މިހޤާތަނަށް 18،000 ބިދޭސީންގެ ޑާޓާ ނަގައިފި.--
18 ޖެނުއަރީ 2025 - 09:27
ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ސަރުކާރުން ފަށާފައިވާ "އޮޕަރޭޝަން ކުރަނގި"ގެ ބޮޑު ހަރަކާތެއް މިއަދު މާލެ ސަރަހައްދުގައި ފަށައިފި އެވެ.
މިއަދު ހެނދުނު 8:00 ގައި ފެށި މަސައްކަތް، އިރުއޮއްސި 6:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.
އެ އޮޕަރޭޝަނުގައި މިނިސްޓްރީގެ 75 އޮފިޝަލުން ބައިވެރިވާއިރު، ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ބިދޭސީންގެ އިތުރުން ބޮޑެތި ބައެއް ކުންފުނިތަކުގެ ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މާލޭގެ އިތުރުން ތިލަފުއްޓާއި ގުޅީފަޅުގައި ވެސް ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ބިދޭސީންގެ ފިންގަޕްރިންޓާއި ފޮޓޯ ނެގުމުގެ ގައުމީ ކެމްޕެއިން، "ކުރަނގި" ފެށުމަށްފަހު، ހިންމަފުށީގައި މަސައްކަތްކުރާ ބިދޭސީންތަކެއްގެ މައުލޫމާތު ނެގުމަށް މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޮމެޓޮރިކް މައުލޫމާތު ނަގަން ފަށައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ފެއްތުމަށް "ކުރަނގި" އޮޕަރޭޝަން ފެށީ މިދިޔަ މެއި މަހުގެ ދެވަނަ ދުވަހު އެވެ.
"އޮޕަރޭޝަން ކުރަނގި" ފެށި ފަހުން މިހާތަނަށް 24،028 ބިދޭސީންގެ ބަޔޮމެޓްރިކް ޑޭޓާ އެއްކޮށްފައިވާއިރު މީހާރު ވެސް 185 ރަށެއްގައި ކުރިއަށް ގެންދެ އެވެ. އަދި 55 ރަށެއްގެ މަސައްކަތް ވަނީ އެއްކޮށް ނިންމައިފަ އެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހޯމް މިނިސްޓްރީ އާއި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ އިދާރާތަކުން ހިންގި އޮޕަރޭޝަންތަކުގައި ހިފެހެއްޓި ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅުނު 5،000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ޑީޕޯޓްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައަދުރަމެޓިކްސް
18 January 2025
ތިބީދައިން މިހާރުހަދަމުން ގެންދާ ރިސޯޓްތަކަށްވެސް އަރާބަލަ. އެތާގައި އެއުޅެނީ ވިސާނެތް ވާކްޕާމިޓެއް ނެތްމީހުން. ބޮޑެތިކުންފުނިން އަތްފުނާއަޅައިގެން މިކަހަލަ ބިދޭސީންހޯދައިގެން ގެންގޮސް މަސައްކަތްކުރުވަނީ
ކާނިި
18 January 2025
އޮޕުރޭޝަން ކުރަނޑި އަންނަނީ ބޮޑުވާފަހަރާ ކުޑަވަަފަހަރު.
ހަބީބު.
18 January 2025
ތީގެމާނަޔަކީ އަލީއިހުސާނު ކުރިކުށައް އަދަބު ނުދިނުމެއްނޫން އަލީއިހުސާނު ޖެހޭނީ މަގާމުން ދުރައްދާން ހުކުރު ހުތުބާގަ އޮންނަނީ މަގާމުގެ ބޭނުން ނަހަމަ ގޮތުގަ ބޭނުން ނުކުރަން ޕީއެންސީއައް ވަގައް އަހަރުމެން ވެއްދީ މަގާމުގެ ބޭނުން ނަހަމަ ގޮތުގަ ހިފައިގެން އެމްޑީޕީ ހަރުގެޔައް ކަޅުތެޔޮޖެހި މީހުން ހައްޔަރުކޮއް ބަދަލު ނަގައި ނުދީ އެތިބީ މަގާމުގެ ނުފޫޒާ ބާރުގެ ބޭނުން ކޮއްގެން
ހިތްވަރު ކޮށްލާ
18 January 2025
އެންމެ %4 ?
އެނަލިސްޓްބޭބެ
18 January 2025
" އޮޕަރޭޝަން ކުރަނގި" ފެށި ފަހުން މިހާތަނަށް 24،028 ބިދޭސީންގެ ބަޔޮމެޓްރިކް ޑޭޓާ އެއްކޮށްފައިވާއިރު މީހާރު ވެސް 185 ރަށެއްގައި ކުރިއަށް ގެންދެ އެވެ. އަދި 55 ރަށެއްގެ މަސައްކަތް ވަނީ އެއްކޮށް ނިންމައިފަ އެވެ." މި ޕެރެގްރާފުގައި ލިޔެފައިވާ އެއްޗަކާ އޯޑިއޯ ހަބަރަކާ ދިމާނުވޭ. ރަނގަޅުކޮއްލަބަލަ
އައްޕަތުރޭ
18 January 2025
ހޯމްލޭންޑް މިނިސްޓަރުގެ ޖަރީމާތައް އޮއްބާލަން ސުރުހީއެއް އަޅާލީދޯ؟؟ ހަމަ މިހާރު އިސްތިއުފާ!!
އަލްޖިބްރރާ
18 January 2025
ބައެއް މީހުންކައިރީ އަހައްޗޭ، ވޯރކްޕަރމިޓް އެޕްރޫވް ކުރަން ކިހާވަރެއް ދޭންޖެހުނުތޯ
ސިކުނޑި
18 January 2025
އިމިގްރޭޝަނުން މީހުން ފަހާދުވެ އަތުލައިގެން ޑީޕޯޓް ކުރަނީ! ހޯމް މިނިސްޓްރީން ގަވައިދާ ޚިލާފަށް އުޅޭ މީހުން ގަވައިދަށް ފައްތަނީ!؟ ބަޔޯމެޓްރިކް ޑާޓާ އިމިގްރޭޝަންގައި ހުންނަން ޖެހޭނެ! އެހެންނޫނަސް ތި އޮޕަރޭޝަންގެ ނަން ބަދަލު ކުރަންޖެހޭ! ކުރަނގި އެއީ އައިންމަތީ ދޫންޏެއް! ރާއްޖޭގައި އާލާވާއެއްޗެއް! ތި އޮޕަރޭޝަނަށް ކިޔަންވީ [އޮއެވާލި] އެއީ ބެހިގެން އަންނަ އެއްޗެއް!
ޖަމީލުބެ
18 January 2025
ކޮންމެ ހަފްތާއަކު ސުރުޚީއެއް ފެނުމަކީ މުހިއްމުކަމެއް
ކޮރަލް
18 January 2025
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ފެއްތުމެވެ. މިގޮތަށް ދުވަހަކުވެސް ހައްލެއް ނުވާނެ އެވެ. ވިޒީފާ ދިން މީހާ އަށް ފިލައިގެން ދެތިން އަހަރު އުޅެފަ ތިޔަ ޕްރޮގްރާމްގެ ދަށުން އާ ސްޕޮންސަރެއްގެ ނަމަށް ބަފަލު ވަނީ އެވެ. ދެން ނުދައްކާ ހުރި ވިސާފީ އާ ހުރިހާ ފައިސާ އެއް ދައްކަން މިޖެހެނީ ކުރިގެ ސްޕޮންސަރެވެ.