އޭޑީކޭގެ ފުރަތަމަ ބުރުގެ އިންޓާން ޑޮކްޓަރުން، އެ ހޮސްޕިޓަލްގެ އިސްވެރިންނާއެކު ފޮޓޯއަކަށް ހުއްޓިލައިގެން. ފުރަތަމަ ބުރުން 20 ޑޮކްޓަރުންނަށް ވަނީ ޖާގަ ދީފައި.-- ފޮޓޯ: އޭޑީކޭ ހޮސްޕިޓަލް
22 ޖެނުއަރީ 2025 - 10:32
އޭޑީކޭ ހޮސްޕިޓަލުން 20 ޑޮކްޓަރުންނާއެކު މެޑިކަލް އިންޓާންޝިޕް މިއަދު ފަށައިފި އެވެ.
އެ ހޮސްޕިޓަލުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ މެޑިކަލް ކައުންސިލުން ގަބޫލުކުރާ އެއް އަހަރުގެ އެ ޕްރޮގްރާމްގައި ސްޓްރަކްޗާޑް އެކަޑެމިކް ލެކްޗާ އާއި ވޯކްޝޮޕް އަދި ކްލިނިކަލް ބައިތައް ދަސްކޮށްދޭނެ ކަމަށެވެ.
އެއާއެކު، ދުނިޔޭގެ އެކި ގައުމުތަކުން ކިޔަވައި ނިންމި ދަރިވަރުން ގާބިލް އަދި ލައިސަންސް ލިބިފައިވާ ހުނަރުވެރި ޑޮކްޓަރުންނަށް ވެގެންދާނެ ކަމަށް ބުންޏެވެ.
އޭޑީކޭގައި އިންޓާންޝިޕް ފުރިހަމަކުރަން ކޮންމެ ޑޮކްޓަރަކު މަހަކު 14،500ރ. ދައްކަންޖެހެ އެވެ. އެއީ އަހަރަކަށް ބަލާނަމަ 174،000ރ. އެވެ.
މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ގަވާއިދު އޮންނަ ގޮތުން ޕްރެކްޓިސް ކުރުމަށް ޑޮކްޓަރުންނަށް ލައިސެންސް ދެވޭނީ 5-6 އަހަރުގެ ކިޔެވުމަށް ފަހު އެއް އަހަރުގެ އިންޓާންޝިޕެއް ފުރިހަމަ ކުރުމުންނެވެ.
އައިޖީއެމްއެޗްގައި އިންޓާންޝިޕް ޑިމާންޑު ބޮޑުވުމުން، އޭޑީކޭގައި އިންޓާންޝިޕް ޕްރޮގްރާމް ފަށައިދިނުމަށް އެދުނީ ހެލްތު މިނިސްޓްރީންނެވެ. އެހެންވެ، އެ ހޮސްޕިޓަލުން ވަނީ އިންޓާންޝިޕް ކުރިއަށް ގެންދަން ދާނެ ހަރަދުތަކުގެ ތަފްސީލުތައް މިނިސްޓްރީއަށް ފޮނުވައި، އަދި އެބައި ދައުލަތުން ދެއްކުމަށް އެދިފަ އެވެ. ނަމަވެސް، އެއަށް މިނިސްޓްރީން އަދި ޖަވާބެއް ނުދެ އެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލުގައި އިންޓާންޝިޕް ހަދަން ފެށީ ޖެނުއަރީ، 2018 ގަ އެވެ. މިވަގުތު ވެސް އެ ހޮސްޕިޓަލުގައި 60 ޑޮކްޓަރުން އަންނަނީ އިންޓާންޝިޕް ހަދަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟިހާޒު
24 January 2025
އޭޑީކޭ އަކީ ޓީޗިން ހޮސްޕިޓަލެއްނޫން..އެހެންވީމާ އެތަނުންހަދާ އިންޓާން ޝިޕަކީ ދުނިޔޭގެ މެޑިކަލް ސިސްޓަމް ގަބޫލުކުރާ އިންޓާންޝިޕަކަށް ވާނެ ކަމަކަށް ގަބޫލެއްނުކުރެވޭ..އެމް އެން ޔޫ އިން މެޑިކަލްކޯސް ހިންގާނަމަ ރަނގަޅުގޮތަކީ މާލޭ އޭރިޔާގެ ސަރުކާރު ހޮސްޕިޓަލްތަކުގައި ހިލޭ އިންޓާންޝިޕް ހެދޭފަދަ އިންތިޒާމެއް ހަމަޖެއްސުން....ރާއްޖޭގައި ރަނގަޅު އިންޓާންޝިޕް ހެދޭފަދަ އެއްވެސް ހޮސްޕިޓަލެއްނެތް..ގަނަތަޅުވާފައި ސެޓްފިކެޓެއްދީފާނެ
ފޮނިޓައެްޕު ހަސަނު
23 January 2025
ތިޔަ 60 ޑޮކްޓަރުން × 14500.00ރ މީހަކަށް ދެއްކީމަ އޭޑީކޭ ހޮސްޕިޓަލަށް ލިބޭނެ މަހަކަށް 870،000.00ރ ގެ އާމްދަނީއެއް. އޭޑީކޭ ހޮސްޕިޓަލާއި އެ ބޮޑު ބިމަށް މަހެއްގެ މައްޗަށް ދައުލަތަށް ކުލިދައްކަނީ 4 ލައްކަ ވަރަކަށް ރުފިޔާ. އެ ހޮސްޕިޓަލުން ފަރުވާއެއް ހޯދަައިފި ނަމަ އާސަންދަ ހުސްކުރުމަށް ފަހު އެމީހެއްގެ ބޭންކު އެކައުންޓު ވެސް ހުސްކޮށް ލާނެ. ގާނޫނުން ބާރު އަޅަންވީ އިންޓާރޝިޕު ހިލޭ ހެދެންޖެހޭނެ ގޮތަކަށް އަދި އިންޓާރންޝިޕު ހަދާއިރު އެލަވަންސް ލިބޭނެހެޖެހޭ.
ތިމާވެށި
22 January 2025
އޭޑީކޭގެ ކެންޓީން ވެސް އިސްލާހް ކުރަން ޖެހެ އެވެ. މިކަން ވާނީ ސަރުކާރަށެވެ. ރަށްރަށުން އަންނަ މީހުންގެ އަތާ ފަޔާ ދިމާ ވާ ވަރަށް ވުރެ އެއްޗެހި އަގު ބޮޑެވެ.
ޑރ. ވަސީމް
23 January 2025
ތެދެއް ހަމަ ތިބުނީ މިތަނުން ދޭ ހިދުމަތަކީ ވ. ދަށްފެންވަރެއްގެ ހިދުމަތެއް.ނަމަވެސް ރައްޔިތުން އަތުން ނަގާ ފައިސާ އަކީ ދެވޭ ހިދުމަތާއި ނުބައްދަލު ބޮޑު އަދަދެއް. މިބުން އެހާ ކުޑަ ކުޑަ ކުއްޔެއް ނަގައިގެން މަހުޖަނަކަށް ވާއިރު ސަރުކާރުން މިތަން އިސްލާހު ކުރުވަން ޖެހޭ.
ވަތަންގެ ދަރި
22 January 2025
އޭ ޑީ ކޭ އިން ކުލީގެ ގޮތުގަ ފިނޭންސަށް ދަނީ މަހަކު ތިރީސް ފަސްހާ ރުފިޔާ. ފިނޭންސުން ސާފު ކުރޭ މި ތެދު މައުލޫމާތެއް.
އަހުމަދު ނާފިޒް
23 January 2025
މިއީ ތެދެއްނަމަ ސަރުކާރުން މިކަމަށް ފިޔަވަޅު އަޅުއްވަންޖެހޭ. މިތަން ސަރުކާރުން ކުއްޔަށް ނަގައިގެން އެތަށް ޒަމާނެއް ވަންދެން ހިންގާފަފައިދާ ނަގާ ރައްޔިތުން އަތުން އާސަންދަ މެދުވެރިކޮށް ނަގާ ފައިސާ އަކީ އިންތިހާޔަށް ބޮޑު އަދަދެއް. 35 ހާސް މަހަކު ސަރުކާރަށް ދީފަ ހޮސްޕިޓަލުން ލިބޭ ފައިދާގައި މިހާރު ހިންގަނީ ރިސޯޓް ތައް.
މިކަން ބަލައިނުގަންނަން ހަމަތެދެއް މިބުނީ
23 January 2025
މާލޭގެ އެތަށް ހާސް އަކަފޫޓެއްގެ ބޮޑު ބިމެއް އަގު 35 ހާސް ރުފިޔާ. މިއީ މާލޭގެ ކުޑަ ކަންމަތީ ފިހާރައެއްގެ ކުލީގެ އަދަދު . އެއްކަލަ ބިމުގެ މިލްކުވެރިން ގެ ނިކަމެތި ދަރިންގެ އިންޓާން އިންޓާންޝިފުން އަހަރަކު 3.5 މިލިއަން. މިވަރުން ދެން ހާލަތު ވިސްނާލަމާ.
އިހްސާސް
22 January 2025
ބޭނުންވަނީ ބަލިމީހުނަށް އޯގާތެރި ހިނިތުންވުމާއެކު ފަރުވާދޭ ޑޮކްޓަރުން. މިހާރުފެންނަ ގިނަ ޑޮކްޓަރުންގެ އެބައިނެތް. ތިބެނީ ނިކަން ފޮނިވެފަ. ރަނގަޅުވާނެކަމަށް އުންމީދުކުރަން.
ސަޅި
22 January 2025
އިންޓަރންޝިޕް ކީމަ އުޖޫރަނުދީ މަސައްކަތްކުރުވުން ހުއްދަވޭދޯ؟ އަދި މަސައްކަތްކުރާ މީހާ މިޖެހެނީ ލާރިދޭން މަސައްކަތްކުރާމަތިން. ވަރަށް ސަޅި. ސަރުކާރުގެ ހަރަދު ކުޑަވެ އާމްދަނީ އިތުރުވާނެ މިގޮތަށް ހުރިހާ މިނިސްޓްރީތަކަށް އިންޓަރންޝިޕަށް މީހުން ނެގީމަ. ވަރަށް ފައްކާ މޮޑެލްއެއް މިއީ.
ކޮރަލް
22 January 2025
އޭޑީކޭ މިއީ އިސްލާހް ކުރަން ޖެހޭ ތަނެކެވެ. ދިވެހީންނާ ބިދޭސީން ގެ ރޭޝިއޯ ބަލާފަ ބިދޭސީން ގަވާއިދާ ހިލާފަށް ގިނަ ނަމަ ފިޔަވަޅު އަޅަން ވީ އެވެ.
ތެދު އަލީ
22 January 2025
އަމިލަޔައް އިސްލާހުވެބަލަ!! ނަމަ ނަމަ ނުކިޔާ!!
ބެރީ
23 January 2025
ބައެއް ދިވެހިންގެ ނަޒަރުގައި ދިވެހިންނަކީ ދުނިޔޭގެ އެހެން އެންމެންނާ ތަފާތު ސްޕީޝީސްއެއް ކަމަށް. އިންސާނުންނެއް ވެސް ނޫން. އެހެން ނޫންނަމަ މިހާ ރޭސިސްޓެއް ނުވާނެ.
ހާސަރު
22 January 2025
އެކުދިން ލައްވާ ހަބޭހަށް މަސައްކަތް ކުރުވާފަ އަދި ހޮސްޕިޓަލަށް މަހަކު 14500 ވެސް އެކުދިން ޖެހެނީ ދައްކަން! ހެޔޮނުވާނެ މިހާވަރަށް ވިޔަފާރިއަށް މިކަން ކުރަން! މިގޮތަށް ހަދާނަމަ އޭޑިކޭ އިން ހޮސްޕިޓަލް ނޫން އެހެން ބޭނުމަށް ( ރެސްޓޯރަންޓް ، ފިޓްނަސް ސެންޓަރ ) އަށް ބޭނުން ކުރާ ތަންތަނުން މާރކެޓް ރޭޓުން ކުލި ނަގަންވީ.
ޑރ މަހުދީ
22 January 2025
މީއެއްގޮތަކަށް ވެސް ގަބޫލު ކުރެވޭނެ ކަމެއްނޫން. ސަރުކާރުން ޖެހޭ ބޭރުން ކިޔަވާފަ ތިބޭ ދިވެހި ޑޮކުޓަރުންނަށް މިފުރުސަތު ދޭން. ކުދިން ނަށް އިންޓާންޝިޕް ނެހެދޭނަމަ ދެން ކޮންމެ އަގެއް ދައްކާފައިވެސް ފައިސާ ލިބޭ ވަރުމީހުން ހަދާނެ. ނިކަމެތިކުދިން ތިބޭނީ ލޯނު ނަގައިގެން ކިޔަވާފަ އަނެއްކާ އަމިއްލަ ޔަށް ހަރަދުކޮށް އިންޓާން ހަދަން ބޭރަށް ދާން.
ކޮރަލް
22 January 2025
އޮރެންޖު ޖޫހެއް 50 ހުން މަތީގަ އެވެ. މިމީހުން އިސްލާހް ކުރަން އެބަ ޖެހެ އެވެ.
ލުބްލާ2025
22 January 2025
އުފާވެރި މަންޒަރެއް. މަރުހަބާ ހުރިޙާ ޑޮކްޓަރުންނަށް.
ކައްޓަފޫޅި
22 January 2025
މިކުދިންނައް ސަރުކާރުން 174،000.00 ދެވެން ނެތުން އެއީ ދެރަކަމެތް. އަދި އެތްވެސް އެލެވެނސް އެތް ނުލިބި ދުވަަލަކު 10 ގަޑިއިރު މަސައްކަތް ކުރުވަމަކީ ލަދުވެތިކަމެއް