ލިންޓް ޗޮކްލެޓްތަކެއް ވިއްކަން ބަހައްޓާފައި: މި އަހަރު މީގެ ޗޮކްލެޓްގެ އަގު އަނެއްކާވެސް ބޮޑުކުރަން ވަނީ ނިންމާފައި.
15 ޖެނުއަރީ 2025 - 12:50
ސުވިސް ޗޮކްލެޓް އުފައްދާ، ލިންޓް އާއި ސްޕްރޫންގްލީން މި އަހަރު އަނެއްކާވެސް އަގު ބޮޑުކުރާނެ ކަމަށް އިއްޔެ ބުނެފި އެވެ.
އަނެއްކާވެސް އަގު ބޮޑުކުރަން ނިންމި އިރު ކުރިން އަގު ބޮޑުކުރުމުން ވެސް ވިޔަފާރިއަށް އެއްވެސް ބަދަލެއް ނާދެ އެވެ.
އެ ކުންފުނީގެ އަގުތައް 10 ޕަސެންޓަށްވުރެ ބޮޑުނުވާ ގޮތަށް އިތުރުކުރީ، ޗޮކްލެޓް އުފެއްދުމަށް ބޭނުންކުރާ ކޮކޯގެ އަގު ބޮޑުވަމުން ދާތީ އެ ހަރަދު ފޫބެއްދުމަށެވެ.
"ކޮކޯ މާކެޓް މިދިޔަ އަހަރު ވެސް ހަލަބޮލި. އަގުތައް ހުރީ 2024 ވަނަ އަހަރު ނިމުނު އިރު މިއިން ދުވަހަކު ވެސް ބޮޑުނުވާ ވަރަށް އުފުލިފައި،" ލިންޓް އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
"ކޮކޯގެ އަގު ބޮޑުވުމުން އެބައި ހަމަޖައްސަން މި އަހަރު އަގުތަކަށް ބަދަލުގެންނަން ފަށާނަން."
މި ކުންފުނީގެ ސޭލްސް 2024 7.8 ޕަސެންޓް އިތުރުވެ 5.47 ބިލިއަން ސުވިސް ފްރޭންކްސް (6 ބިލިއަން ޑޮލަރު) ލިބިފައިވެ އެވެ. މިއީ ލިބޭނެ ކަމަށް ކުރިން ލަފާކުރި ވަރަށްވުރެ ބޮޑު އަދަދެކެވެ. ކުރިން ލަފާކުރީ 5.45 ބިލިއަން ލިބޭނެ ކަމަށެވެ.
މިދިޔަ އަހަރު ކޮކޯގެ އަގު 161 ޕަސެންޓަށް އުފުލުނެވެ. ޑިސެމްބަރު މަހު މެދަކާ ހިސާބަށް ދިޔައިރު ކޮކޯ ޓަނެއްގެ އަގު 10،100 ޑޮލަރަށް އެރުމަށް ފަހު އަހަރު ނިމުނު އިރު ހުރީ 9،165 ޑޮލަރުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލާމަސީލު
15 January 2025
ލަފާކުރި ވަރަށްބުރެވެސް ސޭލްސް އިތުރުވެ ފައިދާވާއިރުވެސް ބުނެލާފަ އަގުބޮޑު އެކޮށްލަނީ. ބޯއިކޮޓް ކޮށްލީމާ ނުކެރޭނެ ފުއްޕާކަށެއް.
ބަކުރުު
15 January 2025
އަހުންނަށްހެޔޯ ކިތަންމެ އަގުބޮޑުކުރިއަސް . އަހުންދުވަހަކުވެސް ނުގަންނާނަށް