17 ޖެނުއަރީ 2025 - 11:05
ރާއްޖޭގެ އަވަށްޓެރި ގައުމުތަކަކީ އެންމެ ގާތް ރަހުމަތްތެރިން ކަމަށާއި އެއީ ބަދަލު ނުކުރެވޭނެ ހަގީގަތެއް ކަމަށް ވިޔަސް ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހީނަރު ނުވާ ގޮތަށް ހުރިހާ ގައުމުތަކާ އެކު ގުޅުން ބަދަހިކޮށް، ދިވެހިންނަށް ފައިދާވާނެ ހުރިހާ މަގެއް ބައްލަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ޔޫރަޕުގެ ގައުމެއް ކަމަށްވާ އެސްޓޯނިއޯ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، ވެރިކަމަށް ވަޑައިގެންނެވި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވިދާޅުވި ގޮތަށް، މި ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ، ރާއްޖޭގެ މަސްލަހަތު ހިމާޔަތްވާ ގޮތަށް ދިވެހިންނަށް އިސްކަން ދިނުމުގެ ސިޔާސަތެއް ކަމަށެވެ.
"އަޅުގަނޑުމެންގެ އަވަށްޓެރިން އަޅުގަނޑުމެންނަށް ވަރަށް މުހިންމު ވާނެ. އެ ހަގީގަތެއް ބަދަލެއް ނުވާނެ. އެ ހަގީގަތް އޮވެމެ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އެބަޖެހޭ ދިވެހިންނަށް ފައިދާވާ ހުރިހާ މަގެއް ފަހި ކުރަން،" ރައީސް ވިދާޅުވި އެވެ.
ނަމަވެސް، ފައިދާވާ މަގުތައް ބަލައި، ކުރިއަށް ދިޔުމުގައި، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި ދިވެހިންގެ މަސްލަހަތު އަބަދުވެސް އިސްވާނެ އެވެ.
"...ދިވެހި ރައްޔިތުންނަށް ކުރިއެރުން ލިބޭނެ މަގުތައް ފަހިވާ ގޮތަށް އެހީތެރިކަން ދޭ ހުރިހާ ގައުމަކާ އެކީ، މި ދެންނެވި ގޮތަށް އަޅުގަނޑުމެންގެ މިނިވަން ހިމާޔަތް ކުރެވިފައި، ކުރިއަށް ދެވެންޏާ އަޅުގަނޑު ބޭނުން ގާތް ގުޅުން ބާއްވަން،" ރައީސް ވިދާޅުވި އެވެ.
އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅާ ގުޅޭ ގޮތުން އެ މަނިކުފާނު ވިދާޅުވީ، ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް މި ސަރުކާރުން ގެންގުޅޭ ތަސައްވަރު ހާސިލްކުރުމަށް މި ދަތުރުފުޅު ވަރަށް ކާމިޔާބު ކަމަށެވެ.
އެސްޓޯނިއާ އަކީ ޑިޖިޓަލް އިގުތިސާދެއް ބިބާކުރުމުގައި މުޅި ދުނިޔޭގައި ވެސް ނަމޫނާ ގައުމެއް ކަން ފާހަގަކުރައްވައި، ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ރާއްޖޭގެ އާންމު ހިދުމަތްތައް ޑިޖިޓަލައިޒް ކުރަން ފަށާފައިވާ މަސައްކަތުގައި އެސްޓޯނިއާގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން މި ދަތުރުފުޅުގެ ތެރެއިން ވަނީ ލިބިވަޑައިގެންފަ އެވެ.
"އަޅުގަނޑުމެންގެ ޕަބްލިކް ސާވިސްތައް 100 ޕަސެންޓު ޑިޖިޓަލައިޒް ކުރަން ބޭނުން. ޒަމާނުއްސުރެ ކަރުދާހުން އާކައިވް ކުރުން ޑިޖިޓަލް އާކައިވްއަކަށް ބަދަލުކުރަން ބޭނުން،" ރައީސް ވިދާޅުވި އެވެ.
އެހެންކަމުން، މި އަމާޒަށް ވާސިލުވުމަށް، އެ ކަން ކާމިޔާބު ކަމާއެކު ކުރަމުންދާ އެސްޓޯނިއާ ފަދަ ގައުމެއްގެ އެހީތެރިކަން ލިބުމަކީ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިބެ…
18 January 2025
ދިވެހިންނަށް ފައިދާވާނީ އަހަރުގެ 365 ދުވަހުގެ ތެރޭން 300 ދުވަހު ތެރެއިން 300 ދުވަހު އަބިގޮއްޔެ ގޮވައިގެން ދަތުރުކުރީމަ!
ޙައުސިން މިނިސްޓްރީ
18 January 2025
ޢެކަމު ފަޔާރ ޝޯޓްއެއްވެގެން ޑެމޭޖްވެއްޖެޔާ؟
ބޭކާރު ކުލި
18 January 2025
ކުލި ނަގާމީހުންގެ ކުލި ކްރެޑިޓްކާޑުން ދެއްކޭނެގޮތް ހަދާބަލަ
މޮގޮށި މީދާ
18 January 2025
ހުރިހާ ދިވެހިންނާ ބިދޭސިން ވެސް ކޮންމެމަގެއްގަވެސް އަދި ކޮންމެތާކުވެސް ހުސްފަޔާ ހިނގާފި ކަމަށް ވަނީ ވީއްޔާ ފައިދާ ވާނެ ނޫންތޯ!
ވަގން
18 January 2025
ފައިދާވަނީ އަމިއްލަ ޖީބަށް.
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
17 January 2025
އަނގަތެޅުމާ އާޓު ދެއްކުމަކީ މި ސަރުކާރުގެ އާދަ. ކަންކަމަށް ކުރާ ހަރަދާ ބަލާފަ ރަނގަޅު ނަތީޖާއެއް މި ސަރުކާރަށް ނެރެދެވިފައިވަނީ ކޮން ކަމަކުން؟؟ ނަތީޖާ ހަމަ ސުމެއް!! ވަރަށް ހިތާމަ ހުރި ކަމެއް!! މިއީ ރައްޔިތުން އުއްމީދު ކުރި ގޮތެއް ނޫން
ގައްޔޫމް
17 January 2025
ދިވެހިން ކަމަށްމިބަލަނީ އެއްމެހާދިވެހިން، އެހެންވީމާ އެއްމެހާދިވެހިންނަށް ޓޫރިޒަމުން މަންފާކުރާނެގޮތް ހަމަޖައްސަވާ، މިގޮތުން ހަނިމާދޫ އާއި އަށްޑޫގަން އެއަރޕޯރޓް ފެންވަރުރަނގަޅުކޮށްލައްވާ،
ނުވާނެއޭދޯ
17 January 2025
ދުނިޔޭގައި އޮތް އެންމެ ބޮޑަށް ސަރުކާރުގެ ހުރިހާ އޮޕަރޭޝަންސް ތައް ޑިޖިޓަލައިޒް ކޮށްފައިވަނީ ހަމަ އެކަނި އެސްޓޯނިއާ ގައޭ މިކަން ނަކަލު ކުރަން ސަރުކާރުން ބޭނުންނަމަ ޔޫރަޕް ގައި މިހާރު ހުޭރި ހުރިހާ އެމްބަސީ ތައް ޖެހޭނީ ބަންދުކޮށްލާށޭ އެ ފައިސާ އިން އެއިރުން މުޅި ސަރުކާރުގެ ހުރިހާ ނިޒާމް ޑިޖިޓަލައިޒް ކުރެވޭނެއޭ ރާއްޖޭގައި ނުކުރެވޭނީ ހަމަ އެކަނި ވޯޓްލުމޭ އެނޫން ހުރިހާ ކަމެއް ކުރެވޭނެއޭ ލައިސެންސް ވެސް ދޫކުރެވޭނެއޭ ޑިޖިޓަލް ލައިސެންސް ހާރޑްކާރޑް ބޭނުން
ޖައްސާށޭ
17 January 2025
ދުނިޔެ ހޯދަން މަސައްކަތް ކުރާނަމަ ޑިޖިޓަލް ނުކޮށް ސަލާމަތް ނުވާނެއޭ އެކަމަކު މާލޭގައި އުޅޭ ގަމާރު ދިވެހިންނަށް ހީވެފައި އޮންނަނީ ޕަބްޖީ ކުޅުމުން އެއި އޭނާ އަމިއްލަ އަށް ޑިޖިޓަލްވީ ކަމަށޭ ފޯނުން ގިނަ ދިވެހިން މިހާރު ކުޅެނީ ޖުހާއޭ ހަގީގަތުގައި ޔޫޓިއުބް ޗެނަލްގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ކުރާ ގައުމަކީ އިންޑިއާއޭ ޔޫޓިއުބް މިހާރު އިންޑިއާގެ އާ ޖީލުން އެވަނީ ޔުނިވަރސިޓީގެ ލެކްޗަރަރ އިންނަށް ބަދަލުކޮށްފައޭ ކޮލެޖްސް ތަކުން އެބަޖެހޭ މިކަން ފަށަން
އެކަލަޮ
17 January 2025
ވެރިކަމަށް އަހަރެއް ވީއިރު ތިކަން އޮތީ އެނގިފަ. މަ ހިތަށްއަރަނީ ޖެހިލުމެއްނެތި ކޮންމެ އެއްޗެއްވެސް ބުނެފާނެތާއޭ.