މާލޭގައި ގެއެއް އިމާރާތްކުރަން ކޮންނަނިކޮށް ޖެހިގެން ހުރި ގޭގެ އިމާރާތުގެ ދަށުން ވެލިގަނޑު ކެހިފައި.
13 ޑިސެމްބަރ 2025 - 20:58
މާލޭގައި ގެއެއް އިމާރާތްކުރަން ކޮންނަނިކޮށް، ޖެހިގެން ހުރި ގެއެއްގެ ތަޅުންގަނޑުން ބައެއް މިއަދު ގަނބައިގެންފި އެވެ.
މިއަދު މެންދުރު ފަހު ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
އެ ހާދިސާ ހިނގީ މާފަންނު ނަސީމީ ހިނގުމުގައި ހުންނަ ގެއެއް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ. ގަނބައިގަތީ އެ ގެއާ ޖެހިގެން ހުންނަ މ. އޭޑީ ރީޑުގޭގައި މީހުން ހިނގަން އޮންނަ ގޯޅިގަނޑުގެ ބައެކެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ އެ ހާދިސާ ހިނގުމުން އެ ސަރަހައްދަށް ހަވީރު ވަޑައިގެން ހާލަތު ބައްލަވައިފަ އެވެ. އަދި އޭޑީ ރީޑުގޭގައި ދިރިއުޅޭ މީހުންނާ ވެސް އާޒިމް ބައްދަލުކުރެއްވި އެވެ.
މ.ނަސީމީހިނގުމުގައި ގެެެއެއް މާރާތްކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް، އެގެ ޖެހިގެން ހުރި ގެ އަޑިއަށްދާތީ މޭޔަރ @adamazim އެ ގެ އަދި އެ ސަރަހައްދުގެ ހާލަތު ބައްލަވާލެއްވުން pic.twitter.com/NF9g6DZjVo
— Malé City Council (@MaleCitymv) December 13, 2025
މާލޭގައި އިމާރާތްކުރުމަށް ބިންގަނޑު ކޮނުމުގެ ތެރޭގައި ގޭގެއަށް އެކި ކަހަލަ ގެއްލުން ލިބުމުގެ ހާދިސާތައް މީގެ ކުރިން ވެސް ހިނގާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރޯމަނި
15 December 2025
ހައުސިން މިނިސްޓްރީގަ އުޅޭނެ ވަރަށް މޮޅު ކޮންސްޓްރަކަޝަން އާއި އަރކިޓެކްޗަރ ކިޔަވައިގެން ހުރި ރޯނުއެދުރެއް. އޭނަގެ ލަފާގެ ދަށުން ހުރަވީ ބިލްޑިންގއާއި ގާޒީ ބިލްޑިން އެއޮތީ ބިމާހަމަކޮށްފަ. އެހެންވީމަ އޭނަގެ ބަހެއްތިކަމުގަ ހޯދުން ބުއްދިވެރި.
ބާލިދީ
14 December 2025
މިކަން ހައްލުވާނެ އޮތީ އެންމެ ގޮތެއް. އިންފާރުން ކޮންނަ ނަމަ ކިތަންމަ ތިލަކޮށްކޮނުނަސް ދަނގަޑު ޝީޓްޕައިލް ކޮއްގެން ނޫނީ ނުކޮންނަން ގަވާއިދު ބަދަލުކުރުން. މީބޮޑު ހަރަދެއްދާ ކަމަކަށް ވާތީ ހަދާގޭގެ ވެރިފަރާތުން މިކަން ނުކުރަނީ. މަޖްބޫރު ކުރީމަ ހައްލުވީ.
ރޮމަނޯ
13 December 2025
ފުރަތަމަ ތިގަނބައިގެން ގެޔަކީވެސް މުސްކުޅި ގެއެއް. އެގޭގެ ޑެކް އަޅާފަ އޮތީވެސް ތި މުސްކުޅި ފައުންޑޭޝަން މަތީގައި ހުއްދައެއް ނުނަގާ. ބަލަ ކައިރީގެ އެހެން މީހުންވެސް އުޅެޔޭ. ގެތައް ހަދާނެ. އެގެ މުސްކުޅިކޮށް އަދިވެސް ހުރުމަކީ ދެން ތިބި މީހުންކުރާނެކަމެއްނޫން.
ާައާ
14 December 2025
ތިމާ އާފުރެލިތަނުން މެއްސެއް ވަނުމަކުން މަކުރާނެ ކަމެއްނެތް..
ރޯމަނި
14 December 2025
ކަލޯގެ ގެއަށް ތިހެންވިނަމަ ނުބުނާނެ ތިހެނެއް. ތިމާގެ އަމިއްލަ ގެ ގަޑު ބޯ މައްޗަށް ވެއްޓުނީމަ ކަލޯ ބުނަންވާނެ މިހެން. މަގޭ ގެ ބޮލަށް ވެއްޓުނީ ދެން ތިބި މީހުން ކުރާނެކަމެއް ނޫން.
ޖުހާަ
13 December 2025
މިވެސް ދެން އިންތިހާއަށް ބޮޑުވަމުން އަންނަ މައްސަލައެއް. ކައިރިކައިރީ ގޭގެ ހުންނަ އިރު ގެއެއްގެ ބައެއް ކޮނެ ނަގައިގަންނައިރު ޖެހިގެން ހުރި ތަނަށްވާނެ ގެއްލުން ނޭނގޭ ބުރާންތި އިންޖިނިއަރުންބާ މިތަންތާ މިކަން ހިނގާއިރު ބަލަން ތިބެނީ. ބަލަ މި ކުޑަކުޑަ ބިންކޮޅުގަ ބޭނުންހާ ސަކަރާތެއް ނުޖެހޭނެ. އިލޮށިކޮޅެއްގެ ޖާގަ ދެ ގެ ދޭތެރޭ ނުހުންނައިރު މިވަރުވެސް ނޭނގެނީބާ. ބަލަ މީކީ ދުނިޔޭގެ ބިން ބޮޑު ސަރަހައްދެއްހެން އޮތް ތަނެއް ނޫނޭ. ސައިޒުގަ ތިބެ ކަންކޮށްބަލަ
ރަދީފްއޮފިޝަލް / ކޮންސްޓްރަކްޝަން އެނަލިސްޓް
13 December 2025
އިންޖިނޭރުގެ އޮޕީނިއަން އޮންނަނީ ފާސްކުރާ ކުރެހުން ސެޓާއެކު މިނިސްޓްރީން ސްޓޭމްޕް ޖަހާފަ ދީފަ.ސޮއިލް ޓެސްޓް ވެސް ހަދާ.ޝީޓް ޕައިލް ކުރަން ޖެހޭނަމަ އެވާހަކަ ވެސް އޮންނާނެ.އިމާރާތުގެ ފޫޓިން އަށް ބަލާފަ ބައުންޑްރީ ވޯލް ހަދަން ކޮނުމުގެ ކުރިން ރަނގަޅަަށް ޝީޓްޕައިލްކޮށްފަ ޑީވޯޓަރ ކުރާނަމަ ލިބޭ ގެއްލުމުގެ އަސަރު ކުޑަކުރެވޭނެކަން ޔަގީން.ލޭބަރުންގެ އަތްމައްޗަށް މިމަރުހަލާ ދޫކޮށްލީމަ ފަރުވާ ކުޑަކުރެވޭ ފަހަރު އާދެ.
ރަދީފްއޮފިޝަލް /
13 December 2025
ކޮބާ ސިޓީ ކައުންސިލްގަ އުޅޭ އަރޫ؟؟ ޕްރޮޖެކްޓް ލައިސަންސް އޮތީމަ ކޮންޓްރެކްޓަރ އަަދީ ގޭގެެ ވެރިފަރާތް ޒިންމާކުރެވޭނެ ކަމަށް . މަށާ ދިމާލަށް ބުނި.މިއަދު މިއޮތީ އެތަން އައިސް ދިމާވެފަ.ޒިންމާ ކުރެވޭނެތަ؟
ދި ވެހިން
13 December 2025
ތިއީ ދިހަ މިލިއަން ނަގަންޖެހޭ ވަރުކަމެއް، އަދި އެގެ ހެދިޔަ ނުދީ ހިފަހައްޓަލަދޭތި.