ހުޅުމާލެ ފޭސް ދޭއްގެ ބޮޑު ބަޔަކުން ވަނީ ކަރަންޓު ކެނޑިފައި.
18 ޖެނުއަރީ 2025 - 23:12
ސްޓެލްކޯ އިން ބުނިގޮތުގައި ހުޅުމާލެ 2 ގެ އެމްޕީއެލް ޓަވަރާއި ދިރާގު ބިލްޑިންގް ފިޔަވައި ހުރިހާ ސަރަހައްދުތަކަށް މިހާރު ވަނީ އަލުން ކަރަންޓު ދީފައި.
ސްޓެލްކޯ އިން ދެންމެ ބުނީ، ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނީ ހުޅުމާލެ އަށް ކަރަންޓު ދޭ ފީޑާތަކުގެ ތެރެއިން ފީޑަރެއް ޓްރިޕް ވުމާ ގުޅިގެން ކަމަށް. ހުޅުމާލެ 1 ގެ ތިން ޓްރާންސްފޯމަރެއް މިހާރު އެނަޖައިޒްކޮށް، ކަރަންޓު ދީފައިވާ ކަމަށާއި ކަރަންޓު ނުދެވި ހުރި ސަރަހައްދުތަކަށް ވީ އެންމެ އަވަހަކަށް ކަރަންޓު ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ސްޓެލްކޯ އިން ބުނި.
ޓެކްނިކަލް މައްސަލައެއް ދިމާވެގެން ހުޅުމާލެ 2 ގެ ބައެއް ސަރަހައްދުތަކުން ދެންމެ ކަރަންޓު ކެނޑިއްޖެ އެވެ.
ސްޓެލްކޯ އިން ބުނިގޮތުގައި، ކަރަންޓު ކެނޑުނީ ހިޔާ ފްލެޓުގެ 9 ވަނަ ޓަވަރުން ފެށިގެން 16 ވަނަ ޓަވަރާ ހަމައަށެވެ. ދިމާވި މައްސަލަ އަދި ސާފެއް ނޫނެވެ.
ހުޅުމާލެ އަށް ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ސްޓެލްކޯ އިން މީގެ ކުޑައިރުކޮޅެއް ކުރިން ކުރި ޓްވިޓެއްގައި ބުނީ، ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. މައްސަލަ ދަނެގަނެ ވީ އެންމެ އަވަހަކަށް ކަރަންޓުގެ ހިދުމަތް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ކުއްލި ގޮތަކަށް ކަރަންޓު ކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯ އިން މާފަށް އެދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަފް
19 January 2025
ދެން އަޅެ ތިތާ ތި ހަރުކުރާ ކެމެރާތަކުގެ ބޭނުމެއް ކޮބާ. އަބަދު އެއް އަޑަކުން ސްޓެލްކޯއިން ޓުރާންސްފޯރމާ ވަގު މިހެން ކިޔާލަ ކިޔާލަ. ތިނޫން ވާހަކައެއް އަޅެ ދައްކަން ނެތީތަ. ކުއާރޓާރއެއްގަ 20 މިލިއަން 30 މިލިއަނުން ފައިދާ ވާއިރު.
ޒޫމަލް
19 January 2025
ޔަގީނުންވެސް ލަސް ނުވެ އެކަން ވެސް ހައްލު ކޮށްފަ.ވާނީ
ޙާޒިމް
18 January 2025
އާންމު ރައްޔިތުން ނިކުމެ ފޯމަރުތަކުން ވައްކަން ކުރާމީހުން ހިފާހައްޔަރު ކުރަން ވެއްޖެ. މިހާރު ދެން އާންމު އުނދަގުލަކައް ވެއްޖެ މިކަންތައް
އުދުހޭ
18 January 2025
އަނެއްކާ ޓްރާންސްފޯމަރެއް ވަގަށް ނެގީތަ؟
ލަބީދު
18 January 2025
ޓުރާންސް ފޯރމަރުގަ ތަތްލީތަ.