ރ. މީދޫ މަގެއް.--
12 ޖެނުއަރީ 2025 - 18:23
ރ. އަލިފުއްޓާއި އެ އަތޮޅު މީދޫގައި ސިހުރު ހަދާކަމަށް ތުހުމަތުކޮށް އެ ދެ ރަށު ގެތަކެއް ބަލައި ފާސްކުރަން ފަށައިފި އެވެ.
ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ އެ ދެ ރަށުގައި ސިހުރު ހަދާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެހެންވެ އޮޕަރޭޝަނެއް ހިންގަމުން އަންނަ ކަމަށް ބުންޏަސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
އެ ދެ ރަށުގެ މީހުން ސޯޝަލް މީޑިއާގައި ވެސް އަންނަނީ ސިހުރު ހަދާ ކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ސިހުރު ހެދުމުގެ މައްސަލަތަކުގައި މީގެ ކުރިން ވެސް މީހުން ހައްޔަރުކޮށްފައިވެ އެވެ.
އަދި މިދިޔަ އަހަރު ށ. ކަނޑިތީމުގައި ސިހުރު ހެދުމުގެ ތުހުމަތުގައި ގެތަކެއް ބަލައި ފާސްކޮށް އެކަމަށް ބޭނުންކުރާ ބައެއް ސާމާނު ވެސް ފުލުހުން ހޯދާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަ މިހެން
14 January 2025
ފުލުހުންނަށް ކުރާނެ ކަމެއް ނެތިގެން ފޫހިވެފަ ތިބޭވަރު މީގެއިން އެނގެނީ. މީހަކު ހަމަ އެއްޗެއް ބުނާއިރަށް ރަށްރަށަށް އަރާ މީހުންގެ ގެދޮރަށް އަރައިގަންނަނީ. ރިޕޯޓު ކުރި މީހާ ވެސް ދެނީ ރަނގަޅު މައުލޫމާތުތޯ ވެސް ބަލާންވާނެ ދޯ. މީހުންގެ އަބުރު ކަތިލުމުގެ ކުރިން..
ފުލުހުންނޭ!!!
13 January 2025
ދިވެހިން މީ ނިކަން އަތްނުލެވޭ ނުފެންނަ އެއްޗިއްސާ ދިރިއުޅުގެ ފެއިލިއާތައް މަތިކުރާ ބައެއް. ޖޮބުލެސް ވިޔަސް އެއީ ސިހުރު. ބިޓު ކެޓިއަސް ސިހުރު. ކައްކާ ތެލީގެ ވަތުގައި ހިފިޔަސް ސިހުރު. ބޮލައް ފަސޭހަނު އެހެން އުޅެން ލޮލް. މީގަ ކަޑައީ ދިވެހި ފުލުހުން އެ ގުއި ރޯނުގައި ޖެހި އަސްލު ކުރަންޖެހޭ މަސައްކަތް ހަނދާން ނެތޭތީ. ފުލުހުން ދޭ ބަލަ ގޭންގާ ޑުރަގާ މައިތިރި ކުރަން!!!
މަޖުދީބޭ
14 January 2025
100 ގެ ވާހަކައެއް
ނާތަހުޒީބު
13 January 2025
ދުނިޔެ ތަރައްގީ ވާ ވަރަކަށް ދިވެހިން ވަނީ ގަމާރު. އަތް ނުލެވޭ ނުފެންނަ ކަހަލަ ކަންކަމާ މަތިކޮއް ލޮޖިކު ދޫކޮއްލައިފި. އެކަކު އަނެކަކަށް ޝައްކު ކުރުން އިތުރުވެ އަބަދުމެ ހިސާބު ގަނޑަށް ސީސީޓިވީ ޖައްސާ އެބަލައިން ނުބައި ނިންމުންތައް ނިންމާ ބޯ ގޮއްވަނީ. ގަމާރު ވިޔަސް ހަމަ ބޮޑު ވަރު.
ރުގީ
13 January 2025
ތި ދެ ރަށު މީހުންނަށް ނަފުސާނީ ބަލި ޖެހިފަ ތިބި ކަމަށް ފެނޭ. ސައިކޮލޮޖިސްޓުންނާ ހަވާލު ކުރައްވާ ފުލުހުން ކުރާނެ އެހެން މަސައްކަތް ހުންނާނެ. ޓެކުސް ފައިސާ ތަޅައިގެން ޖިންނި މައިތިރި ނުވާނެ ކެކެކެ
ރޯމަރު
13 January 2025
އެމެރިކާ އާއި އިޒުރޭލުން ޓެކްނޮލޮޖީ އުފައްދަނީ. އަހަރުމެން ސިހުރު އުފައްދަނީ. ތައުލީމުގެ ތަފާތު. އިދި ކޮޅަށް އެއްޗެއް ބުނި މީހަކު މުރުތައްދުވީކަމަށް ބަލަނީ.
އެނގެނީ
13 January 2025
ނޭނގެންޏާ އަޑު އަހާ..! ސިހުރަކީ ޔަހޫދީންގެ ތެރެއިން އައި ކަމެއް. އެވެސް ސުލައިމާނުގެފާނުގެ ޒަމާނުން ސުރެފެށިގެން. ބަޤަރާ ސޫރަތުގެ 102ވަނަ އާޔާތުގެ މާނަ ބަލާލަބަލަ.މިހާރު ދުނިޔޭގަ ތިކަން ނޯންނަ ހިސާބެއް ނެތް. ދިވެހިން އެކަންޏެއް ނޫން ސިހުރު ދަސްކޮށްގެން އެ ހަދަނީ.
ބުރާންތި ނުވޭ
13 January 2025
އެނގެނީ، ބަގަރާ ސޫރަތަކު ނޯންނާނެ ކުއް ހީއާ ވަހުމާ ޝައްކު ގައި އިންސާނާ ދިރި އުޅޭކައް.
އެނގެނީ
13 January 2025
ބުރާންތި ނުވޭ އަށް ބަޤަރާ ސޫރަތުގެ 102 އާޔަތުގަ ވަނީ ސިހުރުގެ ހަޤީޤަތް.ސިހުރު ހަދަން ފެށީ ކޮން ބައެއްކަމާއި ސިހުރު ޖެހޭކަން. އެހެންވެ އެއާޔަތުގެ މާނަ ބަލާށޭ ބުނީ. ކުއްހީއާ ޝައްކާއި ވަހުމުގަ ދުނިޔޭގަ އުޅޭ ވަހަކަ ބަަޤަރާ ސޫރަތުގަ އޮތެކޭ އަހަރެން ނުބުނަން. ތިހެން ތިބުނަނީ ކަލޭ އަމިއްލައަށް. ވާނުވާ ނުބަލާ ފާޑު ފާޑުގެ އެއްޗެހި ނުކިޔާ.
ޖަންގް ޝަން ޕީރިޝް
13 January 2025
21 ވަނަ ޤަރުނުގައިެސް ދިވެހިން ޤަބޫލުކުރާ ކަންކަން. ތިޔަ ސިހުރަކީ ފޭކެއް. އެއްކަމެއްވެސް ނުވާނެ ތިޔަކުން.
މޮޔަބެ
13 January 2025
ބަޤަރާ ސޫރަތުގެ 102 ވަނަ އާޔަޔުގެ މާނަ ބަލާލަބަލަ. އޭރުން އެނގޭނެ ސިހުރަކީ ޙަޤީޤަތެއްކަން. ޖެހޭ އެއްޗެއްކަން
ވާނުވާ ބޭބެ
13 January 2025
މޮޔަބެ،، އެއާޔަތުގައި އޮވޭތަ މީހަކު ބަލާލިއަސް އެއީ ސިހުރޭ؟؟
މޮޔަބެ
13 January 2025
ވާނުވާ ބޭބެއަށް. ކާކުތަ މިތާ މިކިޔަނީ މީހަކު ބަލާލައިގެން އެއީ ސިހުރޭ؟؟ލިޔެފަ ހުންނަ އެއްޗެހި ދޭހަ ނުވާ މީހުން އަލުން ބަލުން ކިޔަވަންދާން ފެނޭ!
އަލީލީ
13 January 2025
ސިހުރު ހަދަން ފޮތް ތަކާއި ތަކެއްޗާއި އެއްކޮށް އިންދާ އަތުލައިގަނެވުނު ކަމުގައި ވިޔަސް ތިޔަކީ މާ ބޮޑު އަދަބެއް ރާއްޖޭގައި ލިބޭ ކުށެއް ނޫން. ރާއްޖޭގެ ގާނޫނުލް އުގޫބާތުގަވެސް ނެތް ސިހުރު ހެދުން ކުށެއް ކަމަކަށް ދައުވާ ކުރެވޭ ކަމަކަށްވެސް. ސިހުރު ކޭސް ތަކުގަ ދައުވާ އަކަށް ކުރަނީ ރާއްޖެ އެތެރެ ކުރުން މަނާ ތަކެތި އެތެރެ ކުރުމުގެ ދައުވާ އެއީ ފޮތް ފެނިއްޖެނަމަ. އުތުރުގެ އަތޮޅެއްގަ އެންމެ ފަހުން ސާބިތުވި މީހާ އަށް އައީ ގޭ ބަންދެއް. ކޯޗެއް މީ.
ރޯބަރު
13 January 2025
ހުސް ފޭކު. ކަލޭމެން ތިތިބީ ނަފުސާނީ ބިރުވެރިކަމަކަށް ވަދެވި އެއިން ނުނުކުމެވިފަ.
ނުވިސްނާ
13 January 2025
ދެލޯފުޅާ މިއުޅޭ ޑްރަގު ލޯޑުން ނާ ގޭންގު ތައް މައިތިރި ކޮއްބަލަ. ހެޑުލައިން ހޯދަން ކޮއްފަ ނުކުރާނޭ ކަމެއް ނޭގިގެން ތިޔަ އުޅެނީ އަޅެފަހެ. މި މީހުން ބޯހަމަ ތަ ؟ކަމަކުންކުރެ ކަމެއް ނުކޮއް މުސާރަ އާ އިނާތަތް ތައް ނަގަނަގާ. އާއިލާ އެންމެންނައް ހިލޭބޭސް އަދި އެހެނިހެން އިނާތަތް، ބޯހަލާކު ވެއްޖެ.
ހުސެން ތަކުރު
13 January 2025
ށ.މަރޮށީ ވެސް ބަލާ ދީބަލަ! މިކަމަށް ރިކުއެސްޓް ކުރަން ކިހިނެއްތަ ހަދަން ޖެހެނީ؟
ނަރުސް
14 January 2025
ސައިކޮލޮޖިސްޓައް ކައެމެން ދައްކަ ބަލަ ސިކުޑީގެ މައްސަލަ އެއް ތިޔާ އުޅެނީ
ދިވެހީންގެ ދިވެހި ޖިންނީން
13 January 2025
ކޯޓު އަމުރުގެ ދަށުން ޖިންނިޝައިތޯނުން ހައްޔަރުކުރެވި މުއްދަތުޖެހި ބަޔާންނެގެންޏާ ތިކަހަލަ މައްސަލަތައް ތަހުގީގުކުރެވޭނީ.
މަބުނީ
13 January 2025
ކޮންމެ އިންސާނެއްގެ ގާތުގަ ޖިންނިއަކާ މަލާއިކަތެއް ލެއްވި. ކަލޭ ކައިރީގަ ހުރި ޖިންނި ކަލޯ ގާތު އަހާބަލަ. އެންމެ ފަސޭހައިން އަތުޖެހޭނީ އެކަލޭގެ. އެކަލޭގެޔޭ ސިހުރުވެރިޔާއަށް މަދަދުވެރިވަނީ.
އަތް ނުލެވޭ
13 January 2025
އަތް ނުލެވޭ ހުރިހާ ކަމަކާ ފުލުހުން އުޅޭނެ. ގޭންގު ތައް މައިތިރި ކުރަން ނުކެރޭނެ ހެޑްލައިން ހަދާފަ