ރައީސް ވަނީ އެސްޓޯނިއާގެ ތަޖުރިބާއިން އިބުރަތް ލިބިގަތުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައި.
ރައީސް މުއިއްޒާއި އެސްޓޯނިއާގެ ރައީސް ކަރިސް އިއްޔެ ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
14 ޖެނުއަރީ 2025 - 07:23
އެސްޓޯނިއާ އިން ޑިޖިޓަލް ޓްރާންސްފޯމޭޝަނާއި އިނޮވޭޝަންގެ ދާއިރާ އިން ހޯދާފައިވަނީ ތައުރީފު ހައްގު ކުރިއެރުންތަކަކާއި ކާމިޔާބީތަކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ، އެސްޓޯނިއާގެ ރައީސް ރައީސް އަލާރް ކަރިސްގެ ދައުވަތަކަށް މިހާރު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބޭއްވެވި ރޭގަނޑުގެ ރަސްމީ ފަރިއްކޮޅުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވިގޮތުގައި އެސްޓޯނިއާ އިން ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ދާއިރާ އިން އެހާ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކުރީ އެ ގައުމުގެ ރައީސް ކަރިސްގެ ދުރުވިސްނުންފުޅާއި އިސްނެންގެވުމާ އެކު އެވެ.
"އަދި އެ މަނިކުފާނު ވަނީ އެސްޓޯނިއާއަކީ ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ޒަރިއްޔާއިން މުޖުތަމައުތައް ބާރުވެރިކުރުމުގެ ލާމަސީލު މިސާލެއްކަން ފާހަގަކުރައްވައި، އެ ގައުމުގެ ތަޖުރިބާއިން އިބުރަތް ލިބިގަތުމަށް ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ،" ރައީސް އޮފީހުން ބުންޏެވެ.
ވިހާތަނުން އެސްޓޯނިއާގެ ކޮންމެ ކުއްޖަކަށް ޑިޖިޓަލް އައިޑީ ކާޑެއް މިހާރު ދޫކުރެ އެވެ، އާންމު ހިދުމަތްތައް ހޯދައި، އިލެކްޓްރޯނިކް މުއާމަލާތްތައް ރައްކާތެރިކަމާ އެކު ކުރުމުގައި އެސްޓޯނިއާ އަކީ މިހާރު ފާހަގަކުރެވޭ އެއް ގައުމެވެ.
ރައީސް މުއިއްޒާއި އެސްޓޯނިއާގެ ރައީސް ކަރިސް އިއްޔެ ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު ވަނީ މިއީ ރާއްޖޭގެ އެންމެ މަތީ ވެރިޔަކު އެސްޓޯނިއާ އަށް ކުރައްވާ ތާރީހީ އެންމެ ފުރަތަމަ ދަތުރުފުޅުކަން ފާހަގަކުރައްވައިފަ އެވެ. އެ މަނިކުފާނު ވިދާޅުވީ، މި ދަތުރުފުޅުން ރަމްޒު ކޮށްދެނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ ގައުމުގެ މެދުގައި އޮތް އެއްގޮތް ވިސްނުމާއި އެކަމަށް ދޭ ސަމާލުކަން ކަމަށެވެ.
ރައީސް އޮފީހުން ބުނިގޮތުގައި، ރައީސް މުއިއްޒުގެ ވާހަކަފުޅު ނިންމައިލެއްވީ ރާއްޖެ އާއި އެސްޓޯނިއާއާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ އަޒުމު އައުކުރައްވަމުންނެވެ. އަދި ވިދާޅުވީ، ދެ ގައުމު ވެސް އޮތީ އެކުގައި މަސައްކަތް ކުރުމުގެ އައު ބާބެއްގެ ފެށުމާ ހަމައިގައި ކަމަށެވެ.
."..އެ ގުޅުމަކީ އެއް ގައުމު އަނެއް ގައުމަށް އިހުތިރާމުކޮށް، އެއްބައިވަންތަކަމުގެ އަސާސްތަކެއްގެ މައްޗަށް ބިނާވާ، ދެމެހެއްޓެނިވި އުޖާލާ މުސްތަގުބަލަކަށް މަސައްކަތް ކުރުމުގެ ބާބެއް ކަމުގައި ވިދާޅުވި އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.
ރައީސް މުއިއްޒު އިއްޔެ ވަނީ އެސްޓޯނިއާގެ ރައީސް ކަރިސްއާ ވެސް ބައްދަލުކުރައްވައިފަ އެވެ.
ރައީސް މުއިއްޒާއި އެސްޓޯނިއާގެ ރައީސް ކަރިސް އިއްޔެ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ދޭދޭ ގުޅުން ބަދަހިކުރުމާއި ޓޫރިޒަމާއި ތައުލީމު އަދި މޫސުމަށް އަންނަ ބަދަލުތައް ފަދަ، ދެ ގައުމުން އެކުގައި މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ސައިބަސެކިއުރިޓީ އާއި ޑިޖިޓަލް އިނޮވޭޝަންގެ ދާއިރާއިން އިލްމު ހިއްސާ ކުރުމަށް ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.
ރައީސް މުއިއްޒާއި އެސްޓޯނިއާގެ ރައީސް ކަރިސް އިއްޔެ ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
އިޔާދަކުރަނިވި ހަކަތަ އާއި ސްމާޓް ގްރިޑް އަދި ދެމެހެއްޓެނިވި ޓެކްނޮލޮޖީގެ ދާއިރާގެ މާހިރުން އެސްޓޯނިއާގައި ތިބިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެއީ ރާއްޖެ އަށް އަގުހުރި ނަމޫނާތަކެއް ކަމަށެވެ. ރާއްޖޭގައި ޑިޖިޓަލް ތަރައްގީ ގާއިމުކޮށް، ތިމާވެށީގެ ވިލުންތެރިކަން އިތުރުކުރުމުގައި ދެ ގައުމުން އެކުގައި މަސައްކަތްކުރެވިދާނެ ގޮތްތަކާ މެދުގައި ވެސް އެ މަނިކުފާނު މަޝްވަރާ ކުރެއްވި އެވެ.
"ދެ ރައީސުންވެސް ވަނީ، ބައިނަލްއަގުވާމީ ސެކިއުރިޓީއާ މެދު ހިޔާލުބަދަލުކުރައްވައި، ބައިނަލްއަގުވާމީ މައިދާނުގައި ދެ ގައުމުން ހިއްސާކުރާ ކަންކަމުގައި އެއްބާރުލުން ދިނުމަށް، އަޒުމު ކަނޑައަޅުއްވައިފަ އެވެ،" ރައީސް އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދި ކިރިޔާ މިސްރާބު ހަމަ މަގަށް
14 January 2025
ރައީސް ޑރ. މުއިއްޒުގެ ދުރުވިސްނުންފުޅުގެ ދަށުން އިރާދަކުރެއްވިއްޔާ މި ޤައުމު ތަރައްޤީގެ އައު ހަރުފަތްތަކަކަށް ގެންގޮސްދެއްވާނެ. ސިޔާސީ ވިސްނުމުގެ ނަމުގަ ޤައުމު ހަލާކުކުރާ މީހުންނަށް ޖާގަ ނެތްކަން ޑރ. މުއިއްޒު ސާބިތުކޮށްދެއްވާނެކަމީ ފަހި ވިސްނުމަކުން ވިސްނާ ކޮންމެ ދިވެހި ރައްޔިތަކު ޤަބޫލުކުރާނެ ކަމެއް. ހޮރުގައި ތިބެ އެކްސްގައި ފިތުނަ ފަސާދަ އުފައްދާ ހަތުރުންގެ ފިތުނަ އަލިފާނުން މި ގައުމު، މި މުޖުތަމައު ސަލާމަތްކުރުން މުހިއްމު.
ރާވެރިބެ
14 January 2025
އެސްޓޯނިއާ އަށް ދިޔައީ ރާއްޖެ ޑިޖިޓަލް ކުރަން ދަސްކުރަން ކަމަށް ބުނެ އެދާއިރާގެ ބައިވަރު މީހުން ގޮވައިގެން. އެބުރި ރާއްޖެ އައިސް ވަގުތުން މަސައްކަތް ފައްޓާ އެއް އަހަރު ތެރޭ މުޅި ރާއްޖެ ޑިޖިޓަލް ކޮށް މުޅި އިގްތިސާދު ޑިޖިޓަލް އިކޮނޮމީ އަކަށް ބަދަލުކޮށް ނުނިމުނިއްޔާ ބެލޭނީ އެސްޓޯނިއާ މީހުން ކިޔަވައިދިން އެއްވެސް އެއްޗެއް ދަސްނުކޮށް އެތާ މަޖާކޮށްފަ އައީ ކަމަށް. ކަމެއްކުރަން އެގޭނަމަ މިކަން ކުރެވެން ޖެހޭނެ.
އެރިން
14 January 2025
އެސްޓޯނިއާއަކީ އެލްޖީބީޓީކިޔުގެ ވެސް އެންމެ ކުރީގަ އުޅޭގައުމޯ!. ތައުރީފު ހައްގުތަ ހަމަ؟
މުވައްޒިން
14 January 2025
މުސްލިމުން 7000 މީހުން، އާބާދީ 1.33 ބިލިއަން..
ވޯލް
14 January 2025
ކިތަކެއް ބޭކާރު މީހުން ގެންދެވިންތޯ އަރިހުގައި.
ދައިގަންނަގުރާ
14 January 2025
މުއިއްޒު އަހާބަލަ އެސްޓޯނިއާގަ އިންޓަނެޓުގެ އަގު؟ ހިލޭ އިނގޭތޯ! ހިލޭ! ރާއްޖޭގައި ކަންނުވެގެން އުޅެނީ ކަން ދަންނަ މީހުން ނެތިގެން ނޫން. އެމީހުންނަށް ފުރުސަތު ނުދީ އެކަޝޭނެ ކޮމްޕެންސޭޝަން ޕްލޭނެއް ނެތީމަ. ޑިޖިޓަލް ސަރުކާރެއް ގެނެވޭނީ މި ބުނާކަހަލަ މީހުންގެ ބަސް އަހައިގެން.
ކިރުސައި
14 January 2025
މިހާރުވެސް މިއުޅެނީ ވަގުޕޯމް ތަކެއް ބޭނުންކޮށްގެން ޕާޓީގެ މީހުންގެ އަދަދު މަތިކުރަން. މިވަރުގެ ބަޔަކަށް އިތުބާރު ކުރާނީ ކިހިނެއް.
އަވަސްކުރޭ
14 January 2025
އެސްޓޯނިއާގެ އެހީގައި ރާއްޖޭގައި ޑޭޓާ ސެންޓަރެއް މާލެ ސަރަހައްދުގައި ބިނާ ކުރަންވީ މާލެ އާއި ވިލިގިލި ދެމެދު އޮތް ކަނޑުހިއްކައިގެން.
އޮނަރަބްލް އަފީފު ދީދީ
14 January 2025
ދުނިޔޭގައި ތިކަންކަން ނެތިގެނެއްނޫން ރާއްޖޭގައި ތިކަން ނުކޮށްގެން އުޅެނީ. ވޯޓްގެ މުޅި ނިޒާމް ގަނޑުބަޑު ވާގޮތަށް އިންތިޙާބީ ކަންކަން ފަރުމާ ކޮށްފައި އޮތީ މިކަންކަމުގެ ޙައްލު އަދި ޓެކްނޯލޮޖީ ދުނިޔޭގައި ނެތި އަދި އެކަންކަން އަވަށްޓެރި ޤައުމުތަކުގައިވެސް ތަންފީޒު ނުކުރާތީތޯ؟! ސޯޝަލް ހައުސިންގ ޤާނޫނެއް ވުޖޫދު ނުކޮށްގެން އުޅެނީ ފުލެޓާއި ގޯތި ހޯދަން "ދޮގު މައުލޫމާތު ދޭކަން" ސަރުކާރު ހިންގާން ތިބޭ މީހުނަށް ނޭގިގެންތޯ؟!
ފަންސ
14 January 2025
ރާއްޖޭގަ ސިހުރު ޑިޖިޓަލް ވެފަ އޮތީ.އޭތި އެކްސްޕޯޓު ކުރަން ވިސްނަންވީ.
2025
14 January 2025
ޢަހަރު މިފެށީވެސް ބޮޑު އިސްރާފަކުން..... ބޮއިހަލަކި