ޚަބަރު / ގާޒީ މަހާޒް އަލީ ޒާހިރު

އައިކޮމްގެ ނިންމުންތަކާ ގުޅޭ ފަހު މަރުހަލާއަކީ ހައި ކޯޓު، ސުޕްރީމް ކޯޓަށް ނުބެލޭނެ: ފަނޑިޔާރު މަހާޒު

ފަނޑިޔާރު މަހާޒު: އައިކޮމްގެ ނިންމުންތަކާ ގުޅޭ ފަހު މަރުހަލާއަކީ ހައިކޯޓު ކަމަށް ވިދާޅުވި --

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމާ ނިންމުންތަކާ ގުޅޭ އެންމެ ފަހުގެ މަރުހަލާއަކީ ހައި ކޯޓު ކަމަށާއި އަދި އެފަދަ ނިންމުންތަކާ ގުޅޭ މައްސަލަތައް ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

އަމީނީ މަގު ހެދުމުގެ މަޝްރޫއުއާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށް 2022 ވަނަ އަހަރު ރައިޓް ޓު އިންފޮމޭޝަން އެކްޓިވިސްޓް އަހުމަދު އަފްރާހު އިސްމާއިލް ހައުސިން މިނިސްޓްރީއަށް ހުށަހެޅި ހުށަހެޅުމާ ގުޅިގެން، ގާނޫނުގައި ބުނާ މުއްދަތުގައި އެ މިނިސްޓްރީން ޖަވާބު ދީފައެއް ނުވެ އެވެ. އެހެންވެ، އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅުމުން، އެ މައުލޫމާތު ދޭން އެ މިނިސްޓްރީގެ މައްޗަށް އަމުރުކުރި އެވެ.

ކޮމިޝަނަރުގެ އެ ނިންމުން މިނިސްޓްރީގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވެސް ނިންމީ އަފްރާހު އެދުނު މައުލޫމާތު ދޭން ޖެހޭނެ ކަމަށެވެ. އެހެންވެ، އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި އެވެ.

އެ މައްސަލާގައި ހުކުމް އިއްވަން މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު މަހާޒުގެ ތަފާތުވި ރައުޔު އިއްވަވަމުން އޭނާ ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ 64 ވަނަ މާއްދާގެ (ށ) އޮތްގޮތުން، މިއީ ސުޕްރީމް ކޯޓަށް ބެލިދާނެ މައްސަލައެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އެ ގާނޫނުގެ 64 ވަނަ މާއްދާގައި ބުނަނީ އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ، އެ މައްސަަލައެއް 30 ދުވަހުގެ ތެރޭގައި ހައި ކޯޓަށް ހުށަހެޅިދާނެ ކަމަށެވެ. އަދި އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ ކޮމިޝަނަރު ނިންމާ ނިންމުމެއްގެ މައްސަލަ ކޯޓަކުން ބެލޭނީ، އެ މާއްދާގެ ދަށުން ކުރާ އިލްތިމާސްގެ މަރުހަލާގައި އެކަނި ކަމަށެވެ.

".ގާނޫނުގެ މި އަކުރަށް ބަލާއިރު، މި އަކުރުގައި ޝަރުއީ ކޯޓުތަކުގެ ބަދަލުގައި ލިޔެފައިވަނީ މުފްރަދުކޮށް، "ޝަރުއީ ކޯޓަކުން" މި ގޮތަށް. އަދި 'މި މާއްދާގެ ދަށުން ކުރާ އިލްތިމާސްގެ މަރުހަލާގައި އެކަންޏެވެ.' ބަޔާންކޮށް، އިސްތިއުނާފީ އެހެން މަރުހަލާތައް އެވަނީ ސާފު އިބާރާތުން އިސްތިސްނާ ކޮށްފައި. މީގެ އިތުރަށް މި މާއްދާގެ (ހ) ގައި ހައިކޯޓުގެ އިތުރުން، ސުޕްރީމް ކޯޓުގެ ވާހަކަ ބަޔާންކޮށްފައި ނުވެ،" ފަނޑިޔާރު މަހާޒު ފާހަގަ ކުރެއްވި އެވެ.

ހައި ކޯޓު: އައިކޮމްގެ ނިންމުންތަކާ ގުޅޭ ފަހު މަރުހަލާއަކީ ހައިކޯޓު ކަމަށް ފަނޑިޔާރު މަހާޒު ވިދާޅުވި

ފަނޑިޔާރު މަހާޒު ފާހަގަ ކުރެއްވި ކަންކަން.

- މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމަކާ ގުޅިގެން ހައިކޯޓުން ނިންމާ ނިންމުމަކީ، އެފަދަ މައްސަލަތަކުގައި ކޯޓުތަކުން ނިންމާ އެންމެ ފަހުގެ ނިންމުން ކަމުގައި އެ ގާނޫނުގެ ބޭނުމަށް ބަލަންޖެހޭ.

- މިފަދަ މައްސަލަތަކުގައި އިސްތިއުނާފީ މަރުހަލާ ކުރުކޮށްފައި ވަނީ ގާނޫނުއަސާސީގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މައުލޫމާތު ހޯދުމާއި، މައުލޫމާތު ދިނުމުގެ މިނިވަންކަމުގެ ހައްސާސްކަމުގެ މައްޗަށް ވިސްނައި، އެ މިނިވަންކަން އެގޮތުގައި ދެމެހެއްޓުމުގެ ގޮތުންކަން.

- ގާނޫނުގެ ދެވަނަ މާއްދާގައި، ގާނޫނުގެ މަގުސަދު ބަޔާންކޮށްފައި އޮތްގޮތުން ބާރު ލިބޭ ކަމަށް.

ފަނޑިޔާރު މަހާޒް ވިދާޅުވީ ކޯޓުތަކުން ނިންމާ އެހެން ބައެއް ނިންމުންތަކަކީ މިހާރު ވެސް އިސްތިއުނާފު ކުރުމުގެ ފުރުސަތު ނެތް ނިންމުންތަކެއް ކަން ފާހަގަ ކުރެއްވި އެވެ. އޭގެ އެއް މިސާލަކީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 80 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޑްރަގް ކޯޓުގެ ނިންމުންތަކެއް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އަދި އަނެއް ބާވަތުގެ މައްސަލަތަކަކީ އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ ދަށުން ފުރަތަމަ މަރުހަލާގައި ހައި ކޯޓުން ބަލަން ޖެހޭ މައްސަލަތައް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

މީގެ އިތުރުން ބައެއް ބާވަތުގެ މައްސަލަތަކަކީ ހަމައެކަނި ސުޕްރީމް ކޯޓުން ބެލޭނެ މައްސަލަތައް ކަން ވެސް ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.

ސުޕްރީމް ކޯޓު: އައިކޮމްގެ ނިންމުންތަކާ ގުޅޭ ފަހު މަރުހަލާއަކީ ހައިކޯޓު ކަމަށް ފަނޑިޔާރު މަހާޒު ވިދާޅުވި

އެހެންކަމުން އުސޫލުން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމަކާ މެދު ހިތްހަމަނުޖެހިގެން ހައިކޯޓުން ބަލައި ގޮތެއް ކަނޑައަޅާ މައްސަލަތަކަކީ އެ ކޯޓުން ގޮތެއް ކަނޑައެޅުމުން އިސްތިއުނާފީ މަރުހަލާ ނިމިގެންދާނެ މައްސަލަތަކެއް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

"މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 64 ވަނަ މާއްދާގެ (ށ) އެފަދައިން އޮތް ނަމަވެސް، މި ބާވަތުގެ މައްސަލަތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނެ ކަމުގައި ބުނެ މި މައްސަލައިގެ ޚަސްމުން ޝަރީއަތުގައި ދައްކާފައިވާ ވާހަކަތަކަށް އަހުރެންނަށް ގާނޫނީ ބުރަދަނެއް ނުދެވޭ،" ފަނޑިޔާރު ވިދާޅުވި އެވެ.

"މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ބަޔާންވެފައިވާ އިސްތިއުނާފުގެ ކުރު މަގަކީ، ރައްޔިތުންގެ ފަރާތުން، ރައްޔިތުން އެދޭ ގޮތަށް، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން އެ ރައްޔިތުން ބޭނުންވާ މައުލޫމާތު ހޯދުމުގައި، ގާނޫނުން ރައްޔިތުން އިހްތިޔާރު ކޮށްފައިވާ އިސްތިއުނާފުގެ ކުރު މަގު ކަމުގައި ބަލަންޖެހޭ."

އެހެން ނަމަވެސް އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރު އައިޝާ ޝުޖޫން އަދި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ރައުޔަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ މައްސަލަ ސުޕްރީމް ކޯޓަށް ބެލޭނެތޯ ކަނޑައަޅަން ޖެހޭ ހާލަތެއް މި މައްސަލައިގެ ތެރޭގައި ނެތް ކަމަށެވެ.

މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ދިޔައިރު، ބަންޑާރަ ނައިބުގެ އޮފީހުންނާއި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވެސް ބުނެފައިވަނީ މިފަދަ މައްސަލަތައް ސުޕްރީމް ކޯޓަށް ބެލޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

20 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 13%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮޑަށްބީ

20 January 2025

ޤާނޫނީ ހަމަތަކުން އަދި އުޞޫލީ މިންތަކުންވެސް ތިޔައީ ހަމަ ބޮޑުތަނުން ގަޅި ވާހާކައެއް.

The name is already taken The name is available. Register?

ނފސ

19 January 2025

އެހެންވެއްޖިއްޔާ ތިކޯޓު ސުޕުރީމު ނުވަނީނު! މަހީކުރަނީ ހައިއަށްވުރެ ސުޕުރީމު މަތިވެފަ ބާރު ގަދަވާނެކަމަށް. ޤާނޫނު މާނަކުރުމާއި ފަހުބަސްބުނުން އޮންނަނީ ތިކޯޓަށް. އެހެންވީއިރު ނުބެލެންވިގޮތެއް ނުވިސްނުނު. މަގޭ ކޮށިބުއްދިބުނަނީ ބޮލުންނައްޓާލަން އެއްޗެކޭބުނަނީއޭ.

The name is already taken The name is available. Register?

ކސހޅ

20 January 2025

ބަލަގަ ކޯޓު ސުޕްރީމް ވަނީ ގާނޫނުން ވަކި ބާރުތަކެއް ދިނީމަދޯ. އެ ގާޒީ ބުނެފަ އެ އޮތީ ވެސް ގާނޫނުގަ ބުނާ އެއްޗެއް. ގާނޫނުދޯ ގޯހީ އެހެންވިއްޔާ.

The name is already taken The name is available. Register?

މުކިމުކި

19 January 2025

ގާނޫނުތައްވެސް ތިޔަ ހުންނަނީ ވާނުވާ ޖަހާފަ. ހަމަ ކަނޑައަޅާ ތިޔަ ގާނޫނުގައި ވަކިގޮތެއް ލިޔަންވީނު. ސުޕްރީމްކޯޓަކުން ނުބެލޭނޭ. އޭރުން އެނިމުނީނު. މިކިޔަނީ ހައްތަހާވެސް މުކިމުއްޗޭ. އެއްފަނޑިޔާރު ބުނަނީ ކައިގެންނޭ ފުރާނީ. އަނެއްފަނޑިޔާރު މިބުނަނީ ނޫނޭނޫނޭ. ނުކައެއް ނުފުރާނަމޭ.

The name is already taken The name is available. Register?

ޕަބްލޯ/ގައްދޫ

19 January 2025

ހައި ކޯޓަށް ހުށަހެޅިދާނެ މި ބަހުގެ މާނައަކީ މަތީ މަރުހަލާ އަށް ދެވިދާނެ. ބުއްދީގެ ދަލީލަކީ މަތީ މަރުޙަލާ އަށް ދިއުމަށް ސްޕްރީމް ކޯޓަށް ނުބެލޭ ކަމެއް ހަމައެކަނި އޭގެ ދަށު ކޯޓަކަށް (ހައި ކޯޓަށް) އިސްތިސްނާ ޙާލަތަކަށް ހަދާފައި ނުބޭއްވޭނެކަން. ސާފު އިބާރާތުން "މަތީ މަރުޙަލާގައި ބެލޭނީ ހަމައެކަނި ހައި ކޯޓުންނޭ" މިހެނެއް ނޫން އޮތީ. ކަމެއް ނަފީކުރުމަށް ސާފު ބަހުން އެވާހަކަ އޮންނަން ޖެހޭނެ.

The name is already taken The name is available. Register?

އިހްސާސް

19 January 2025

މަހާޒު ތިޔަބުނީ ހަމަހެޔޮކޮށް. ތިއޮތީ ޤާނޫނު ހެދި ކުދިންނަށް އެކަން އެނގި ވަޑައިނުގެންފަ. އެބޭޅާމެންނަށް އެނގޭނީ ވަރުގަދައަށް ވިޔަފާރިކުރަން.

The name is already taken The name is available. Register?

ހެޔޮ ނިޔަތް

20 January 2025

ދެން އެހެންވިއްޔާ މި ތިބުނާ ލޫޕްހޯލް ބައްދާލަން ހެޔޮ ނިޔަކުގެ އުސޫލު ބޭނުންކުރަންވީނު. ހެޔޮނިޔަތުގާ އެކަން ކުރާނެ ގޮތް ކިޔައިދީ ތިމަންނާމެންނަށް ބެލޭނެއޭ ބުނެލިނަމަ ދީ.

The name is already taken The name is available. Register?

1181

19 January 2025

މީގެ ކުރިންވެސް މިބާވަތުގެ މައްސަލަތައް ހަމަ ތިޔަ ސުޕްރީމް ކޯޓުގައި ބަލާ ހުކުމްކޮށްފައި ހުރި އިރު މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި އިން ވޭގް އެންމެ ލަފްޒެއްގައި އަޅުވާފައި ގާނޫނު އަސާސީން ފަހިކޮށްދީފައި އޮތް ކޯޓުތަކުގެ ނިންމުންތައް އިސްތިއުނާފުގެ ދޮރު ބަންދުކުރުމަކީ ވަރަށްް ގޯސްކޮށް ކުރެވޭކަމެއް.

The name is already taken The name is available. Register?

88924

19 January 2025

އޮތީ ބެންކް މައްސަލަ އެކަނި

The name is already taken The name is available. Register?

ނުބެލޭނެތަ؟

19 January 2025

އަހަރެން ކޮންމެ ދުވަހކު ސްޕްރީމްކޯޓުގެ ނިންމުންތައް ބަލައި ދިރާސާކޮށް ހަދަން، ސުވާލަކީ ސުޕުރީމުކޯޓުގެ ނިންމުން އައިކޮމްއަށް ބެލޭނެހޭ

The name is already taken The name is available. Register?

ބެލޭނެ

19 January 2025

މިވީގޮތުން އައިކޮމް ސުޕްރީމް ކޯޓަށްވުރެ ސުޕީރިއަރ ވީމައި، ދެން ބެލޭނެތާ.

The name is already taken The name is available. Register?

ތަމީމު

19 January 2025

ތި މައްސަލައިގައި މަހާޒުގެ ރައުޔަށް ތާއީދު ކުރަން.

The name is already taken The name is available. Register?

ކަތްދައްތަ

19 January 2025

ޤާނޫނުގަ އޮތް އެއްޗެއް އޮތް ގޮތަކަށް ކިޔަންޖެހޭނީ. އެގޮތަށް ކިޔައިގެން ގައުމުގެ ވަހުދަތު ދައްޏާ ޖެހޭނީ ޤާނޫނު ބަދަލު ކުރަން. ޤާނޫނު ހަދާ މަޖިލީހަށް މެންބަރުން ހޮވާއިރު، ގައުމުގެ ވަހުދަތެއް އެހެން ދަތެއް ނުބަލާ ސޫފިނަގާ މީހުންނާއި ތެޔޮބިޑި ވިއްކާ މީހުންނާއި ގުދަން ކަމާލު ކުރާ މީހުން ވެއްދީމާ ވާނެ ހައެތި މިގައުމަށް މިވަނީ. އެބައެއްގެ ޕްރޮފެޝަންގައި އެބަޔު ކުރާ މަސައްކަތް ރަގަޅުވިޔަސް ޤާނޫނުހަދަން އަންނަމީހާއަކީ "ޢިލްމު ޙިލްމީ" ގެ މީހަކަށްވާންޖެހޭ.

The name is already taken The name is available. Register?

ދޭހިލޭ

19 January 2025

ރާއްޖޭގައި ފަހަކަށް އައިސް ހަދާފައި ހުރި ގާނޫނުތަކަކީ ކުޅޭކުޅޭ އެއްޗެއް. އެހެން ގައުމުތަކުގައި ބައެއް ލިޔުންތައް ދޫކުރަނީ އާކައިވްގެ ކޮމިޝަނަރ ޖެނެރަލް. ރާއްޖޭގައި މިކަންވެސް އޮތީ ނަމަކަށް. އެ ގާނޫނުގައިވެސް ގައުމީ ސަލާމަތަށްޓަކައި، ފަރުދުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެއްވެސް މިންވަރެއް ހިފެހެއްޓުމުގެ ބާރެއް ދީފައި ނުވޭ. މިއީ އެހެން ގައުމުތަކުގައި މިކަން އޮންނަ ގޮތެއް ނޫން. ކޮމިޝަނަރ ޖެނެރަލްގެ ނިންމުމަކީ އެންމެފަހުގެ ނިންމުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454