ރައީސް މުއިއްޒަށް އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކައިސް މިއަދު މަރުހަބާ ދަންނަވަނީ.---ފޮޓޯ؛ ރައީސް އޮފީސް
13 ޖެނުއަރީ 2025 - 21:33
ރައީސް ޑރ. މުހައްމަދު މުއިއްޒު އެސްޓޯނިއާ އަށް ވަޑައިގަތުމުން އެ ގައުމުގެ ރައީސް ޑރ. އަލާރް ކައިސް މިއަދު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ބުނީ އެސްޓޯނިއާގެ ރައީސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅުގައި، ރައީސް އަދި ރާއްޖޭގެ ވަފުދަށް ރިޔާސީ ގަނޑުވަރުގައި މަރުހަބާ ވިދާޅުވި ކަމަށެވެ.
އެ ރަސްމިއްޔާތުގައި އެސްޓޯނިއާގެ އަސްކަރިއްޔާއިން ދެ ގައުމުގެ ގައުމީ ސަލާމް ކުޅެފައިވެ އެވެ. އެއަށްފަހު އެ ދެ ބޭފުޅުންގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އިންސްޕެކްޓް ކުރެއްވި އެވެ.
ރައީސް ޑރ. މުއިއްޒު އިސްޓޯނިއާގެ ރިޔާސީ ގަނޑުވަރަށް ވަޑައިގެން، މެހެމާނުންގެ ފޮތުގައި ސޮއިކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ތައާރަފްގެ ބައްދަލުވުމަށް ފަހު ދެ ރައީސުން އެކުގައި ހަނދާނީ ފޮޓޯފުޅެއް ނަންގަވައި، މެހުމާނުންގެ ފޮތުގައި ރައީސް ވަނީ ސޮއިކުރައްވައިފަ އެވެ.
ރައީސްގެ މި ދަތުރުފުޅަކީ ޑިޖިޓަލް ޓެކްނޮލޮޖީ އާއި ސައިބަ ސެކިއުރިޓީއާ އީ-ގަވަނަންސް އާއި މޫސުމީ ބަދަލުތަކާއި ތައުލީމީ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި ގުޅިގެން މަސައްކަތް ކުރުމަށް އިތުރު ފުރުސަތުތައް ހޯދުމަށް ކުރައްވާ މަސައްކަތުގެ ބައެކެވެ.
ރައީސް މުއިއްޒަށް އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކައިސް މިއަދު މަރުހަބާ ދަންނަވަނީ.---ފޮޓޯ؛ ރައީސް އޮފީސް
ޔޫރަޕްގައި ހިމެނޭ އެސްޓޯނިއާއަކީ 1.3 މިލިއަން މީހުން އުޅޭ ގައުމެކެވެ. ރާއްޖެ އާއި އެސްޓޯނިއާ ސިޔާސީ ގުޅުން ގާއިމްކުރީ މާޗު 22، 1994 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒޫމަލް
14 January 2025
ހައިސިއްޔަތު ހުރަ ވެރިއެއް ކަން ސާފުނޫންތޯ
އަންމި
14 January 2025
ގައުމުތަކުން ދައުވަތާ އެއްޗެސް ދޭނެއްނު. ދުނިޔޭގެ ލެވެލްގަ ގަޓުހުރި ރައީސްއެއްކަން އެންމެނަށް ސާބިތު ކޮށްދީފަ ހުރީ އެތަށް ފަހަރެއްގެ މަތިން. މަ ނަމަ މަވެސް ރައީސް އަކަށް ދައުވަތު ދެންޏާ ދޭނީ ރައީސް މުއިއްޒަށް
ރައޫފްް
14 January 2025
ހަރުދަނާ ވެރިން ވީމަ ހުރިހާ ތާކުންވެސް ބަލައިގަންނާނެ
ބަކުރުު
14 January 2025
އެގައުމުގައި ރަތްދޫލައިގެ މަރުހަބާ އެއްނުކިޔާދޯ؟ ޓެކްނޮލޮޖީ ނޫދޫލައިގެ މަރުހަބާ އެއްކަމަށްފެންނަނީ.
ޕއސ ބޮޓެއް
14 January 2025
ރައީސް މުއިއްޒުގެ މާތްކަން މިފެންނަނީ. ކުރީގެ އެއްވެސް ރައީސްއަކަަށް ނުވިކަމެއް.
އިބުރާ
14 January 2025
މިދަތުރުގެ ބޭނުމަކީ ކޮބައިބާވައޭ ހިތަށް އަރަނީ. ތީގަ ތިހުރީ ތިޔަ ތަނަކަށް ނުގޮސްވެސް ކުރެވޭނެ ކަންކަމުގެ ވާހަކަ. ދެން އެހެނެއްނޫން، އެންމެ ގިނަ ގައުމަށް ބޭކާރު ދަތުރުކުރި ރައީސަކަށް ވެލައްވަން ކުރާ ދަތުރެއް ނަމަ އޯކޭ..،
ހަޖަމްސް
14 January 2025
މިކަމުން ދައްކައި ދެނީ މުޅި ދުނިޔޭން ވެސް ރައީސް މުއިއްޒު ބަލައިގަންނަ ކަން!
ޖުމްހޫރީޖުމްހޫރީ ދުވަސް ދުވަސް
14 January 2025
ދުނިޔެ ބަލައިގަތަކަސް އެއްކަމެއްވެސް ކުރަން އެނގިވަޑައިނުގަންނަވާ
ވިދޯން
14 January 2025
ދެން؟ އެބަ ކުރެވޭތަ؟
ޖައިލަމު
14 January 2025
ހުރިހާ ގައުމުތަކުންވެސް އަޅުގަނޑުމެންގެ ރަޢީސް އަށް ތާއީދު ކުރެއްވުމަކީ ރައީސްގެ ސިޔާސަތާ އިސްތިގްބާލް މުޅި ދުނިޔެ ގަބޫލުފުޅު ކުރައްވާ ކަމުގެ ހެއްކެއް.