ލަމްހާ: އޭނާ ދޫކޮށްލި މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމީ ގޯސްކޮށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައި --
15 ޖެނުއަރީ 2025 - 13:50
އައިޖީއެމްއެޗްގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރި މައްސަލަ ނުބަލަން ހައި ކޯޓުން ނިންމި ނިންމުން ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
އޮކްޓޫބަރު، 2021 ގައި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިން އެސްވައިގެ މައްޗަށް ދައުލަތުން ދައުވާ ކުރާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އޭގެ ތެރެއިން ލަމްހާ މިދިޔަ އަހަރުގެ ނޮވެންބަރު މަހު ކްރިމިނަލް ކޯޓުން ދޫކޮށްލީ ޝަރުތުތަކާ އެކު އެވެ.
އެ ނިންމުން އިސްތިއުނާފް ކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމި ނިންމުމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވެސް އޮތީ ތާއީދުކޮށްފަ އެވެ. އެހެންވެ، އޭރު އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އެ މައްސަލަ ހައި ކޯޓުން ނުބަލަން ނިންމީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އަދި 10 ދުވަސް ތެރޭގައި އެ މައްސަލަ ހުށަހަޅައިފިނަމަ ހައި ކޯޓުން އެ މައްސަލަ ބަލައިގަތުމަށް ސުޕްރީމް ކޯޓުން އަންގާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ އެ މުއްދަތުގައި އެ މައްސަލަ ހައި ކޯޓަށް އަލުން ހުށަހަޅާނެ ކަމަށެވެ.
ލަމްހާ ދޫކޮށްލަން ނިންމި މައްސަލަ ބަލަން ސުޕްރީމް ކޯޓުން އެންގިއިރު، އެ މައްސަލާގައި ދައުވާ ލިބޭ މާވިން އަދިވެސް ހުރީ ބަންދުގަ އެވެ.
މީގެ ކުރިން 2023 ވަނަ އަހަރު ވެސް ކްރިމިނަލް ކޯޓުން ލަމްހާ ބަންދުން ދޫކުރި އެވެ. ނަމަވެސް އޭރު ހައި ކޯޓުން ވަނީ ލަމްހާ އަލުން ބަންދުކުރަން އަމުރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުރއްކ
15 January 2025
މީނަ މާސްކް ނާޅާ ފޮޓޯއެއް ރައްޔިތުންނަށް ވަރަށް މުހިއްމު ........ ވަރަށް ނުރައްކާތެރި ކުށްވެރިއެއް މުޖުތަމަޢަށް ދޫވެފައި ހުރުމުން........
އަބްޑޫޅް +
15 January 2025
ހޫނ. ހަލީމަތު ދޯ؟ ހަލީމަތު ހުންނަން ޖެހޭނީ ބަންދުގަ.
ކޮރަލް
15 January 2025
އިހްމާލް ވި ގާޒީންނާ ދެކޮޅަށް އެޅި ފިޔަވަޅެއް ކޮބާތޯ އެވެ؟
ސަސި.
15 January 2025
ގޯސްކޮށް ކަން ކޮއްފަ އޮތިއްޔާ އެބަޔަކާމެދު އަޅަން ޖެހޭ ފިޔަވަޅު އަޅާބަލަ
ލައިޓް
15 January 2025
ހައިކޯޓް ގެ ނިންމުންތަކަށް ކިހިނެއްމިވަނީ؟ ލަމްހާ ވާސަސް ސްޓޭޓް” އަކީ ކުޑަކުއްޖަކަށްވެސް އެނގޭވަރަށް ސާފު ޤަރީނާތަކެއް ހުރި ކޭސް އެއް !
ވޯލް
15 January 2025
ހައި ކޯޓަކީ މިހާރު އަދުލް އިންސާފައްއޮތް ބޮޑު ހުރަހެއް. ޤާބުލު ނޫން ފަންޑިޔާރުން އެބަ ތިބި. ދުވަހަލު ފަންޑިޔާރުކަން ނުކުރާ މީހުން އެބަތިބި. އެމީހުން ވަކި ކުރެވޭނެ ނިޒާމެއް އޮްނަންވާނެ. އަދި ކޯޓުތަކުގެ ފަންޑިޔާރުންގެ ކަންކަން ބެލޭނެ ގޮތެއް އެބަ ބޭނުންޥޭ.
ޖޭ.އެސް.ސީ
15 January 2025
ޖޭ.އެސް.ސީ. އިން މިހާރުވެސް ރެގިއުލަރކޮށް ފަނޑިޔާރުން އެސެސްކުރަންޖެހޭ. އެކަން ކުރަންޖެހޭކަން އެމީހުންނަށްވެސް ނޭނގޭ. މީ ޖުޑިޝަރީގެ ހާލަތު.
ޙޫމް
15 January 2025
ދަށު ކޯޓުގެ މައްސަލައެއް އިސްތިއުނާފަށް ހައިކޯޓަށް ހުށަހަޅައިފިއްޔާ ބާތިލްކުރޭ. ހައިކޯޓުގެ ގިނަ ނިންމުން ސްޕްރީމް ކޯޓުން ބާތިލްކުރޭ. އެބަ އުޅޭ ކަމެއް. ކަލޭމެން ތިޔަވާ ޖައްސާ ވައްތަރުން ޤާނޫނީ ނިޒާމް ނަޖިސްވޭ
1181
15 January 2025
ހަބަރު ކިޔާ ނިމުން އިރުވެސް ވީނުވީއެެއް ސާފެއް ނުވި. ކޮބާތަ ކޯޓުގެ ނިންމުން ބިިނާކުރި ސަބަބުތައް؟؟
ރީތިއަޑެއް އިވިއްޖެނު
15 January 2025
އެސަބަބުތައް 1181ށް އަންގަން ގާނޫނަކުނެތް. އަންގަންޖެހޭފަރާތަށް ވާނީ އަންގާފާ.
ދޮންކަމަނަ.
15 January 2025
ރީތިއަޑެއް އިވިއްޖެނު ރަނގަޅު. ނައްޓާނެ ނު 1181 އެޒާތުގެ ވާޙަކަ ދެއްކީމަ ކީކޭ .