މާލޭގައި ހުންނަ ރެޑްވޭވްގެ ފިހާރައެއް: ރެޑްވޭވްގެ ރޯދަ ސޭލްގެ ބޮޑު އިނާމަށް މިފަހަރު ވެސް އެއް ލައްކަ ރުފިޔާ ވަނީ ހުށަހަޅާފައި --- ފޮޓޯ/މިހާރު
13 ޖެނުއަރީ 2025 - 10:50
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސުޕަމާކެޓްގެ ވިޔަފާރިކުރާ ރެޑްވޭވްއިން ހާއްސަ ޑިސްކައުންޓްތަކާއި އަގުހުރި އިނާމުތަކަކާއެކު ރޯދަ ޕްރޮމޯޝަން ފަށައިފި އެވެ.
އެ ޕްރޮމޯޝަންގައި އެ ފިހާރައިން ވިއްކާ އެކި އައިޓަމްތަކުން ފަސް ޕަސެންޓާއި 70 ޕަސެންޓާ ދެމެދުގެ ބޮޑެތި ޑިސްކައުންޓުތަކެއް ލިބޭނެ އެވެ. އަދި ރެޑްވޭވްގެ ފިހާރަތަކުން ކުރާ ކޮންމެ 500ރ. ގެ ވިޔަފާރިއަކަށް ހާއްސަ ލަކީޑްރޯއެއްގައި ބައިވެރިވުމަށް ކޫޕަނެއް ލިބޭނެ އެވެ.
އެ ލަކީޑްރޯގެ އެއް ވަނަ އިނާމަކަށް ހުށަހަޅާފައިވަނީ އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެވެ. އަދި ދެވަނަަ އަށް ހޮވޭ ހަތް މީހަކަށް 10،000ރ. ގެ ގިފްޓު ވައުޗަރެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ތިން ވަނަ އަށް ހޮވޭ ފަސް މީހަކަށް 5000ރ. ގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފަ އެވެ.
ރެޑްވޭވުން ބުނީ އެ ފިހާރައަކީ ބާޒާރުގައި މުދަލުގެ އަގުތަކަށް އައިސްފައިވާ ބަދަލުތަކުގެ އަސަރު އާންމުންނަށް ނުކުރާނެ ގޮތަކަށް އަދި ހެޔޮ އަގުގައި ގިނަ ތަކެތި ލިބެން ހުރި ތަނެއް ކަމަށެވެ. އަދި ދިގު މުއްދަތަކަށް ބޭނުން ކުރެވޭނެ ތެލި ސެޓާއި ތަށި ސެޓު އަދި ބަދިގެ އާއި ގޭތެރެއަށް ބޭނުންކުރާ އެކި ބާވަތުގެ ފަރުނީޗަރާއި ބެޑްރޫމް ސެޓް ފަދަ ފަރުނީޗަރު ވެސް ލިބޭނެ ކަމަށް ރެޑްވޭވުން ބުންޏެވެ.
Redwave Online Amazing Prices - Buy Online or Visit us Today
Get the best deals on Redwave Online! Enjoy free delivery & unbeatable prices on TVs, ACs, furniture, and more. Upgrade today!
Redwave Online
ރެޑްވޭވްގެ ވެބްސައިޓު. މި ވެބްސައިޓުން ވެސް ވިޔަފާރި ކުރެވޭނެ.
ރެޑްވޭވްގެ ހުރިހާ ފިހާރަތަކާއި ވެބްސައިޓުގައި ރެޑްވޭވްގެ ރޯދަ ސޭލް އަންނަ އޭޕްރިލް މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.
ރެޑްވޭވްގެ ރޯދަ ސޭލްއަކީ ކަސްޓަމަރުންގެ ފަރާތުން ކޮންމެ އަހަރަކު ވެސް ހޫނު ތަރުހީބެއް ލިބޭ ޕްރޮމޯޝަނެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުންއަސަރު
13 January 2025
ރެޑްވޭވް ސަލީމް އަށް ބުނެލަން ބޭނުންވަނީ ދިވެހި ރައްޔިތުންނަށްޓަކާ ސަލީމް ކޮށްދެއްވާ މިންނެތް މަސައްކަތަށް ޝުކުރިއްޔާއޭ. އަދި އާންމުކޮށް އެހެން ފިހާރަތަކަށްވުރެ ގިނަވައްތަރުތައް އަގުހެޔޮކޮށް ވިއްކަންހުންނަކަން ފާހަގަވޭ. ދެން ބުނެލަން ބޭނުންވަނީ ދިވެހިރައްޔިތުންނަށްޓަކާ މިފެށޭ ރޯދަމަހު އިތުރަށް ދީލަތިވެލައްވާށޭ. އޭރުން އެކަމުގެ ފައިދާއާ މަންފާ ވިޔަފާރީގާ އިތުރަށް ބޮޑުވެގެންދާނޭ. ހުރިހާ މުދަލެއް އެންމެ ހެޔޮ ފިހާރައަކީ ރެޑްވޭވް ކަމުގާ ހައްދަވާށޭ.