ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަނެއްކަން އަންގައިދޭ ސަރަހައްދެއްގައި ޓޭޕު ދަމާފައި.--
13 ޖެނުއަރީ 2025 - 11:27
ސިހުރު ހަދާ ކަމުގެ ތުހުމަތުގައި އިއްޔެ ފާސްކުރަންފެށި ރ. މީދޫ އާއި އެ އަތޮޅު އަލިފުށިން 12 ގެ ބަލާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން އިއްޔެ ހަވީރު އެ ދެ ރަށުގެ ގެތައް ފާސްކުރަން ފެށީ ސިހުރު ހަދާ ކަމަށް ރިޕޯޓު ކުރުމުންނެވެ.
ފުލުހުން ބުނީ މީދޫން ހަތް ގެ އަދި އަލިފުށިން ފަސް ގެ ފާސްކޮށްފައިވާ ކަމަށެވެ.
ފާސްކުރި ގެތަކުން މީހަކު ހައްޔަރުކުރިކަމެއް އަދި އެ ގެތަކުން ސިހުރު ހެދުމަށް ބޭނުންކުރާ ސާމާނު ފެނުނު ކަމެއް ނުވަތަ ނޫން ކަމެއް ވެސް ފުލުހުން ނުބުންޏެވެ.
އެ ދެ ރަށުގެ މީހުން ސޯޝަލް މީޑިއާގައި ވެސް އަންނަނީ ސިހުރު ހަދާ ކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ސިހުރު ހެދުމުގެ މައްސަލަތަކުގައި މީގެ ކުރިން ވެސް އެކި ރަށްރަށުން ގެތައް ފާސްކޮށް ބައެއް މީހުން ހައްޔަރު ވެސް ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
13 January 2025
ހާދަވަރުގަދަ ސިހުރެކޭދޯ ތިޔަހެދިބަޔަކު ތިޔަ 12 ގެއަކަށް ތިއޮތީހަދާފަ، މާލޭގަ ތިބިޕޮލިސް ގެންގޮސް 12 ގެ ދޮވެލީވިއްޔަ.
ފިތުނަ ފަސާދަ އައުޓް
13 January 2025
ދިވެހިންގެ ނާތަހުޒީބު ކަމާ ބޯދާ ވިސްނުމާ ޖާހިލު ކަމާ ވަހުމާ ޝައްކުން ގައުމު ހަލާކު ވެއްޖެ. 1000 މީހުން ކިރިޔާ ހަމަވާ ކުދި ރައްރަށުގައި އެކަކު އަނެކަކަށް އިގިލި ދިއްކޮއް އިލުޒާމު އެޅުވުން އާއްމު ވެއްޖެ. ކުއް ހީ އަކީ ފާފައެއް! އަދި މީހުން ބޮލުގައި ލޮލައް ނުފެންނަ ތުހުމަތު އެޅުވުން ވެސް އެއީ ފާފަ.
ގަހަކުން ފަތެއް ހެލި ލިޔަސް ސިހުރޯ
13 January 2025
ލައިފުގެ ހުރިހާ ގޯހެއް ސިހުރައް މަތި ކޮއްފަ ނިންމާލަނީ. ދިވެހިންގެ ވިސްނުން 21 ވަނަ ގަރުނަށް އައި އިރު ހުރި ހިސާބު ކަލޯގެޔާ.
ހަޤީޤަތަކީ
13 January 2025
ލައިފުގެ ހުރިހާ ގޯހެއް ސިހުރަށް މަތި ނުކުރާނެ އެކަކުވެސް. ސިހުރު ޖެހުނީމަ އެނގޭނީ އޭގެ ސުންޕާކަން. އަހަރެން މީ އެކަން ލޮލުން ދެކެފަ ހުރި މީހެއް..ބައެއް މީހުން ގަބޫލެއް ނުކުރޭ ޖިންނި އަވަލާ ކަމަކަށްވެސް. އެކަމަކު އަހަރެން ދުށިން އަންހެން ކުއްޖަކު ޖިންނީގެ ސަބަބުން އުޅުނު ހާލު. އަދި އެވެސް ޤުރްއާން ގަޑިއެއްގަ ކިޔަވާ ނިންމާލި ތަނުން ހިނގި ކަމެއް. މި ދެކަންތައްވެސް ހިނގީ މި 21 ވަނަ ގަރުނުތެރޭ.
ސިހުރު ހާހޫރާގަ ޕޮލިހުން-ކަޑަ
13 January 2025
ސިހުރު ހެދިކަމަށް ބަލާނީ ކޮންކަމެއްގެ މައްޗަށް ބިނާކޮށްބާ؟ ފުލުހުންނަށް ތަޙުޤީޤު ކުރުމުގެ ދާއިރާއިންދޭ ތަމްރީނުގައި ހިމެނޭބާ ސިހުރާބެހޭ ފޮރެންސިކް ބައެއއްވެސް!! އަސާސެއްނެތް ކޫސަނި ބާތިލު ކަމެއްގެތެރެއަށް ޕްރޮފެޝަނަލް މަސައްކަތްކުރާ ބަޔަކު ވައްދައިގެން ދެން ކޮން ސަކަރާތެއްް. ތީގެން ސާބިތުކުރެވޭނީ ކޯއްޗެއް. ހެއްކާ ޤަރީނާ ކޯޓަށް ހުށަަހެޅޭނެ؟ ތަނއކޮޅެއް ހޭލިނއތެރިވާން ވެއްޖެދޯ. ސިހުރު ހަދާ މީހުން ލައިރި ބުނރބަލަ އިޒްރޭލާ ދެކޮޅަށް އެއްޗެއް ހަދަން
ޕެރީ ޕޮޓަރ
13 January 2025
މިކަމުގައި ބަންދުކުރާ މީހުން ގެންދަނީ އަޒްކަބާންއަށްތަ؟
ސުއޭޒްކެނެލް
13 January 2025
ސިހުރު ސްކޭމް ފިޖާމާ ސްކޭމް.. ދިވެހިން ދަނީ ފަހަތައް!
ސަލީމު އިދުރީސް
13 January 2025
ސާދަ ސަތޭކަ އަހަރު ފަހަތުގަ ވިސްނުން ހުރިބަކު ޑިޖިޓައް އިގުތިސޯދޭ ފަޅޮލޭ ނުކިއާ
ށިސިިސ
13 January 2025
ދިވެހި ބަހުން ލިޔާއިރު ސުކުން ނޭނގޭ މީހުން ކިތައް އަހަރު ފަހަތުގަ ބާ؟؟
ސީސީ ޓީވީ
13 January 2025
ދިވެހިން ރަށްރަށުގައި ވައި ވެގެން ކުރާނެ ކަމެއް ނެތިގެން މީހަކު ބަލާލިއަސް އެއީ ސިހުރައް ހަދާ ޝައްކާ ވަހުމުގެ ތެރޭގައި ގަރަގު ވަނީ. ޝައްކާ ވަހުމަކީ މުޖުތަމައުގެ ހަލާކު!!
ތުއްތު ކަލޯ
13 January 2025
ޗެކުކުރި މީހުންނަށް ބޫގަލާއި ސިހުރާއި ހާހުރަ އާއި ތަވީދާއި އެއްޗެހި ފެނުނީމާ ވަކިކުރަން އެނގޭނެބާއޭ ހިތަށް އަރާ
ހާހޫރަ
13 January 2025
ފުލުހުން ކީއްވެތަ ގޭންގު ގެތައް މިހެން ފާސް ނުކުރަނީ؟؟؟