ޑިމޮކްރެޓްސް އިން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ޕާޓީގެ ނައިބު ރައީސް ފިރުޝާން ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
13 ޖެނުއަރީ 2025 - 23:28
ޑިމޮކްރެޓްސްގެ ވަގުތީ ރައީސަކަށް، މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ފިރުޝާން މިރޭ އިންތިހާބުކޮށްފި އެވެ.
އެ ޕާޓީގެ ރައީސްގެ މަގާމު ހުސްވީ، އެ ޒިންމާތައް ފުރުއްވަމުން ގެންދެވި ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެމްބަރު ހަސަން ލަތީފު އިއްޔެ އިސްތިއުފާ ދެއްވައި، އެމްޑީޕީއާ ގުޅިވަޑައިގަތުމުންނެވެ.
ޑިމޮކްރެޓްސްގެ އަސާސީ ގަވާއިދު ބުނާގޮތުން، އެ ޕާޓީގެ ރައީސްގެ މަގާމު ހުސްވެއްޖެ ނަމަ، ވަގުތީގޮތުން ރައީސްގެ މަސްއޫލިއްޔަތުތައް އަދާކުރަން ޖެހޭނީ ނައިބު ރައީސުންގެ ތެރެއިން ބޭފުޅެކެވެ. އެހެންވެ، ނައިބު ރައީސުންގެ ތެރެއިން ވަގުތީގޮތުން ރައީސްގެ ޒިންމާތައް އަދާކުރެއްވުމަށް ކުރިމަތިލެއްވީ ފިރުޝާންގެ އިތުރުން އަލައިކާ އަދުނާނެވެ.
ނޭޝަނަލް އެސެމްބްލީގެ މިރޭ ބައްދަލުވުމުގައި ނެގި ވޯޓުގައި ފިރުޝާނަށް 29 ވޯޓު އަދި އަލައިކާއަށް 14 ވޯޓު ލިބުނެވެ. އެއް ވޯޓު ވަނީ ބާތިލްވެފަ އެވެ. ޖުމްލަ 44 މެމްބަރުން ވޯޓު ދިނެވެ.
އެ މަޖިލީހުގައި 130 މެމްބަރުން ޖުމްލަ ތިބެ އެވެ. އެކަމަކު، އަސާސީ ގަވައިދު ބުނާގޮތުން މަގާމުތަކަށް ވޯޓު ދެވޭނީ ސީދާ ޖަލްސާއަށް ހާޒިރުވެގެންނެވެ.
ޑިމޮކްރެޓްސް އިން ބުނީ ފިރުޝާން އިންތިހާބުކުރީ، ދާއިމީ ރައީސެއް ހޮވަންދެން، ވަގުތީގޮތުން ރައީސްގެ ޒިންމާތައް އަދާކުރުމަށް ކަމަށެވެ. އެ ބައްދަލުވުމުގައި ވަނީ 50 ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވައި ރައީސެއް ހޮވަން ވެސް ފާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޫޅޭނީ
21 January 2025
މިއަދު ކޮބައިތޯ ތިޔަކުދިންނަށް މަގުއޮޅުވާލާފައި ނަޝީދުއާއި އީވާ. ތިޔަކުދިން ތިތިބީ ރަނގަޅަށް ވާވައްދާފައި. ޒާތީ ތަޢައްސުބާއި ދެކޮޅުވެރިކަމަކުން ފިތުނައެއް އުފައްދަން އުފެއްދި ބައިގަނޑެއް. ދެންވެސް އުފެއްދޭނީ ފިތުނަ. އަމިއްލައަށް ރޫޅިހުސްވާނީ. ތިޔަ ޕާޓީއަކަށް ނެތް އެއްވެސް ކާމިޔާބެއް.
ހހމ.
14 January 2025
ޒުވާނުންގެ ޕާޓީއެއް. ސަޅި. މަރުޚަބާ ފިރުޝާން.
އަލި
14 January 2025
ތީދެން ސިޔާސީ ޕާޓީއެއްތަ؟.
ފީވަރއަބުދުﷲ
14 January 2025
ބަރުލަމާނީ ނިޒާމު އަންނަނީ ކޮން އަހަރަކުންތަ؟ ނަޝީދު ސިޔާސީ ކަންކަން އެއްފަރާތްކޮށްފައި ދިޔައީ ބަރުލަމާނީ ކިޔަވަންތަ؟
އެކްސްް
14 January 2025
ރޫޅިއްޖެ، ރޫޅިއްޖެ. އޮޑިވެސް ފެތިއްޖެ. ސިޔާސީ ކަންކަމަކީ ޖަޒުބާތުގައި ޖެހިގެން ކުރެވޭނެ ކަންކަމެއްނޫން.
އައިސަން
14 January 2025
އުފެދުނީ ދެކޮޅުވެރިކަމުން، ކުރިއަށް ނެރުނީ ރުޅިވެރިކަން... ކުރިއަށް އޮތީ ނިކަމެތިކަން. ހިސާބުތަކުން ވަރަށް ސާފު މުއިއްޒުގެ ސަރުކާރެއް އުފެދެން ދިމާވާ ޑިމޮކްރެޓްސް ގެ ސަބަބުންކަން. އެހެންވިޔަސް މިހާރު ތީ އެތަށް ޒުވާނުންނެއްގެ ބައިވެރިވުން އޮތް ޕާޓީއެއް. ސިޔާސީ ކުރިމަގު ޖެހޭނީ އުފައްދަން، ކާމިޔާބަށް އެދެން.
ކިނބޫ
14 January 2025
ތިޔަ ޕާޓީ ދާނީ ފުލުން، ކިތަންމެ މޭފުއްޕާފަ ނިއުސް ކޮންފަރެންސް ބޭއްވިއަސް ، ޕާޓީ ކުދިންގެ ފަރާތުން ފެންނަނީ ޖަނާޒާއެއްގަ ތިބި ކަހަލަ މަންޒަރު. މީހުންތައް މިލާ، މޯޅިވެފަ....މޮޅު ވާހަކަ ދެއްކިދާނެ!!!!
ޝުކުރު
14 January 2025
ފޫވަކޭ މޫވަކޭ ކިޔައިގެން އުޅުނު މީހުންނަށް މިއަދު މި ޖެހުނީ އެބޭންޑަން ޝިޕް ހަދަންތާ! އަވަހަށް ވަޑައިގަންނަވާ ތިޔަ ހޯދާ އެއްޗެއް ބަހާ ތާކަށް! އެމްޑީޕީއަށް ވަންނަން އަޔަސް އަހަރެމެން އެންމެނަށް އެނގޭ ތިޔަ އުޅެނީ ޒާތަކު ފަންޏެއް އަނެއްކާ އެތާ އަޅުވަން ކަން.
ދޱ ކރ
14 January 2025
ތިޔަޕާޓީ އުފެއްދުމުގެ މަގުސަދު ވަރައްސާފު ކްރޮޕްޝަނާ ދެކޮޅައް އުނބައްޖެހިކުދިންނަށް މިއަދު ކްރޮޕްޝަން ރީތިވީމައެދިއައީ. ޒުވާނުންގެތެރެއިން ކްރޮޕްޝަނަށް ނޫނެކޭބުނާ ހުރިހާކުދިންގުޅެންވީ ޕާޓީއަކީމީ. އުމަރު ނަސީރު ގެ އިންތިޒާރުގަ އެބަތިބިން.
ހުސްނުހީނާ
14 January 2025
ފޫވަށް ވެއްޓިއްޖެ! ރޫޅިއްޖެ!......ރޫޅިއްޖެ!......ރޫޅިއްޖެ!