ކައުންސިލަރު ސައިފް: އޭނާ ވަނީ އަލުން އެމްޑީޕީއާ ގުޅިފައި - ފޮޓޯ: މިހާރު
15 ޑިސެމްބަރ 2025 - 14:12
މާލެ ސިޓީ ކައުންސިލްގައި ތިއްބެވި ޑިމޮކްރެޓްސް ޕާޓީގެ ދެ މެންބަރުން ކަމަށްވާ ސައިފް ފާތިހާއި މަރިޔަމް ނާޒިމާ މުހައްމަދު ފާއިޒު އެމްޑީޕީއާ އަލުން ގުޅިއްޖެ އެވެ.
އެ ދެ ބޭފުޅުން އެމްޑީޕީއާ އަލުން ސޮއިކުރެއްވިއިރު ދެ ކައުންސިލަރުން ކައުންސިލަށް އިންތިހާބުވީ ވެސް އެމްޑީޕީގެ ޓިކެޓްގަ އެވެ. ނަމަވެސް، އެމްޑީޕީއާ އުފެދުނު ހިޔާލުތަފާތުވުންތަކުގައި އެ ޕާޓީން 2023 ވަނަ އަހަރު ވަކިވެވަޑައިގަތީ އެވެ.
ސައިފާއި ނާޒިމާ އެމްޑީޕީ ދޫކޮށް އޭރު ވަޑައިގެންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދި ޑިމޮކްރެޓްސް ޕާޓީއަށެވެ. ސައިފް ވަނީ ޕާޓީގެ ހަރަކާތްތަކުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވެފަ އެވެ. އެ ޕާޓީގެ ޓިކެޓްގައި މާލޭ މޭޔަރު ކަމަށް ވެސް ވާދަކުރެއްވި އެވެ.
ނަޝީދު ވެސް ޑިމޮކްރެޓްސް ދޫކުރައްވައި އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައިވާއިރު، ޑިމޮކްރެޓްސް މި ވަގުތު އޮތީ ހުއްޓިފަ އެވެ.
ޑިމޮކްރެޓްސްގައި އިސްކޮށް ތިއްބެވި އެހެން ހުރިހާ ބޭފުޅުން ވެސް މިހާރު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. އަދި މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގެ ޓިކެޓް ހޯއްދަވަން އޭގެ ތެރެއިން އަލީ އާޒިމް ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަސަރު68
16 December 2025
ވިސްނާލަން ޖެހޭނެ ހަގީގަތަކީ މުށިމަސްގަނޑުގެ ތެރޭގާ ތާވަޅަށް އުޅެވުނަސް، މުޑަހަންޖަކަށް ނޫޅެވޭނެކަން.
ރްކކކ
16 December 2025
މިހާރު ގާނޫނު އޮންނަގޮތުން ޕާޓީ ބަދަލުކޮށްފިއްޔާ ކައުންސިލްގެ މަގާމު ގެއްލޭނެ. އަލުން އިންތިހާބު ވާންޖެހޭނީ. މިކަން ބަލާދޭނީކާކު
ސިޔާނު
16 December 2025
ސައިފް މީ ސައިފްގެ އައްނިބެ ފަހަތުން ދުވާ ބޯއިއެއް
އަލި
16 December 2025
އުނބައްޖެހުން ނޫން އެހެން ގޮތެއް ނެތް.
ދަނޑިދޮންމަނިކު
15 December 2025
ނަންވާނީ މުއިއްޒު އާއި ވަށަފަރު މީހުން.
ާނަސްމީ
15 December 2025
މަށަކީ ސައިފް ނަމަ ލަދުންވެސް ނުކެރޭނެ އެމްޑީޕީއަށް ދާން. ނުގޮވާކަށް އެއްޗެއްނެތް! މީނަ އަކީ ނަޝީދު ކައިރިން ޓޮކްސިކް މީހެއް!
ސޮރީ
15 December 2025
ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީ ދޫކޮށް، ޕާޓީއާ އިދިކޮޅަށް މަސައްކަތްކުރި އެއްވެސް މީހަކު އަލުން އެމްޑީޕީ ނަމުގައި އެއްވެސް ކަމެއްކުރުމަށް ވޯޓެއް ދޭކަށް ނުފެނޭ. އެބައިމީހުން ލައިގެން އަނެއްކާވެސް ދޭނީ ބޮނޑީއެއް. އަމިއްލަ އެދުން ހާސިލިނުވާނަމަ އަނެއްކާވެސް ނިކުންނާނީ ރޫޅާލަން. ރޫޅާލާނަން، ރޫޅާލާނަން، ރޫޅާލާނަން، ރޫޅާލާނަން، ރޫޅާލާނަން
ދޮޅި ހުސޭނު
15 December 2025
މިއީ އެމް.ޑީ.ޕީ ރޫޅާލި ކުދިން ކޮޅު ދޯ؟؟ ހެޔޮ ގޮތް ވިސްނުނީ މާ ފަހުން. އެކަމަކު އެމް.ޑީ.ޕީއަކީ ވަކި މީހެއްގެ ތަރިކަ މުދަލެއް ނޫން. އެހެން ވީމަ ހަމަ ވަންނަންވީ. އަބަދުވެސް މަރުހަބާ ކިޔާނެ ޕާޓީއެއް އެމް.ޑީ.ޕީއަކީ މެންބަރުންނަށް
ވަލީ އަހުދު
15 December 2025
އުނބަށް ޖެހީ ދޯ.. ބޮޑު މޮޔައެއް
ބަރުގުޖޫ
15 December 2025
މަޑުކޮށްބަލަ ދެން ޑިމޮކުރެޓްސް ގެ މަތީފަޑި އެއްކޮށް އެންޑީޕީ އާއި ގުޅުނީމާ. ޑިމޮކުރެޓްސް ގެ މިވަގުތު ތިބި އާންމު މެމްބަރުންނާއި އިންތިހާބީ މެމްބަރުން ކިހިނެއް ހަދަންވީ. އަލުން އެންޑީޕީއާއި ގުޅެންވީތަށް. ލީޑަރޝިޕުން ވާންވީގޮތެއް އެބަ ޖެހޭ ކިޔައިދެން.