އައިޖީއެމްއެޗް-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
13 ޖެނުއަރީ 2025 - 13:55
މޫދުގައި އުޅެނިކޮށް ޒުވާނެއްގެ ކަރަށް ތޮޅިއެއް ހެރި އަނިޔާވެއްޖެ އެވެ.
ރ. މީދޫ އެ މީހާގެ އާއިލާއިން މިއަދު ވާހަކަދެއްކި މީހަކު ބުނީ، އެ އަތޮޅު މަޑުއްވަރީ ދޯންޏެއްގައި މަހަށްދާ ޒުވާނާގެ ކަރަށް މީގެ ދެ ދުވަސް ކުރިން ތޮޅިއެއް ހެރުނީ ފ. އަތޮޅު ހިސާބުގައި ރޭގަނޑު ސްނޯކަލްކުރަން އުޅެނިކޮށް ކަމަށެވެ. އެ ތޮޅި ހެރުނު ގޮތުން ކަރުގެ ނާރަށް ގެއްލުންވެފައިވާ ކަމަށް ބުންޏެވެ.
އޭނާއަށް މިހާރު އަންނަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ. އިމަޖެންސީގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ވޯޑަށް ބަދަލުކޮށްފަ އެވެ.
އެ އަނިޔާއާ ގުޅިގެން އޮޕަރޭޝަން ކުރަންޖެހެނީ އޮބްޒާވްކޮށްގެންނެވެ. ނަމަވެސް، ރާއްޖޭގައި އެގޮތަށް އޮބްޒާވްކޮށްގެން އޮޕަރޭޝަން ކުރެވެން ނެތުމުން އާއިލާއިން މިހާރު އަންނަނީ އިންޑިއާއަށް ދިއުމަށް ތައްޔާރުވަމުންނެވެ.
މޫދުގައި އުޅެނިކޮށް ތޮޅީގެ ހަމަލާ އަމާޒުވުމަކީ ރާއްޖޭގައި ހިނގާ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވައްމާ
13 January 2025
ތޮޅި އަކީ ނުރައްކާ އެެެއްޗެއް. މޫދަށް ރެގަނދޫ އަލި ކުރުމުން ތޮޅީގެ ތޮބިއްޔަތު ބަދަލު ވެ ފުންމަން ފަށާ.
ބްލެޑަރ
13 January 2025
ދެން ހުރިހާ ތޮޅިއެއް ހިފާ
ބްލެޑަރ ބަނޑު
13 January 2025
ކަލޭމެންނަށް ކަމަކު ނުދާނެ ކަމަކަށް ބޭނި ނުގަނެއެއް. ހިފާބަލަ ތޮޅިތައް ކަލޭ ގޮސް