ރައީސް ޑރ. މުހައްމަދު މުއިއްޒު ކެބިނެޓަށް ބަދަލު ގެންނެވުމުން މިނިސްޓަރުން ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތު: މި ހަތަރު މިނިސްޓަރުންނަށް މިއަދު މަޖިލީހުން ވަނީ ރުހުން ދީފައި.-- ފޮޓޯ: ރައީސް އޮފީސް
20 ޖެނުއަރީ 2025 - 10:28
ކެބިނެޓަށް ގެނައި ބަދަލުތަކާ އެކު މަގާމްތަކަށް އަލަށް އައްޔަންކުރެއްވި ހަތަރު މިނިސްޓަރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
ކެބިނެޓަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބަދަލު ގެންނަވައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އުފައްދަވައި ހަވާލުކުރެއްވީ ފިނޭންސް މިނިސްޓަރު ކަމުގައި ހުންނެވި މޫސާ ޒަމީރާ އެވެ. ހައުސިން މިނިސްޓްރީގެ ބަދަލުގައި އުފެއްދެވި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ހަވާލުކުރެއްވީ ޑރ. އަބްދުﷲ މުއްތޮލިބާ އެވެ.
ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ. އަލީ ހައިދަރު އަހުމަދާ ހަވާލު ކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އެވެ. އެ މިނިސްޓްރީ ހިންގެވި ޑރ. މަރިޔަމް މާރިޔާ ބަދަލުކުރެއްވީ އެގްރިލަކްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީއަށެވެ.
މި ހަތަރު މިނިސްޓަރުންނަށް ވަކިވަކިން އެހި ވޯޓުގައި ހައިދަރު ފިޔަވައި ދެން ތިއްބެވި ވަޒީރުންނަށް ރުހުން ލިބުނީ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. ހައިދަރު އައްޔަން ކުރަން ނުފެންނަ ކަމަށް އެމްޑީޕީގެ ހަ މެންބަރަކު ވޯޓު ދެއްވި އެވެ.
މިއީ ރައީސް މުއިއްޒުގެ ކެބިނެޓަށް ބަދަލު ގެންނެވި ދެވަނަ ފަހަރެވެ.
މި ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރު ފިނޭންސް މިނިސްޓަރަކަށް ބަދަލު ކުރައްވައި، މި ސަރުކާރުގެ ފުރަތަމަ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ފޮރިން މިނިސްޓަރަކަށް އޭރު ބަދަލުކުރެއްވި އެވެ. އަދި ފަހުން ހެލްތު މިނިސްޓަރަކަށް އައްޔަންކުރެއްވީ ރައީސް އޮފީހުގެ މިނިސްޓަރަކަށް ކުރިން ހުންނެވި އަބްދުﷲ ނާޒިމް އިބްރާހިމެވެ.
ފިނޭންސް މިނިސްޓަރަކަށް ޒަމީރު އައްޔަންކުރެއްވީ މި ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އިސްތިއުފާ ދެއްވުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޭސޮރާ
20 January 2025
މަޖިލީހުގެ މެންބަރުންނަކީ ވަޒީރުންނާ ގުޅައިގެން ރައްޔިތުންނަށް ކަންކޮށްދޭންޖެހޭ ބައެއް ނޫން. ކޮންމެ އަހަރަކު ސަރުކާރުން ކުރާނެ ކަންކަން ބަޖެޓްކޮށް ހުށަހަޅަނީ ބޭނުމެއްގައި. ވަޒީރުން ޖަވާބުދާރީ ކުރާނެ ގޮތްތައް ވަނީ ގާނޫނުގައި ލިޔެފައި. ކަންކަން އޮޅުންފިލުވަންވާނީ ގާނޫނުގައި އޮންނަ ގޮތަށް. މަޖިލީހުގެ މެންބަރުން ކޮރަޕްޝަނަށް މަގުފަހިވާ އަމަލުކުރުމާއި އެފަދަ ވާހަކަ ދެއްކުން ހުއްޓާލާފައި ތަހުޒީބު ބަޔަކަށް ވާންވެއްޖެ.
އޮަޓޯ
20 January 2025
އެންމެ ވިޔާނުދާ ވާހަކަދެއްކީ ލަތީފު. މެންބަރުން ވަޒީރުންނާ ގުޅައިގެން ކުރަންޖެހޭ ކަންކަން ހުންނަނަމަ އެއީ ކޮރަޕްޝަނަށް. ވަޒީރުން ޖަވާބުދާރީކުރާނެ ގޮތުގެ އިޖުރާއާތުވަނީ ގާނޫނުގައި ލިޔެފައި. ކަމެއް ސާފުކުރަން ބޭނުންވާނަމަ އިޖުރާއާތާ އެއްގޮތަށް ކުރަންވާނީ. އެ ނޫންގޮތަކަށް ކުރާނަމަ އެއީ މަގާމުގެ ނުފޫޒުގެ ބޭނުންކޮށްގެން ކަންކަން ކުރަން އުޅުން. ރައްޔިތަކު ބުނެގެން ކަމެއްގައި ވަޒީރުންނާ ގުޅާކަށް ނުޖެހޭނެ. ޚިދުމަތްދޭނޭ އުސޫލުތައް ހުންނާނީ އާންމުކޮށްފައި.
އިލްހާމާާ
20 January 2025
ދިވެހީންގެ މަޖިލީހުގެ އުފާވެރިކަން މިހާޜު އެބަ އިހުސާސްކުރެވޭ.
ރީޝާާ
20 January 2025
ބަޔެއް މިނިސްޓްރީތަށް އެއްކޮށްލަން ރައީސް މުއިއްޒު ނިންމެވި ނިންމުމަކީ ވަރަށް ރަނގަޅު މިވަގުިތަށް އެންމެ ބޭނުންތރި ނިންމުން.
އަރުގަމްް
20 January 2025
މި ބަދަލުތަކާއެކު މި ގައުމުގެ ކަންކަން އިސްލާހުކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ.
ވަސީމާާ
20 January 2025
ކޮބާ އެމްޑީޕީ ކުދިންނަށް ސައިޒު އެނގިއްޖެތަ މިހާރު.
ރަސީދުރ
20 January 2025
މުއިއްޒު އަސްލު ސައިޒު އެނގޭނެ 28ގައި.
ނިހާންް
20 January 2025
ވަޒީރުންގެ މަޖިލީހަށް ރައިސް މުއިއްޒު ގެންނެވީ ވަރަށް ރަނގަޅު ބަދަލުތަކެއް.