ކުރީގެ ރައީސް ޔާމީން: ޔާމީންގެ ޝަރީއަތަށް އާ ހެކިތަށް ބަލައިގަތުމާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓުގައި ފަށަން ވަނީ ތާވަލުކޮށްފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
14 ޖެނުއަރީ 2025 - 11:16
އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅޭ އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ކަނޑައެޅި ނިންމުން ބާތިލްކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ އިތުރު އަޑުއެހުމެއް ބާއްވަން ސުޕްރީމް ކޯޓުން ތައްޔާރުވެއްޖެ އެވެ.
ދައުލަތުން ސުޕްރީމް ކޯޓަށް މީގެ ފަސް މަސް ކުރިން ހުށަހެޅި މައްސަލައިގެ ދެވަނަ އަޑުއެހުން ފަށަން ތާވަލުކޮށްފައިވަނީ އަންނަ ހަފުތާގެ ހޯމަ ދުވަހަށެވެ. މައްސަލައިގެ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.
މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުން ފެށީ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ޑިސެމްބަރު 2022 ގައި ކުރި ހުކުމް ހައި ކޯޓުން ބާތިލްކުރީ ޔާމީނާ ދެކޮޅަށް ދައުލަތުން ފަހުން ހުށަހެޅި އާ ހެކިތަކެއް ބަލައިނުގަނެވޭނެ ކަމަށް ނިންމުމަށް ފަހު އެވެ.
އެ ހެކިތައް އެއް ފަރާތް ކުރުމަށް ފަހު، އެ މައްސަލަ އަލުން ބެލުމަށް ހައި ކޯޓުން ދަށު ކޯޓަށް އަމުރުކުރި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފައިވަނީ އާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ހައި ކޯޓުން ނިންމާފައިވާ ނިންމުމަކީ ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުންތަކާ ފުށުއަރާ ނިންމުންތަކެއް ކަމަށެވެ. އެ މައްސަލާގައި އެދިފައިވާނީ އެ ހެކިތައް ބަލައިގަތުމާ މެދު ދަށު ކޯޓުން އަލުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި އެގޮތަށް އެދުނު ނަމަވެސް އެ މައްސަލަ އަލުން ބަލަން ޖެހޭނެ ކަމަށް ހައި ކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލެއް ނާންނާނެ އެވެ.
މި މައްސަލާގައި ހައި ކޯޓުގެ އެންގުމާ އެއްގޮތަށް ކްރިމިނަލް ކޯޓުން މައްސަލައިގެ ޝަރީއަތް އަލުން ފެށި އެވެ. ނަމަވެސް، ސުޕްރީމް ކޯޓުގައި އޮތް މައްސަލާގައި ގޮތެއް ކަނޑައަޅަންދެން ޝަރީއަތް މަޑުޖައްސާލުމަށް ޔާމީންގެ ފަރާތުން އެދުނު ގޮތަށް ކްރިމިނަލް ކޯޓުން ވަނީ އަޑުއެހުންތައް ކުރިއަށް ނުގެންގޮސް މަޑުޖައްްސާލައިފަ އެވެ.
ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތު ދިނުމުގައި ކުށުގައި ތިން އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އެ ހުކުމް ވެސް ހައި ކޯޓުން ބާތިލްކޮށް، އެންގީ އެ މައްސަލަ އަލުން ބެލުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަލީލާ
14 January 2025
ޔާމީނަކީ ކުށްވެރިޔެއްކަމަށް ގިނަ ދިވެހިން ޤަބޫލު ކުރަނީ ކީއްވެބާ؟ އެކަމަކު އެބޭފުޅުން ދައުވާކުރަނީ ވަރަށް މައުސޫމު ނަޒާހާތްތެރިޔެއް ކަމަށް
ގައުމީ ދޫ
14 January 2025
އެންމެ ދައުރަކުން ބޮޑު ކުރިއެރުމެއް ގައުމަށް ގެނެސްދެއްވި ރައީސް ޔާމީނު ވަގުތުން މިނިވަންކޮށް، މި ސަރުކާރު ވެރިކަމަށް އައުމަށް ކުރި ކެމްޕޭނުތަކުގައި އެ މަނިކުފާނަށް ޚާއްސަކޮށްގެން ، ބަހައްޓަމުން އައި ހުސް ގޮނޑިއަށް ރައީސް ޔާމީނު ރުޖޫއަކޮށްގެން ނޫނީ މިގައުމު މި އޮތް ހާލަތުން، (އަވަސް މުއްދަތެއްގެ ތެރޭގައި ) އަރައިގަނެވޭނެކަމަށް ގަބޫލުރުން ދަތި!
ހުސަ
14 January 2025
ދައްކަވަންހުރި ތަނެއް ދައްކަވާފަ މިދުނިޔެއިން ގެންދަވާނީ! އެހެން ދުނިޔެއެއް އެބައޮތް! އަހަރެމެން އެއްވެސް މީހަކު މަރުން ސަލަމާތެއްނުވާނެ! އެންމެނަށްވެސް ލިބިފައިވާ ޔަގީންކަމަކީ މަރުވާނެކަން ފުރާނަ މަސްގަނޑާއިވަކިވާނެކަން ފުރާނަނެތް މަސްގަނޑު ވަޅުލެވޭނެކަން! ދުނިޔޭގެއަޖަލު ޖެހުނީމާ ދެމިއޮތުމުގެ ޢާލަމަށް އަހަރެމެން ގެންދަވާނެ! އަހަރެމެން ހައްދަވާ ގެންގުޅުއްވާ އިލާހަށް ބިރުވެތިވެ އާޚިރަތަށްޓަކައި ތައްޔާރުވަމާ! ބޭއިންސާފާއި އަނިޔާވެރިވުން ދޫކޮށްލާ!
އަސަރަފަ
14 January 2025
އަދިވެސް ރައީސް ޔާމިނު ހިފާ ދެމޭތޯ ބަލަނީ. އެހެން ކަމާ އުޅެބަލަ
ލޯބި
14 January 2025
މައުމޫން ، އަންނި ، ޔާމީން އަދި އިބޫ މެން ބޭފުޅުން ދެން ރިވެތިކޮށް ގޭގެ ފެންޑާގައި ހުންނަ އުނދޯލީގައި ހެއްލާލަ ހެއްލާލާ ތިއްބެވުން އެންމެ ރަނގަޅުވާނީ. ސިޔާސީގޮތުން އެކްޓިވްނުވެ ޚިޔާލާއި މަޝްވަރާ ދެއްވުމުގައި ދެމިތިއްބަވާ!
ބަރުބާދު
14 January 2025
ޔާމީނުގެ ނަމުގަ ހުސްގޮނޑި ދައްކައިގެން ވޯޓުހޯދައިން ވެރިކަމުގަ އެހެންމީހެއް. ސަރީއަތުގަވެސް ހުސްގޮނޑިއެއް ބަހައްޓާފަ ގޮނޑިއަށް ހުކުމް ކޮށްފަ އެމީހާ ޖަލަށްލާން..
ޖެއްސު
14 January 2025
ހުސްގޮޑީގެ ވާހަކަ ނިމިއްޖެ މަޖިލިސް އިންތިހާބުގަ އެގޮޑި ނުލާ ކުރިޔައް ދިޔައީ ހުސްގޮޑި އައް އޭރު ވެސް ލިބުނީ ހުސްގޮޑިޔެއް. ހަޖަމުކޮއްލާ
ޑރ ވާންޗޯ
14 January 2025
ޔާމީނުގެ ބަދަލުގަ އެއްކަލަ ވެރިކަން ހޯދަން ބޭނުންކުރެއްވި ހުސްގޮނޑި ސަރީއަތަށް ގެންދަންވީނޫންތޯ؟
ކިހިނެއް
14 January 2025
ޔާމީނު ޔާ އަންނި ޔާ އިބޫ އެއީ މާޒީ
ަަސަލާމް
14 January 2025
ހަރާން ހުކުމްކަމަށް ސާބިތުކޮށް ރޔާމިން ދުކޮށްލަން މަގުމަތީގައި އެނބުރު ހުރިހާ މީހުން އެތިބީ މިހާރު މި ވެރިކަމުގައި. މިހާރު ހުކުމް ހަލާލްވީ. ހެޔޮވާނީ ކިހިނެއް. މާތް ﷲ މި ހުރިހާ ކަމެއް ބައްލަވާ ވޮޑިގެންވޭވިއްޔާ. ކެއްތެތެރިންނަށް އޮތީ ހަމަ އުފާވެރިކަމުގެ ހަބަރު.
ފޫނު
14 January 2025
އޭރު ހަރާމް ހުކުމައްވީ އަދީބުގެ ހެކި ނަގައިގެން ހުކުމްކުރީމަ މިހާރު އެއޮތީ ކޯޓުން އަންގާފަ އޭރު ގޯހޭ ކުރި ހުކުމް އަލުންބަލަން. އެކަން އޭރު ކުރީ މިތާތިބި ކޮރަޕްޝަންއައް ދެވި ހިފާފަ ތިބި އަދި ވަގުންގެ ވެރިކަމެއްގެ ތެރޭން
ހެޔޮ މަށަށް
14 January 2025
ދެން މަށަށް ކީއް؟
ލައިޓް
14 January 2025
އިލެކްޝަނުގައި ބައިވެރި ނުވެވޭގޮތަށް ސަރިއަތް ލަސްކުރުމަކީ އިންސާފު ނުލިބުން! ސްޕްރީމް ކޯޓަށް އަދި މީހުން އެބަ އިތުބާރުކުރޭ…ބަލަންތިބެމާ
ކިހިނެއްދޭނީ
14 January 2025
އިލެކްޝަނަކާ ބައިވެރި ނުކުރޭ ގޮތަކައްނޫން. އެހެން ނޫނަސް ކޯޓުތަކަކީ ވަރައް ލަހުން ހުކުމް ކުރާ ބައެއް