12 ޖެނުއަރީ 2025 - 21:42
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)އެއްގައި ހިމެނޭ ޖުމްލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑު 500 މިލިއަން ޑޮލަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފި އެވެ.
އެސްއީޒެޑް ގާނޫނުގެ ދަށުން، ރައީސް މިއަދު ނެރުއްވި ގަރާރުގައި، އެސްއީޒެޑްގައި ހިންގިދާނޭ އިގްތިސާދީ މަސައްކަތްތައް ކަމުގައި ކަނޑައަޅުއްވާފައިވަނީ، 100 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދުގެ އިންވެސްޓްމަންޓްތަކެވެ.
މިއީ މިދިޔަ ޑިސެމްބަރު މަހު ރައީސް ނެރުއްވި ގަރާރުގައި ވެސް ކަނޑައަޅުއްވާފައިވާ އަދަދެވެ.
ނަމަވެސް، މިއަދު ނެރުނު އާ ގަރާރުގައި، އެސްއީޒެޑެއްގައި ޖުމްލަ 500 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓް ހިމެނޭގޮތަށް ތަރައްގީ ކުރުމަށް ހުށަހަޅާ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓް މަޝްރޫއުތައް ވަނީ ކަނޑައަޅުއްވައިފަ އެވެ.
ސްޓްރެޓީޖިކް އިންވެސްޓްމަންޓުތަކުގެ ތެރެއިން، އިންވެސްޓްމަންޓެއް ހިމެނޭގޮތުން ގާއިމުކުރުމަށް ހުށަހަޅާ ޖުމްލަ 100 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓްގެ ތެރޭގައި ނުވަ ބާވަތެއްގެ އިންވެސްޓްމަންޓް ހިމަނުއްވާފައިވެ އެވެ.
1. އެކްސްޕޯޓަށް އިސްކަންދީގެން ހިންގާ މެނުފެކްޗަރިންގެ އެކި ބާވަތުގެ މަސައްކަތްތައް.
2. ޓްރާންސްޝިޕްމަންޓް ޕޯޓް، އިންޓަރނޭޝަނަލް ލޮޖިސްޓިކްސް، ޕޯޓް، އެއާޕޯޓް، ބަލްކް ބްރޭކިން، ބަންކަރިން، ޑޮކިން ސާވިސަސް.
3. ޔުނިވާސިޓީ، ޓާޝަރީ ހޮސްޕިޓަލް، ސްޕެޝަލިޓީ ހޮސްޕިޓަލް، ދުނިޔޭގެ ފެންވަރުގެ ރިސާޗް އެންޑް ޑިވެލޮޕްމަންޓް ފެސިލިޓީތައް.
4. ދުނިޔޭގެ ފެންވަރުގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ޕާކް، އައިސީޓީއާ ގުޅޭ ފެސިލިޓީތައް.
5. އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް، އިންޓަނޭޝަނަލް ޓްރޭޑް ސެންޓަރުތައް.
6. އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ.
7. ރާއްޖޭގައި ނެތް ޓެކްނޮލޮޖީއެއް ރާއްޖެއަށް އާންމުކުރުމަށް ހިންގޭ މަސައްކަތްތައް.
8. ފުޑް ސެކިއުރިޓީގެ ދާއިރާ.
9. ގޭސް އެކްސްޕްލޮރޭޝަންގެ މަސައްކަތްތައް.
ޖުމްލަ 500 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓް ހިމެނޭގޮތަށް ތަރައްގީ ކުރުމަށް ހުށަހަޅާ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓް މަޝްރޫއުތަކުގެ އަގު ހާއްސަ ކުރަންވާނީ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓުގެ ކޮމްޕޯނަންޓް ތަކަށް ކަމަށްވެސް ގަރާރުގައި ކަނޑައަޅުއްވާފައިވެއެވެ.
އެސްއީޒެޑް ގާނޫނު ފާސްކުރީ 2014 ވަނަ އަހަރު އެވެ. އެ ގާނޫނު ބުނެފައިވާ ގޮތުން، އިންވެސްޓްކުރަން ޖެހޭ ދާއިރާތަކާއި އަދަދު ކަނޑައަޅުއްވާނީ ރައީސެވެ.
ގާނޫނު ފާސްކުރި ފަހުން އެއްވެސް މަޝްރޫއުއެއް ހިންގިފައިނުވަނީސް، މި ސަރުކާރުން ވަނީ ގާނޫނުގެ ދަށުން ހިންގާ ފުރަތަަމަ ޕްރޮޖެކްޓަށް އިނީޝަލް ޕާމިޓް، އެސްއީޒެޑްގެ ބޯޑު އޮފް އިންވެސްޓްމެންޓުން މިދިޔަ އަހަރުގެ އޭޕްރީލް މަހު ދީފަ އެވެ. ސޯލާ ޕެނަލް ހަރުކުރުމުގެ މި ބިޔަ މަޝްރޫއެއް ހިންގުމުގެ ފުރަތަަމަ މަރުހަލާގެ ހުއްދަ ދިނީ ކެނެޑާގެ އެބްރަކްސަސް ޕަަވަ ކޯޕަރޭޝަނަށް އެވެ. އެ ޕްރޮޖެކްޓުގެ ޓެކްނިކަލް ޕާޓްނަރަކީ ސަންގްރޯ ޕަވަ ސަޕްލައި ކޯ އެވެ. އެ ޕްރޮޖެކްޓާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.
ސޯލާ ޕެނަލް ހަރުކުރުމުގެ މި ބިޔަ މަޝްރޫއެއް ހިންގުމުގެ ފުރަތަަމަ މަރުހަލާގެ ހުއްދަ ދިނީ ކެނެޑާގެ އެބްރަކްސަސް ޕަަވަ ކޯޕަރޭޝަނަށެވެ. އެ ޕްރޮޖެކްޓުގެ ޓެކްނިކަލް ޕާޓްނަރަކީ ސަންގްރޯ ޕަވަ ސަޕްލައި ކޯ އެވެ.
އެ ޕްރޮޖެކްޓާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒޫމަލް
13 January 2025
އިންވެސްޓް ހޯދަން އެގޭ ވެރިއެއް ކަމުން ، އެއީ އެއްވެސް ކަމެއް ނޫން
ހަދާށޭ
13 January 2025
އެސްއީޒެޑް ގެ ދަށުން ޗައިނާ ފްރީޓްރޭޑަށް އަމަލު ކުރަން ފެށުމުން ދެން މާލެ ސަރަހައްދުން ފޭދޫ ފިނޮޅު އިރުން އޮތް ފަޅު ހިއްކާލާ އެތަނުގައި ޗައިނީސް ލައިޓް އިންޑަސްޓްރިއަލް ޕާރކް ހަދަން ސީދާ ޗައިނާ ސަރުކާރަށް އެފަޅު ކުއްޔަށް ދޭންވީއޭ 100 އަހަރަށް ކުއްޔަކީ އަހަރަކު 12 މިލިއަން ޑޮލަރު 100 އަހަރު ދުވަސް ވަންދެން ކުއްޔަށް ބަދަލެއް ނާންނަ އުސޫލުން އެކަން ކުރާށޭ އެއިރުން ރާއްޖޭން އިންޑިއާ އަށް މުދާ އެކްސްޕޯރޓް ކުރެވޭނެއޭ ގާފަރު ފަޅުގައި އޮއިލް ރިފައިނަރީ
ސަލީމު އިދުރީސް
13 January 2025
ތިބޭފުޅާ ތިބުނާ ބާވަތުގެ އެއްވެސް އިންޑަސް ޓުރީއެއް މާލެ ސަރަދުގަ ނުހިންގޭނެ! ޗައިނާގަ އަގުހެޔޮ ހުނަރުވެރި ލޭބަރުން އޮވެފަ ބިމާ ވަސީލަތްތައް އެއީ ޗައިނާގެ ކުރި އެމަކީ! ވިއަފާރި ކުރާނީ ފައިދާހޯދަން މީދިވެހިރާއްޖެ ވީމަ ނުވަތަ ޑރ މުއީޒު ވެރިކަމުގަ ހުރެގެންނޭ ކިއާފަ ބަކު ދެރާޅު ޖަހާއިރައް ގިރާލާވަރުގަ އޮތް އަޑީގަ ބޯފެންދެއްހާ ވަސީލަތެއްނެއް ދޮންވެލި ފުންޏެއްގަ ދިބާވަތުގެ އިންވެސްޓު ނުރާނެކަން ބުއްދި ސަލާމަތުން ހުރި ކޮންމެ މީހަކަން އެނގޭނެ
ސަލީމު އިދުރީސް
13 January 2025
ދެކޮންޓިނަރު ބަހައްޓާ އޮފީހެން ހަދައިގެން ބަންކަރީ އިންޑަސްޓުރީ ފަށައިގެން އަހަރަކު 400 މިލިއަން ލިބޭއިރު 500 މިލިއަންގެ ބަދަލުގަ މަދުވެގެން 40 ހާސްވަރު އިންވެސްޓު ކުރަން ޖެހޭގޮތައް ފާސްކުރިނަމަ ގިނަ އިންވެސްޓަރުން ވީހޭނޫންތޯ
މުޑަހަންޖާ
12 January 2025
ބޯޓުދެލިނެގުމާއި ފަރުބަދަކެނޑުންފަދަ މުހިންމު ކަންކަން ތިލިސްޓުން ފެންނާންނެތީތީ އަހަރެމެންމިތިބީ ތިކަމަށް ތާއީދުކުރާގޮތަކަށްނޫން.
ބެމީ
12 January 2025
އެސްއީޒެޑް ދަށުން މާލެ ސަރަހައްދު އެނބޫދޫ ފަޅުގައި ހިއްކާފައިވާ ރަށް ތައް ހިއްކާ ބޮޑު ކޮށް ހަދާ 5 ހެޚްޓަރުގެ ބިމެއްގައި އިންޓަރނޭޝަނަޅް ޑޭޓާ ސެންޓަރު ހަދަން ހުއްދަ ދޭންވީއޭ އޭއައި އަންނައިރު މާލެ ސަރަހައްދުގައި 900 މިލިއަން ޓެރަބައިޓްގެ ސަރވާރސް ތައް ކްލައުޑް ސްޓޯރޭޖްގެ ގޮތުގައި އިމާރާތް ތަކުގައި ހުރެ އޭގެ ނަކަލު އިމާރާތާއި ދިމާލު މަތީ އޯރބިޓް ގައި ދަތުރުކުރާ ސެޓެލައިޓް އެއްގައި ހުރި ސަރވާ އަކަށް އޭގެ ކޮޕީ ރިއަލް ޓައިމްގައި ސޭވް ކުރެވޭނެ ގޮތް
އޮނަރަބްލް އަފީފު ދީދީ
12 January 2025
ޢަދަދު ތަކެއް ކަޑައަޅާފައި ތިފަދަ ކަންކަމަށް ފުރުސަތު ދޭއިރު ތިކަންކަން ބެލޭނެ އިންތިޒާމް ތަކެއްވެސް ކަޑައަޅާ އާންމު ކޮށްފައި ހުންނާންޖެހޭ. މިފަދަ ގޮތަކަށް ކަންކަން ނުހުންނާތީ 700 މިލިޔަން ޑޮލަރ އިންވެސްޓް ކުރާނެ ކަމަށް ބުނެ ބޭރު ބަޔަކު ނެގި އެނބޫދޫ ފަޅު ހިއްކައިގެން އެތައް ރަށެއް ހަދާ އެރަށްތައް ބޭރުގެ ފަރާތް ތަކަށް ވިއްކައިގެން އެތައް ސަތޭކަ މިލިޔަން ޑޮލަރުގެ މާލީ ނަފާވެރިކަން ހޯދައިގެން އެމީހުން ހަމަޖެހިގެން އެތިބެނީ.