އިންތި: ޑިމޮކްރަޓްސް ޕާޓީގެ ރައީސް ކަމަށް ވާދަކުރަން އޭނާ ވަނީ ނިންމަވާފައި --- ފޮޓޯ/މިހާރު
21 ޖެނުއަރީ 2025 - 13:36
ޑިމޮކްރެޓްސް ޕާޓީގެ ރައީސް ކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވާދަކުރަން ނިންމައިފި އެވެ.
އެ ޕާޓީގެ ރައީސް ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެމްބަރު ހަސަން ލަތީފު ދާދިފަހުން އިސްތިއުފާ ދެއްވައި، އެމްޑީޕީއާ ގުޅިވަޑައިގަތުމުންނެވެ. އަދި ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވެސް އެމްޑީޕީއާ ގުޅިވަޑައިގަތެވެ.
ޑިމޮކްރެޓްސް ޕާޓީން ހުސްވެފައިވާ ރައީސާއި ނައިބު ރައީސްގެ މަގާމު ހޮވުމަށް ބާއްވާ ޕްރައިމަރީ އަންނަ މަހުގެ 15 ވަނަ ދުވަހު ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ. އަދި އެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.
އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާނުކުރައްވައި "އެކްސް"ގައި އިމްތިޔާޒް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރައީސް ކަމަށް ވާދަކުރަން ނިންމާފައިވާ ކަމަށާއި އެހެންކަމުން އެ ޕާޓީގެ ސްޕޯކްސްޕާސަންގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
ޑިމޮކްރެޓްސްގެ އަސާސީ ގަވާއިދު ބުނާގޮތުން، އެ ޕާޓީގެ ރައީސްގެ މަގާމު ހުސްވެއްޖެ ނަމަ، ވަގުތީގޮތުން ރައީސްގެ މަސްއޫލިއްޔަތުތައް އަދާކުރަން ޖެހޭނީ ނައިބު ރައީސުންގެ ތެރެއިން ބޭފުޅެކެވެ.
އެހެންވެ، ނައިބު ރައީސުންގެ ތެރެއިން ވަގުތީ ގޮތުން ރައީސްގެ ޒިންމާތައް މިވަގުތު އަދާ ކުރައްވަނީ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ފިރުޝާނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތެފައާސާ.
22 January 2025
މިކޮޅުގެ ޕާޓީ އިހަށް ބޮޑު ހަރަށް ނަގައި ޕާކަށް ޖަހާލާފައި ގާނާ ކޮޅުގައި ޑިމޮކްރެޓްސް ގޮތްޕެއް ނަމަވެސް އުފައްދައި އެކޮޅުން މީހުންކޮޅެއް ލައިގެން ހިންގާލެވޭތޯ އުޅެމާ؟ މިގޮތް ހީވަނީ މާ ރަގަޅުވާނެހެން.
ތެފައާސާ.
22 January 2025
މަށާ މަގޭ އަންހެނުން އަރައިގެން މަ ދުއްވާ ސައިކަލުގެ ކައްޕިތާނު/ޕައިލޮޓް ކަމަށް ކުރިމަތިލާން މަ ނިންމައިފިން. ވަރަށް ވާދަވެރިކޮށް ދަނީ، އެކަމަކު ހީވަނީ މަށަށް މި މަގާމު ލިބޭނެހެން.
ވާދަ
21 January 2025
ކުލި އުޅެނީ 35000 ހުން މަތީގަ. 1 މަސް އެޑްވާންސޯ. 1 މަސް ސެކިއުރިޓީއޯ. 1 މަސް ދަތުރެއް އަޅާލާށޯ. ބޯހިޔާ ވަހިކަން ލައްކައިން މަތީގަ
2025
21 January 2025
ތިޕާޓީއަށްކިޔަންވީ ޒާތީ ހަސަދައިގެ ޕާޓީ..... ބޮއިހަލަކި
ޢަލީ ކުރުސީ
21 January 2025
އަނެއްހެން ގޯހެއްނޫން، ދެމީހަކު ދުއްވާ ބޮއްކުރައެއްގަވެސް ހުންގާނުގައި މީހަކު ހުންނަންވާނެތާ!
ދޮށިބެ
21 January 2025
ކުރިޔަށްނުކަނޑާ ޕާޓީއެއް.
ހުސެއިންސް
21 January 2025
ހެލޯ ވޯލްޑު
ރުންކުރު
21 January 2025
ރޫޅާލަން ހެދި ޕާޓީ ރޫޅި ނިމިއްޖެ. ދެން އަނެއްކާ ކޮން ރައިސްއެއް ހޮވާކަށް؟؟ ތިއީ ދުވަހަކުވެސް ރައްޔިތުންގެ ތާއީދު ލިބޭނެ ޕާޓީއެއް ނޫން. ތިއީ ޒާތީ ހަސަދައިގެ ޕާޓީ
ޑަކު
21 January 2025
މީދެން ކާކު؟
ބާބް
22 January 2025
ކޮރޮޕްޝަނާއި ފަސާދައިގެ މިލިޔަނުން މިލިޔަނުން ފައިސާހޯދައި އަދި އެފައިސާ ބޭނުންކޮށްފައި ނެތް ތެދުވެރި ދިވެއްސެއް އޭނަޔަކީ.
މާނިއުު
21 January 2025
ދެން އަހަރުންނަށް ކޮނަް ކަމެއް ކޮންމެ މީހަކު ވާދަ ކުރިޔަސް