އިސްލާމިކް މިނިސްޓަރު ޝަހީމް: ރަސްމީ ދަތުރެއްގައި އޭނާ މިއަދު ވަނީ ސައުދީއަށް ވަޑައިގެންފައި --- ފޮޓޯ/މިހާރު
12 ޖެނުއަރީ 2025 - 10:47
ސައުދީގެ ހައްޖާއި އުމްރާ މިނިސްޓަރުގެ ޑރ. ތައުފީގް ރަބީއާގެ ދައުވަތަކަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެ ގައުމަށް ވަޑައިގެންފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިނިސްޓަރުގެ އެ ދަތުރުގައި ހައްޖާއި އުމްރާ މިނިސްޓަރާ ބައްދަލު ކުރެއްވުމުގެ އިތުރުން ރާއްޖެ އާއި ސައުދީ އަރަބިއްޔާ ދެމެދު ކޮންމެ އަހަރަކު ވެސް ގާއިމްކުރާ ހައްޖު އެގްރީމެންޓުގައި ސޮއިކުރަން ހަމަޖެހިފައިވާ ކަމަށެވެ.
ސައުދީގެ ހައްޖު މިނިސްޓްރީން ބާއްވާ ހައްޖު މައުރަޒުގައި ވެސް ޝަހީމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ހައްޖާޖީންގެ އިންތިޒާމުތައް ހަރުދަނާ ކުރުމަށް އެ ދަތުރުގައި މަޝްވަރާ ކުރަން ހަމަޖެހިފައި ވާއިރު، ރާއްޖެއިން ހައްޖަށް މީހުން ގެންދަން ލިބޭ ކޯޓާގެ އަދަދު އިތުުރު ކުރުމަކީ ވެސް މި ސަރުކާރުގެ ވައުދެކެވެ. ރާއްޖެއަށް މިހާރު ލިބެނީ އަހަރަކު 1،000 މީހުންގެ ކޯޓާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒޫމަލް
12 January 2025
ހައްޖު ވުމާއި އުމްރާ ވުމުގެ ކަންކަމަށް އިތުރު ލުއި ކަމެއް އައުމުގެ އަލާމާތެއް
ވަހީދުއްސީސް
12 January 2025
ދެން ވަރަށް ބޮޑުގުޅަ.
ހައްވައަމާ
12 January 2025
ސައުދީ މިނިސްޓަރގެ ދައުވަތަކަށޭ... ހާދަހީނުވާކަމެކޭ،
އަސަރު68
12 January 2025
އެއީ މާކުރީގެ ހަނދާނެކެވެ. އެއީ މީގެ އެތައް އަހަރެއް ކުރިއެވެ. ބުނާގޮތުން، އަދި އަޑުއިވޭގޮތުން ކޯޓާލިބެނީ އެތަނެއްގެ މުސްލިމް އާބާދީއަށް ބެލުމަށްފަހު ދެވޭ ވަކިއަދަދެކެވެ. މިބުނާ ޒަމާނުގާ ރާއްޖޭގެ އަމިއްލަ ފަރާތަކުން 2000 މީހުނަށްވުރެ ގިނައިން އަހަރަކު ހައްޖަށްގެންދެއެވެ. އެއިރު އާބާދީ ވަރަށްކުޑައެވެ. އެކަމަކު އެއިރު 20000 މީހުނަށް ނިސްބަތުން ކޯޓާލިބިފާ، މިހާރު މިޒަމާނުގާ އެތައްލައްކައެއް މީހުން އިތުރުވީއިރު ކޯޓާ ލިބުން ދަށަށްދާންވީ ސަބަބެއްނެތެވެ
ސައުދު
12 January 2025
މީނަޔާ ހަވާލުކުރަންވީ ސައުދީގެ ކޮންމެވެސް ކަމެއްކުރަން
އަހްމަދީއަހްމަދު
12 January 2025
ﷲ އިރާދަފުޅު ކުރެއްވިއްޔާ މިދަތުރުން ކޯޓާ އިތުރުކުރެވޭނެކަމުގައި ދުޢާ ކުރަން.
އުނބުށޭމު
12 January 2025
އުންމީދުކުރަން ކުރިން ލިބުނުވަރަށް ކޯޓާލިބޭނެކަމަށް ކުރިޔަށްއޮތްތާނގައި.
ސަލާމް އަލީ
12 January 2025
ރައްޔިތުންނަށް ސާފުކޮށްދެން. މިއީ ހުރިހާ ގައުމަކަށްދޭ ދައުވަތެއް. މީގައި އެއްވެސް ހާއްސަކަމެއްނެތް. ނޫސްވެރިން ހަމަ ބޮޑު ސުރުހީއެއް އަޅާލީ. އަދި ކިއެއް. ރާޢްޖެފިޔަވައި ކޯޓާދަށްކުރި ހުރިހާ ގައުމެއްގެ ކޯޓާ ކުރިއާއެއްވަރަށް ސައޫދީން ވަނީ2022-2024ގައި މަތިކޮށްދީގފައި. ބާކީ އޮތީ ރާއްޖެއެކަނި. ގައުމު ހިންގުން ހަމަމޮޅީ. ހާރިޖީސިޔާސަތު ހަމަ މޮޅީ.
އަލްމިއާފް
12 January 2025
އެއީވަރަށްބޮޑު ތެދެއް. ސައޫދީ ސަރުކާރުން ދުނިޔޭގެ ހުރިހާ ގައުމުތަކަށް ކޯޓާ ހަމަޖައްސަން ކަނޑައަޅާފާ ހުންނަނީ މިކޮމެންޓްކުރި ސަލާމް އަލީ. އެހެންވީމާ އެހުރިހާކަމެއްވެސް އޭނާ އަށް އެނގޭނީ. ދެރައީ މިކަންކަމުގެ ސުރުޚީ އެޅުމުގެ ކުރިން މީނާ މިކަންކަން ރައްޔިތުންނަށް ސާފުނުކޮށްދޭތީ.
ހެހހެ
12 January 2025
އާ އަހަރު ފެށުނީ، ދެން މިބައިގނޑު ދެފައިއެއްތާކު ނުޖަހާނެ، ދުނިޔެ ވަށާބުރުޖެހުމުގަ، ވަރިހަމަ ނިކަމެތި ރަތްޔިތުން ނަޖިސްފެނުން ފެންވަރައިގެން ނުކައިނުބޮއެ އުޅުނަސް، މީނަގެ ވިޔަފާރި ތަރައްގީކުރުމުގަ އަބަދު ސައުދީޔައް ދަތުރުކުރުމުގަ މީނަ، ރަތްޔިތަކައްވާ ފައިދާއެއްހުރީކީނުން
ދުވެލި-
12 January 2025
ޝަހީމް އުޅުއްވަނީ މުއިއްޒާ ވާދައަށްތޯ ކާކަށްތޯ ގިނަ ހަފްލާތައް ބޭއްވެނީ ގިނަ ދަތުރު ކުރެވެނީ