އުރީދޫ ޓެންޓުން ކަސްޓަމަރުން ހިދުމަތް ހޯދަނީ.
21 ޖެނުއަރީ 2025 - 14:00
ގޯލްޑަން ފުޓްސަލް ޗެލެންޖު ކުރިއަށްދާ ވަގުތު މެޗުތައް ކުޅޭ ދަނޑުގައި ހުންނަ އުރީދޫގެ ޓެންޓުގައި ހާއްސަ އޮފާއެއް ފަށައިފި އެވެ.
އުރީދޫން ބުނީ އެ ޕްރޮމޯޝަނުގައި، އެ ޓެންޓުން އުރީދޫގެ ސާވިސްއެއް ނަގާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ކޮންމެ ހަފްތާއަކު އަގުހުރި އިނާމެއް ލިބޭނެ ކަމަށެވެ. އެ ޓެންޓުން އުރީދޫ މޯލްޑިވްސްގެ ޕްރީޕެއިޑާއި ޕޯސްޓްޕެއިޑާއި ސުޕާނެޓް ހިދުމަތް އަދި 5ޖީ ޑިވައިސްއެއް ނަގައިގެން އެ ލަކީޑްރޯގައި ބައިވެރިވެވޭނެ އެވެ.
ގޯލްޑަން ފުޓްސަލް މެޗު ކުރިއަށް ދާ ދަނޑުގައި ޖަހާފައި ހުރި އުރީދޫގެ ޓެންޓު.
އެ ލަކީޑްރޯގައި ދޭ އިނާމުތަކުގެ ތެރޭގައި ޓީވީ އާއި ފްރިޖާއި ސޯފާ އާއި މައިކްރޯވޭވް ފަދަ އަގުހުރި އިނާމުތައް ހިމެނެ އެވެ. އަދި މި ޕްރޮމޯޝަނުގެ ހާއްސަ އިނާމެއްގެ ގޮތުގައި ފިޓްސް އެއާގެ ފަރާތުން ދެމީހަކަށް ކޮލޮމްބޯ ދެކޮޅު ޓިކެޓު ވެސް ވަނީ ހުށަހަޅައިފަ އެވެ.
އުރީދޫ ޓެންޓުގައި ކަސްޓަމަރަކަށް ހިދުމަތް ދެނީ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ ފެބުރުއަރީ މަހު 25 ވަނަ ދުވަހު ގޯލްޑަން ފުޓްސަލް ޗެލެންޖު ނިމުމާއި ހަމައަށެވެ. މެޗުތައް ކުރިއަށް ދާ ކޮންމެ ދުވަހަކު ރެހެންދި ޓާފުގައި ބެހެއްޓިފައިވާ އުރީދޫ ޓެންޓުން ހިދުމަތް ލިބެން ހުންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy