ސެނަހިޔާ ހޮސްޕިޓަލް.-- ފޮޓޯ: ނިޝާން އަލީ /މިހާރު
15 ޖެނުއަރީ 2025 - 11:01
މާލޭގެ މަގުމަތިން ޒަހަމް ތަކަކާ އެކު ފެނުނު މީހަކަށް ފަރުވާދޭން ފަށައިފި އެވެ.
ސެނެހިޔާ ހޮސްޕިޓަލް ސަރަހައްދުން މަގުމަތިން ޒަހަމްތަކަކާ މީހަކު ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ މިއަދު ހެނދުނު އެވެ.
ފުލުހުން ބުނި ގޮތުގައި ޒަހަމްތަކަކާއެކު ފެނުނީ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ އެ މީހާއަށް ފަރުވާ ދިނުމަށް ސެނެހިޔާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އެ މީހާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އެ މީހާ ފެނުނު ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
15 January 2025
ތިރަށު މީހުން އުޅޭ ހިސާބާއި އެތައް ސަތޭކަ ކިލޯ މީޓަރ ދުރުގައި ޒަޙަމް ތަކަކާއި އެކުގައި މަގުމަތީގައި އޮތް މީހާއަކީ ތިރަށު ޖަންގަލީ ތެރެއިން ނިކުތް ބޮޑު ސާރިދޯޅެއް ފަދަ އެއްޗެއް ޙަމަލަދީ ޒަޙަމްކޮށްފައި އޮތް މީހެއްތޯ؟! ކައިރި ހިސާބެއްގައި ފުލުހުން އަދި ސިފައިންވެސް ނޫޅޭތީ ނުވަތަ ސިފައިންނާއި ފުލުހުންގެ މަރުކަޒުތައް ވެސް ދުރުކަމުންތޯ ތިވަރުވީއިރު ރޭކާވެސް ނުލީ؟!
މިއައު
15 January 2025
މި ކުޑަކުޑަ މާލެ ސަރަހައްދު ނުބެލެޔޭ. ނޫނީ ހަމަ ގޭންގުތަކާ ގުޅިފަ އޮތްލެއް ބޮޑީ. އިތުރު ފްލެޓު ކޮޅަކާ ޕްރިމިއަމް އިންޝުއަރެންސްތަކެއް ދީގެން ފުލުހުންނަށް މިކަން ވާނެތަ.
އުމަރުބޭ
15 January 2025
މިގައުމުގާ ގާނޫނުތަންފީޒުކުރަން ތިބެނީ ފުލުހުން އަދި ގާނޫނު މުގުރަންވެސް ތިބެނީ ފުލުހުން ދެން ވާނެ ހައެތިވެފާ މިހެރީ މިސާލަކައް ފުލުހުން ޓެކުސީ ކުރަންނީވެސް ގާނޫނާ ކުރި ހުވަޔާހިލާފައް އަދި ގަވައިދާ ހިލާފައް ވިޔަފާރި ކުރާ މީހުން ހިމާޔަތްވެސް ކުރަނީ ފުލުހުން ލިބޭ ކުޑަ ކަމިސަން ކޮޅަކައް (ފައިސާ ކޮޅަކައް)
ހިނީ
15 January 2025
ފުލުހުންގެ ޒިންމާ ފުލުހުންނަކައްއަދާނުކުރެވޭ މިޔޮއްކުޑަކުޑަ މާލޭގެ ސަލާމަތާ ރައްކާރެރިކަން ކަށަވަރުނުކުރޭ . ދައުލަތުގެ ބަޖެޓުން ބޮޑުބަޔެއްހޭދަކުރަނީ ފުލުހުންނައް އެވަރުން ނުފުދިގެން ފުލުހުންގެ ސަމާލުކަން ހުން ނަނީ ޓެކުސީ ކުރުމައް ޕޭމެންޓުމަތީ މީހަކު މަޑުކޮއްލާގެން ހުރެފިއްޔާ 5 މިނިޓު ތެރޭ 10 ޕުރައިވެޓު ކާރު ހުއްޓާފަ ބުނާނެ އަރާށޭ ......ބޯހަލަކި
ޢީޅީ
15 January 2025
ދިވެހި ފުލުހުން މުސާރަ ކާގެން ހުރިހާވަގުތެއް ހުސްކުރަނީ ޕުރައިވެޓު ޓެކުސީކުރުމުގާ . ފުރަތަމަ ޓެކުސީކުރުން ދެން ވަޒީފާ ކުރިހުވަޔާ އެއްގޮތައް
ރަދީފްއޮފިޝަލް
15 January 2025
ދިވެއްސަކަށް ލިބޭ ކޮންމެ ގެއްލުމެއް / ހިތާމައެއް އެއީ މުޅި ގައުމަށް ލިބޭ ދެރައެއް. ނިކަމެތިކަމެއް. އަވަސް ޝިފާއަކަށް އެދެން.