނެތް ނެތި 30 އަހަރު މާލެ ހަލާކު ކޮށްލުމުގެ ނަތީޖާ.
ރާއްޖެ
12 January 2025
ކޮންކްރީޓް ޖަންގަލީގައި މި ކަހަލަ ކަން ނުވެ ނުދާނެ. މިތާ ދެ އިމާރާތެއް ދޭތެރެއަށް ހިންޏަކަށް ވެސް ނުވަދެވޭނެ.
ޕަމްޕު
11 January 2025
ތިމަސައްކަތް ކުރާ ބިން ކޮނެފަ އޮއްވާ މުޅި އެޞަރަޙައްދުގަ ފެން ބޮޑުވީ. ދެން އެތާ އޮތް ފެންގަނޑު ޕަމްޕު ކުރީމަ ވެލިގަނޑު ދެމޭނު. ޙުރިހާ ސަރުކާރެއް ބޮޑެތި ޚަރަދު ކޮށްގެން ހައްލު ނުވި މައްސަލައެއް ފެނުގެ މައްސަލަ
ގޫގުލ
11 January 2025
ހުރިހާ ސަރުކާރެއް ފެނުގެ މައްްސަލަ އަށް ބޮޑެތި ޙަރަދު ކުރަން ބަޖެޓް ކަނޑައަޅާފަ ހަވާލު ކުރީމަ އެވަންނަނީ އަމިއްލަ އެކައުންޓަށް،ދެން ވިސްނާ ވާނެގޮތް
މަރުހަބާ
11 January 2025
މަރުހަބާ ސިޓީ ކައުންސިލް ހީވަނީ ؟ މިސުވާލު ނޫސްވެރިން އިތުރައް ބަލަން އެބަޖޭ ކާކުތޯ ހުއްދަދިނީ ކޮންއިރަކުތޯ ހުއްދަދިނީ އަދި ސޮއިކުރިފަރާތުގެ ވަނަވަރުވެސް ބޭނުން އަންނަދައުރުގަ ކުރިމަތިލުމުގެ ކުރިން.
އިމާލް
11 January 2025
ކިތަންމެ ފުނަށް ކޮންނަ ތަނެއް ވެސް ފައުންޑޭޝަން ޕްރޮޓެކްޝަން އެބަ އެޕްރޫވްކުރޭ މިނިސްޓްރީ/ކައުންސިލުން، ހައެއްކަ އެޅިގަލުން ރާނާލާ ގޮތަށް. ޗެކަރ ސްޓޭމްފެއް އިނިއްޔާ އިދާރާތަކަށް ހެޔޮ އިލޮށިކޮޅެއް ވިއްދިޔަސް. ފުނަށް ކޮންނަ ފައުންޑޭޝަންތައް ޝީޓްޕައިލް ނުކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް. މިހާރަށް ވުރެ ރަނގަޅަށް ކުރެހުންތައް ބެލެންޖެހޭ އެބަ. ސްޓޭމްޕް ޖެހުމުގެ މާނައެއްނޫން ނޭނގިވިޔަސް އަދި ގަަސްތުގައިވިޔަސް ގޯސްކަމެއް ނުހުންނާނޭ.
އޮނަރަބްލް އަފީފު ދީދީ
11 January 2025
ކ.އަތޮޅު މާލެ އަށް ވުރެން ބިން ބޮޑު އެތައް ރަށެއްގައި ދިވެހިން ދިރިއުޅެމުން ދަނިކޮށް ސަރުކާރު ސިޔާސަތު ކަޑައަޅާ ތަންފީޒު ކުރާން ތިބި ކ.މާލޭގެ ބޮޑުން އެމީހުންނަށާއި އެމީހުންގެ ރަށަށް ކަންކަން ފަހިކުރަން މަޖުބޫރީ ޙާލަތް މެދުވެރިކޮށް ތުރާކުނުން އައްޑުއަށް ހިމެނޭ ރަށްރަށުގެ މީހުން "ކުލީ އަޅުންގެ ގޮތުގައި ތިރަށަށް ޖަމާކޮށް" އަކަކިލޯ މީޓަރ ހަމަނުވާ ރަށް ގަނޑަކަށް ދޮޅުލައްކަ މީހުން ޖަމާކުރީ އިންސާނީ ކާރިސާއެއް ހިގާފާނެ ކަމަށް ވިސްނުމެއް ނެތިތޯ.؟!
ދާނި
11 January 2025
ބަލަ މީ މުގައްދަސް ރަށްކޮޅޭ. ކަލެއަށް އެކަމެއް ނޭންގޭތަ؟
ނާޑުވާ
12 January 2025
މާލެއަށް ޖަމާވާކަށް އަންނާނެކަމެއް ނެތް. މާލޭ މީހުންނަށް އުޅެން އުދަގޫކޮށް އިޖްތިމާއީ ފޭރާން ވީދާލަން އައިސް މިތަނަށް ވެރިވެ ގަނެ އިޒްރޭލު މީހުން އުޅޭ ފާޑަށް އުޅެން މިތަނަށް ނާދެބަލަ ހެޔޮނުވާނެ. ކަލޭމެން ކަލޭމެންގެ ވަޒަނުގަ އޮވެބަލަ. ރައީސްއޮފީހާ ދެންހުރި މުއައްސަސާތަކެއްވެސް ތިޔަ އަތޮޅަށް ގެންގޮސް މާލޭ މީހުންނަށް ނޭވާއެއް ލެވޭވަރު ކޮށްލަދީބަލަ. އިމާރާތް ކުރަނީ ގޯތި ނުދީ 40 އަހަރު ވީއިރު 800 އަކަފޫޓުގަ 80 މީހުން ދިރިއުޅެން މަޖުބޫރުވެފަ އޮތީމަ. ލޯނު ދައްކަން ބިދޭސީންނަށް ކުއްޔަށް ދީފާނަން. ތިޔަބޭފުޅާ ރަށުގަ އޮވެބަލަ.
ކުރިކީލަ
12 January 2025
ނާޑުވާ. ރައީސް އޮފީހާ މުއައްސަސާތަކެއް ނޫން އަހަރެމެން ބޭނުންވެގެން މިތަނަށް އައީ. ރަށުން ކިޔެވެން ނެތީ. ޕެނަޑޯލް ގުޅައެއްވެސް ލިބެން ނެތީ. ސަރުކާރު ތަކުން އަހަރެމެންނަށް މިތަނަށް އަންނަން މަޖުބޫރުކުރީ. ގަައުމަށް ވަންނަހާ ލާރިން މާލެ އަށް ހުރިހާ ކަމެއް ޖަމާކުރަމުން ދިޔައީ. ކިރިޔާވެސް ގޮތެއް އޮތްނަމަ މިތަނަށް ނާންނާނަން. ރަށުގެ ހިތްފަސޭހަ މާހައުލު ދޫކޮށްފަ ލިބޭހާ ލާރި ކަލޭމެނަށް ދޭން އައީ މިދުނިޔެމަތީ ކުރާނެ ކަންކަން ހުސްވެގެނެން ނޫން.
މަރުޖާނު
12 January 2025
ނާޑުވާ.... އެ ފުރުސަތު ރާއްޖެތެރޭ މީހުނަށް ދީބަލަ...މާލެ އޮތް ކޮޅަށް ބޯވެސް ނިލާނަށް.
ކޮރަލް
12 January 2025
މާލެ މާލެ އަކަށް ވީ އައްޑޫ މީޙުން މާލެ އައިސް ބިންތައް ގަނެ ވިޔަފާރި ތައް ކުރުމުގެ ސަބަބުންނެވެ. އެމީހުން ރަށައްވުރެ އިސްކަން ދިނީ މާލެ އަށެވެ.
މީނަމެން
12 January 2025
ނާޑުވާ. ތިގެ ކުއްޔަށް ހިފަން ހުރި ބޭރުމީހާ އަކީ ރާއްޖެ ތެރޭ މީހެއްގެ މުއައްޒަފެކޭ. ރާއްޖެ ތެރޭ މީހާ ނެތިއްޔާ އެ ބޭރު މީހާވެސް ނުހުއްނާނެ.
ހުސޭނުގެ ހަސަނު
12 January 2025
ވިސާ ޖަހައިގެން ނޫނީ ނޭރޭ ގޮތް ހަދާފާނެ، މަވާ ގައިކޮޅު ގައިދުރު!